Roadha Mihaaru
ސަންޖޭގެ ދޮށީ ދަރިފުޅު ފިލްމީ ދާއިރާއާ މާ ދުރުގައި

ސަންޖޭގެ ދޮށީ ދަރިފުޅު ފިލްމީ ދާއިރާއާ މާ ދުރުގައި

18 ޖޫން 2021

ފިލްމީ އާއިލާއެއް ނަމަވެސް އެކްޓަރު ސަންޖޭ ދަތުގެ އާއިލާގެ އަންހެނުން ފިލްމީ ވަރަށް ދާއިރާއާ ވަރަށް ދުރެވެ. ސަންޖޭގެ މަންމަ ނަގުރިސް އަކީ ހިންދީ ސިނަމާގެ ރަންޒަމާނުގެ އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. ނަރުގިސްގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނު އިރު، ސަންޖޭގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ސުނިލްގެ ދަތުގެ މަންމަގެ ރޯލު ވެސް ނަރުގިސް ފިލްމެއްގައި ކުޅުނެވެ. އެއީ އޮސްކާ އެވޯޑްސްގައި މޮޅު ބޭރު ފިލްމުގެ މަގާމަށް އެންމެ ފުރަތަމަ ނޮމިނޭޓްވި އިންޑިއާގެ ފިލްމުގެ ޝަރަފު ލިބުނު 1957 ގެ "މަދަ އިންޑިއާ" ގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމީ އާއިލާއެއް ނަމަވެސް އެކްޓަރު ސަންޖޭ ދަތުގެ އާއިލާގެ އަންހެނުން ފިލްމީ ވަރަށް ދާއިރާއާ ވަރަށް ދުރެވެ. ސަންޖޭގެ މަންމަ ނަގުރިސް އަކީ ހިންދީ ސިނަމާގެ ރަންޒަމާނުގެ އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. ނަރުގިސްގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނު އިރު، ސަންޖޭގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ސުނިލްގެ ދަތުގެ މަންމަގެ ރޯލު ވެސް ނަރުގިސް ފިލްމެއްގައި ކުޅުނެވެ. އެއީ އޮސްކާ އެވޯޑްސްގައި މޮޅު ބޭރު ފިލްމުގެ މަގާމަށް އެންމެ ފުރަތަމަ ނޮމިނޭޓްވި އިންޑިއާގެ ފިލްމުގެ ޝަރަފު ލިބުނު 1957 ގެ "މަދަ އިންޑިއާ" ގަ އެވެ.

ސަންޖޭގެ ދެ އަންހެން ކޮއްކޮއިން ކަމަށްވާ ޕްރިޔާ ދަތާއި ނަމްރަތާ އަކީ އެއްވެސް އިރެއްގައި ފިލްމީ ދާއިރާގައި އުޅުނު ބައެއް ނޫނެވެ. ނަމްރަތާ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ކުމާރު ގޯރަވްގެ އަންހެނުންނެވެ.

އެއްބަނޑު އެއްބަފާ ކޮއްކޮއިންނެކޭ އެއްގޮތަށް ފިލްމީ ދާއިރާ އަށް ޝައުގުވެރިކަން ނުދިން އެކަކީ ސަންޖޭގެ ދޮށީ ދަރިފުޅު ޓްރިޝަލާ ދަތު، 33، އެވެ. އޭނާ އުޅެބޮޑުވީ އެމެރިކާގެ ނިއު ޔޯކްގަ އެވެ. އެއީ މަންމަ ފަރާތު އާއިލާގެ މީހުންނާ އެކީގަ އެވެ. ޓްރިޝަލާ އަށް އެންމެ 8 އަހަރުގައި 1996 ގައި އޭނާގެ މަންމަ ރިޗާ ޝަރުމާ ވަނީ ސިކުނޑީގެ ޓިއުމަރެއް އުފެދި މަރުވެފަ އެވެ.

ވަރަށް ހަގު އުމުރުގައި މަންމަ ވަކިވެ ދިއުމާ އެކު ޓްރިލާ ބެލުމުގެ ހުރިހާ ޒިންމާއެއް ނެގީ މަންމަ ފަރާތު އާއިލާގެ މީހުންނެވެ. އެހެންވެ ގައުމުން ބޭރުގައި ވެސް އުޅެން ޖެހުމުން ފިލްމީ ދާއިރާ އަކީ ޓްރިޝަލާއާ އެއްވެސް ގާތްކަމެއް އޮތް ކަމެއް ނޫނެވެ.

ބައްޕައެކޭ އެއްގޮތަށް ޓްރިޝަލާގެ މަންމަ ރިޗާ އަކީ ވެސް ފިލްމު ކުޅުނު ބަތަލާއެކެވެ. އުމުރުން އެންމެ 32 އަހަރުގައި ރިޗާ މަރުވި އިރު ކުޅެފައިވާ ފިލްމުތަކަކީ "އާގް ހީ އާގް"، "ސަޅަކް ޗަޕް"، "އިންސާފު ކީ އާވާޒް" އަދި "އަނޫބަވް" އެވެ.

ރިޗާގެ ފުރަތަމަ ފިލްމަކީ 1985 ގެ "ހަމް ނޯޖަވާން" އެވެ.

ޓްރިޝަލާގެ މަންމަ އާއި ބައްޕަ އަދި ކާފަ އާއި މާމަ އަކީ މަޝްހޫރު ތަރިންތަކަކަށް ވެސް ޓްރިޝަލާ އަބަދު ވެސް ބުނެފައި ވަނީ އެކްޓްކުރުމަކީ ޝައުގުވެރިވާ ކަމެއް ނޫން ކަމަށެވެ. އެހެންވެ ދުވަހަކު ވެސް ފިލްމެއް ނުކުޅޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ސަންޖޭ ވެސް ދަރިފުޅު ފިލްމު ކުޅޭކަށް ގަބޫލެއް ނޫނެވެ.

ސަންޖޭއާ ވަކިން ވަރަށް ދުރުގައި އުޅެން ޖެހުނަސް ޓްރިޝަލާ އާއި ބައްޕަގެ ގުޅުން އަބަދު ވެސް ރަނގަޅެވެ. ދޭތެރެ ދޭތެރެ އިން ސަންޖޭ އެމެރިކާ އަށް ދިއުމާއި ޓްރިޝަލާ އިންޑިއާ އަށް ދަތުރުކުރުން ފަދަ ކަންކަމަކީ އަބަދު ވެސް ކަންތައް ހިނގަމުން އަންނަ ގޮތެވެ.

ދޮންމަންމަ މާންޔަތާއާ އެކު ޓްރިޝަލާ (ކ).

ޓްރިޝަލާ މިހާރު ބޮޑުވެފައިވާތީ ބައްޕަ އަށް ގިނައިން ޒިޔާރަތްކުރަނީ އޭނަ އެވެ. މިދިޔަ އަހަރު ސަންޖޭ ޕުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދި އިރު ވެސް އެންމެ ހިތްވަރުދިން އެކަކީ ޓްރިޝަލާ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ސަންޖޭގެ މިހާރުގެ އަންހެނުން މާންޔަތާ ދަތާއި ޓްރިޝަލާގެ ގުޅުން ވެސް ވަރަށް ރަނގަޅުމަކެވެ. އެ ދެ މީހުންގެ މެދުގައި އޮންނަނީ ދެ އެކުވެރިންގެ މެދުގައި ކަހަލަ ގުޅުމެވެ. ސަންޖޭ އާއި މާންޔަތާ އަށް އެއްމާބަނޑު ދެ ޖިންސްގެ ދެ ކުދިންނެވެ. އެއީ މިހާރު 10 އަހަރުވެފައިވާ އިގްރާ ދަތާއި ޝަހްރާން ދަތެވެ.

އެއްވެސް އިރެއްގައި މީޑިއާތަކުގެ ސަމާލުކަން ވެސް ހޯދަން މަސައްކަތްނުކުރާ ޓްރިޝަލާ އެމެރިކާގައި ދިރިއުޅޭ އިރު، އޭނާގެ ލޯބިވެރިޔާ 2019 ގައި ކުއްލި ގޮތަކަށް ވަނީ މަރުވެފަ އެވެ. އަދި އެ ވާހަކަ ތަކުރާރުކޮށް، އިންސްޓަގްރާމްގައި ވެސް ކިޔައި ދީފައިވެ އެވެ.

ޓްރިޝަލާ ބުނި ގޮތުގައި ލޯބިވެރިޔާގެ ކުއްލި ވަކިވުމަކީ އޭނާ ހިތް ވަރަށް ބޮޑަށް ހަލާކުވި ކަމެކެވެ. އަދި އެ ވާހަކަ އޭނާ ތަކުރާރުކޮށް އިންސްޓަގްރާމްގައި ދައްކާތީ އަމާޒުވި ފާޑުކިޔުންތަކާ އެކު ފަހުން އިންސްޓަގްރާމް އެކައުންޓް ޕްރައިވެޓްކުރި އެވެ.