Roadha Mihaaru
ޔޫރޯ ޕްރެސްގައި ހުރި ބިޔަރުފުޅި ޕޮގްބާ ނަގައިފި

ޔޫރޯ ޕްރެސްގަ އިހުރި ބިޔަރުފުޅި ޕޮގްބާ ނަގައިފި

16 ޖޫން 2021

މިޔުނިކް (ޖޫން 16) - ޖަރުމަން އާއި ފްރާންސް ރޭ ކުޅުނު މެޗަށް ފަހު، މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކުރިމަތީގައި ހުރި ބިޔަރު ފުޅި އޭނާ ނަގައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިޔުނިކް (ޖޫން 16) - ޖަރުމަން އާއި ފްރާންސް ރޭ ކުޅުނު މެޗަށް ފަހު، މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކުރިމަތީގައި ހުރި ބިޔަރު ފުޅި އޭނާ ނަގައިފި އެވެ.

ޔޫރޯގެ އެއް ސްޕޮންސާ އަކީ ހައިނެކެން ބްރޭންޑެވެ. ބިޔަރު އުފައްދާ އެ ކުންފުންޏަކީ ޔޫއެފާގެ އެންމެ ބޮޑު އެއް ސްޕޮންސަރެވެ. ޖަރުމަންގެ މައްޗަށް 1-0 އިން ފްރާންސް މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ އިނާމު ހޯދި މުސްލިމް ކުޅުންތެރިޔާ ޕްރެސް އަށް ގޮސް އެންމެ ފުރަތަމަ ނެގީ އޭނާގެ ކުރިމަތީގައި ހުރި ބިޔަރު ފުޅި އެވެ.

މިދިޔަ ހޯމަ ދުވަހު ޕްރީ މެޗު ޕްރެސްއަށް ހާޒިރުވެ، ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ ކުރިމަތގައި ހުރި ކޮކާކޯލާ ފުޅި ނެގުމަށް ފަހު ފެންފުޅިއެއް ބަހައްޓައިފަ އެވެ.

ޕްރެސްގައި ޕޮގްބާ ބުނީ، ޖަރުމަންގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ، އޭނާގެ ގައިގައި ދަތް އެޅި ކަމަށެވެ. އަދި އެކަން ރެފްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް ޕޮގްބާ ބުންޏެވެ. އޭނާ ބުނީ ރުޑިގާ ސަސްޕެންޑް ވާން އޭނާ ބޭނުން ނުވާ ކަމަށެވެ.