Roadha Mihaaru
ރިޝީ އުފަން ދުވަސް ފާހަގަކުރަން ޖެހުނީ އެމެރިކާގައި

ރިޝީ އުފަން ދުވަސް ފާހަގަކުރަން ޖެހުނީ އެމެރިކާގައި

06 ސެޕްޓެމްބަރ 2019

މީގެ އަހަރެއް ކުރިން ފެށިގެން އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އެކްޓަރު ރިޝީ ކަޕޫރްގެ 67 ވަނަ އުފަން ދުވަސް ފާހަގަކުރަން އިންޑިއާ އަށް ދާނެ ކަމަށް ބުންޏަސް، ފަރުވާގެ ކަންކަމާ ހެދި އެ ފުރުސަތު ގެއްލިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ އަހަރެއް ކުރިން ފެށިގެން އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އެކްޓަރު ރިޝީ ކަޕޫރްގެ 67 ވަނަ އުފަން ދުވަސް ފާހަގަކުރަން އިންޑިއާ އަށް ދާނެ ކަމަށް ބުންޏަސް، ފަރުވާގެ ކަންކަމާ ހެދި އެ ފުރުސަތު ގެއްލިއްޖެ އެވެ.

ރިޝީގެ 67 ވަނަ އުފަން ދުވަސް ފާހަގަކުރީ ބުދަ ދުވަހު އެވެ. އޭނާ ކުރިން ބުނެފައިވާ ގޮތުގައި މި އަހަރުގެ އުފަން ދުވަސް އާއިލާ އާއި ގާތް މީހުންނާ އެކު ފާހަގަކުރަން އިންޑިއާ އަށް ދެވޭނެކަމުގެ އުންމީދު ވަރަށް ބޮޑެވެ.

ނަމަވެސް ކެންސަރުގެ ފަރުވާގެ ތެރެއިން ބޯންމެރޯ ހަދަން ޖެހުމާއި ފަރުވާގެ ފޮލޯއަޕްތަކެއް ކުރިއަށްދާތީ ރިޝީ އަށް ވަނީ އިންޑިއާ އަށް ދެވޭ ގޮތް ނުވެފަ އެވެ.

އެކަމަކު އޭނާގެ ގާތުގައި ހުރި އަންހެނުން ނީޓޫ ވަނީ އެމެރިކާގައި ތިބި ރައްޓެހިންނާއި ގާތް މީހުންނާ އެކު ރިޝީގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ރިޝީ އަށް އުފަން ދުވަހިހގެ ތަހުނިޔާ ކިޔުމުން އެ ހުރިހާ އެންމެންނަށް އޭނާ ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

ނީޓޫ ވެސް އިންސްޓަގްރާމްގައި ރިޝީ އަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވި އެންމެންނަށް ޝުކުރު އަދާކުރަމުން ބުނީ ވަރަށް އަވަހަށް ގައުމަށް އެނބުރިދާނެ ކަމަށެވެ.

ރިޝީ ފަރުވާ އަށް ފުރީ މިދިޔަ ސެޕްޓެމްބަރު މަހު ގަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ކެންސަރުން މިހާރު ވަނީ އެއްކޮށް ސަލާމަތްވެފަ އެވެ.

އެމެރިކާ އަށް ދިޔަ ފަހުން ރިޝީ އެކި ފަހަރުމަތިން ޓްވީޓްކޮށް، އިންޑިއާ ވަރަށް ހަނދާންވާ ކަމަށް ބުނެފައިވެ އެވެ.

ރިޝީ ފަރުވާ އަށް ދިޔަ ފަހުން އާއިލާގެ މީހުން ވެސް އެކި ފަހަރުމަތިން އޭނާ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި އެމެރިކާ އަށް ދާ އިންޑިއާގެ ގިނަ ފިލްމީ ތަރިންނާއި ނުފޫޒުގަދަ މީހުން ވެސް އާންމުކޮށް ރިޝީ އަށް ޒިޔާރަތްކުރެ އެވެ.