އިޓަލީގެ ފެޝަން ކުންފުންޏަކާ އެކު ހަދާފައި އޮތް އެއްބަސްވުމެއްގެ ދަށުން ފުރިހަމަކުރަން ޖެހޭ ފޮޓޯޝޫޓަކަށް ވަގުތު ނުދިން ކަމަށް ބުނާ މައްސަލައެއްގައި، އެމެރިކާގެ މަޝްހޫރު ސުޕަ މޮޑެލް ކެންޑާލް ޖެނާ އަށް ދައުވާކޮށްފި އެވެ.
08 އޯގަސްޓް 2021
އިޓަލީގެ ފެޝަން ކުންފުންޏަކާ އެކު ހަދާފައި އޮތް އެއްބަސްވުމެއްގެ ދަށުން ފުރިހަމަކުރަން ޖެހޭ ފޮޓޯޝޫޓަކަށް ވަގުތު ނުދިން ކަމަށް ބުނާ މައްސަލައެއްގައި، އެމެރިކާގެ މަޝްހޫރު ސުޕަ މޮޑެލް ކެންޑާލް ޖެނާ އަށް ދައުވާކޮށްފި އެވެ.
މަޝްހޫރު ކިމް/ޖެނާ އާއިލާ އަށް ނިސްބަތްވާ 25 އަހަރުގެ މޮޑެލް އަށް ދައުވާކުރަން ނިއު ޔޯކްގެ ސަދަން ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅީ އިޓަލީގެ ފެޝަން ކުންފުނި ލިއު ޖޯ އިންނެވެ. އެތަނުން ހުށަހެޅި ދައުވާގައި ބުނީ ކުރިއަށް ގެންދާ ސީޒަނަލް ކެމްޕޭނެއްގެ ފޮޓޯޝޫޓަށް ރާވާފައިވާ ގޮތަށް ކެންޑާލް ވަގުތު ނުދިނުމުގެ ސަބަބުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އޭނާގެ އަތުން ބަދަލެއްގެ ގޮތުގައި 1.8 މިލިއަން ޑޮލަރު ވެސް ނަގައިދޭން އެދޭ ކަމަށެވެ.
ލިއު ޖޯ އިން ބުނި ގޮތުގައި ކުންފުންޏާ އެކު ހަދަންޖެހޭ ފުރަތަމަ ފޮޓޯޝޫޓް 2019 ގެ ޖުލައި މަހުގެ ތެރޭގައި ނިންމާލައި، ދެވަނަ ޝޫޓް އޮތީ މިދިޔަ އަހަރު ކުރިއަށް ގެންދާ ކަމަށެވެ. އެކަމަކު ކޮވިޑް-19އާ ހެދި މިދިޔަ އަހަރު ކުރިމަތިވި ހުރަސްތަކާ އެކު ފޮޓޯޝޫޓް ފަސްކޮށް، ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރަށް ޝޫޓް ތާވަލުކޮށް އެއަށް ވަގުތު ދޭން ތަކުރާރުކޮށް ކެންޑާލްގެ ފަރާތުން އެދުނު ނަމަވެސް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ.
ލިއު ޖޯ އިން ބުނި ގޮތުގައި މި މައްސަލަ ދިމާވީ ކެންޑާލްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާ އަށް ދެވަނަ ފޮޓޯޝޫޓުން ދޭން ޖެހޭ ފީގެ ބޮޑު ބައެއް ވެސް ކުރިން ދީފައި ވަނިކޮށެވެ. އެއީ 20 ޕަސެންޓް ސާވިސް ފީއާ އެކު 1.5 މިލިއަން ޑޮލަރު ކަމަށް ބުންޏެވެ.
ކެންޑާލްގެ މޮޑެލް މެނޭޖްމަންޓް ކުންފުނި، ސޮސައިޓީ މެނޭޖްމަންޓުން ބުނީ ދައުވާގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާ ހެދި އިޓަލީ އަށް ގޮސް ފޮޓޯޝޫޓް ކުރިއަށް ގެންދަން ދިމާވި ހުރަސްތަކާ ހެދި އެކަން ދެން ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު ހަމަޖައްސައިދޭން އެތައް ފަހަރަކު ލިއު ޖޯގައި އެދިފައިވާނެ ކަމަށް އެތަނުން ބުންޏެވެ.
"ކެންޑާލް އަކީ އަބަދު ވެސް މަސައްކަތަށް ފަރުވާ ބަހައްޓާ، އެއްބަސްވުންތަކަށް އިހުތިރާމްކުރާ މޮޑެލްއެއް." ސޮސައިޓީ މެނޭޖްމަންޓްގެ ތަރުޖަމާނު ބުންޏެވެ.
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި
ކާޑޭޝަން އާއިލާ "ލުއި" ވިޔަފާރިއަކަށް
ޕެރިސް ހިލްޓަން ވެސް އެމެރިކާގެ ރައީސް ކަމަށް؟
ކަޑޭޝިއަން/ޖެނާ އާއިލާގެ އާ ޝޯގެ ފަސްޓް ލުކް
ސްޓީވް ޖޮބްސްގެ ހަގު ދަރިފުޅު މޮޑެލްއެއްގެ ގޮތުގައި
ބީބާގެ އަނބިމީހާއޭ ކިޔަސް މައްސަލައެއް ނެތް: ހޭއިލީ
ކިމް ކާޑޭޝަން ހެދުންއެޅިގޮތުން ނުޖަހާ ޖޯކެއް ނެތް
ޕްރިޔަންކާ ވިކްޓޯރިއާސް ސީކްރެޓްއާ ގުޅިއްޖެ
ކަންޔޭގެ އާ ބައިވެރިޔަކީ އައިރީނާ؟
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް