Roadha Mihaaru
އެރިކްސަންގެ ސިއްހީ މައްސަލައެއް ނެތް، މިވީ ކިހިނެއް؟

އެރިކްސަންގެ ސިއްހީ މައްސަލައެއް ނެތް، އެކަމަކު މިވީ ކިހިނެއް؟

14 ޖޫން 2021

ކޯޕެންހޭގަން (ޖޫން 14) - ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓެން ދިމާވި ސަބަބާ މެދު އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޯޕެންހޭގަން (ޖޫން 14) - ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓެން ދިމާވި ސަބަބާ މެދު އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ.

ޓީމުގެ ޑޮކްޓަރު މޯޓަން ބޮއެސަން ޔަގީންކޮށްދިން ގޮތުގައި މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށްވެފައި ވަނިކޮށް އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނީ ހާޓް އެޓޭކެއް ޖެހިގެން ކަމެވެ. އެކަމަކު ކުރިން ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަށް ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހެން މެދުވެރި ސަބަބު ޓީމު ޑޮކްޓަރަށް ވެސް އޮޅުން ފިލުވައިދޭކަށް ނޭނގުނެވެ. ޑޮކްޓަރު ބުނީ އަދިވެސް އެ ސަބަބު ހޯދަން މަސައްކަތް ކުރާ ކަމަށެވެ.

"އެއްވެސް ސަބަބެއް އަދި ފާހަގައެއް ނުކުރެވޭ. މިހާތަނަށް ހެދި ހުރިހާ ޓެސްޓްތަކެއް ވެސް ރަނގަޅު،" ޑޮކްޓަރު ބުންޏެވެ.

ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި، ދަނޑު މައްޗަށް ވެއްޓުމުގެ ކުރިން އެރިކްސަން ބޯޅަ ހޯދަން ދުވަނީ. --ފޮޓޯ:އޭއެފްޕީ

ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި، ދަނޑު މައްޗަށް ވެއްޓުމުގެ ކުރިން އެރިކްސަން ބޯޅަ ހޯދަން ދުވަނީ. --ފޮޓޯ:އޭއެފްޕީ

މެޗުގެ 43 ވަނަ މިނިޓުގައި ދަނޑު މައްޗަށް ވެއްޓުނު ކުޅުންތެރިޔާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ވަނީ ސީޕީއާރު ދީފަ އެވެ. ދަނޑުގައި ފަރުވާ ދިނުމަށް ހޭދަވި 15 މިނިޓަށް ފަހު އެ މެޗު ވަނީ ވަގުތީ ގޮތުން މެދު ކަނޑާލައިފަ އެވެ. ފަހުން އެ މެޗު ފެށީ ހޮސްޕިޓަލުގައި އޮވެ، އެރިކްސަން ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދެއްކުމުންނެވެ.

އެރިކްސަން ކުޅެމުން އަންނަ އިޓަލީގެ އިންޓަ މިލާނުގެ ޑޮކްޓަރު ޕިއެރޯ ވޮލްޕީ ބުނީ އެރިކްސަންގެ ސިއްހީ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

އިންޓަ މިލާނުގެ ސީއީއޯ ޖިއުސެއްޕެ މަރޮޓާ ވިދާޅުވީ އެރިކްސަން ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ ޓީމަށް މެސެޖެއް ފޮނުވާފައި ކަމަށެވެ.