އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަށް އެމެރިކާގެ މަޝްހޫރު ކުންފުނި ވިކްޓޯރިއާސް ސީކްރެޓްއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
19 ޖޫން 2021
އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަށް އެމެރިކާގެ މަޝްހޫރު ކުންފުނި ވިކްޓޯރިއާސް ސީކްރެޓްއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
އަންހެނުންނަށް ހާއްސަ އުފެއްދުންތައް ނެރޭ އަދި ދުނިޔޭގެ އެންމެ މަޝްހޫރު އަންހެނުން ސުޕަމޮޑެލުންގެ ބައިވެރިވުން އޮންނަ ކުންފުންޏާ ގުޅިގެން މަސައްކަތްކުރާނެ ފުރުސަތު ލިބުމުން ޕްރިޔަންކާ ބުނީ މިއީ އަންހެނުން ބާރުވެރިކުރުވުމަށް އޭނާ ކުރާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
މިކަމަކީ ކުރިއަށް ވުރެ ބޮޑަށް ވިކްޓޯރިއާސް ސީކްރެޓްގައި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަދި އެކި ނަސްލުތަކަށް ނިސްބަތްވާ އަންހެނުންނާއި ހަށިގަނޑުގެ ބައްޓަން އެކި ގޮތްގޮތަށް ތިބޭ އަންހެނުންގެ ބައިވެރިވުން އިތުރުކުރަން އެ ކުންފުނޮން ފެށި މަސައްކަތުގެ މުހިއްމު ކަމެކެވެ. ވިކްޓޯރިއާސް ސީކްރެޓް މި ހާއްސަ ޕްރޮގްރާމްގެ ނަމަކީ "ވީސީ ކަލެކްޓިވް" އެވެ.
މިކަމާ ބެހޭ ގޮތުން ޕްރިޔަންކާ ބުނީ އާ ކަސްޓަމަރުންނާއި އަދި މިހާރު ވެސް ވިކްޓޯރިއާސް ސީކްރެޓް ކަސްޓަމަރުންނާ ހަމައަށް އޭނާ މެދުވެރިވެގެން ކުންފުނީގެ އުފެއްދުންތައް ޕްރޮމޯޓްކޮށް އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގައި ޝާމިލުވާން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ޕްރިޔަންކާގެ އިތުރުން "ދަ ވީސީ ކަލެކްޓިވް" ގެ ފައުޑިން މެމްބަރުންގެ ތެރޭގައި ހިމަނާފައިވާ މީހުންނަކީ އެމެރިކާގެ އަންހެން ފުޓްބޯޅަ ތަރި މެގަން ރެޕިނޯ، އަންހެނުންގެ ހަށިގަނޑުގެ ބައްޓަމަށް ހޭލުންތެރިކަން އުފައްދާ އިނގިރޭސި މޮޑެލް ޕަލޯމާ އެލްޒެޒާ، ބްރެޒިލްގެ މޮޑެލް ވެލެންޓީނާ ސާމްޕައިއޯ، އަންހެނުންގެ ކުޅިވަރަށް ވަކާލާތުކުރާ ޗައިނާގެ އެއިލީން ގޫ، އިނގިރޭސި ނޫސްވެރިޔާ/ފޮޓޯގްރާފަރު އަމަންޑާ ޑި ކެޑެނެޓް އަދި ދެކުނު ސޫދާން/އޮސްޓްރޭލިއާގެ ރެފިއުޖީ މެންޓަލް ވެލްނެސް ސަޕޯޓާ/މޮޑެލް އަދޫތު އަކޭޗް އެވެ.
ސެރީނާ އާއި ނައިކީ ގުޅިގެން ކަލެކްޝަނެއް
ފޮޓޯޝޫޓަކަށް ވަގުތު ނުދީގެން ކެންޑަލްއަށް ދައުވާކޮށްފި
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ބްރިޓިޝް ފެޝަން އެމްބެސެޑަރަކަށް ޕްރިޔަންކާ
ޕެރިސް ހިލްޓަން ވެސް އެމެރިކާގެ ރައީސް ކަމަށް؟
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި
ބުރުގާ އަޅާ ފެތުންތެރިންނަށް ނައިކީގެ ހިޖާބު ހެދުމެއް
މިސް ޔުނިވާސް އަކީ ދެކުނު އެފްރިކާގެ ރީތީގެ ރާނީ
އެފްރިކާ އަންހެނުން ބާރުވެރިކުރުމަށް އެމެރިކާ އެހީވަނީ
94 އަހަރުގެ މިނީ މައުސް އަށް އާ ލުކެއް