އިއްޔެ ހިނގި ނުރައްކާތެރި ކަނޑުމަތީގެ ހާދިސާގައި މަރުވި އަންހެން މީހާގެ ހަށިގަނޑު މިއަދު ގެނެސްފި އެވެ.
17 އޮކްޓޯބަރ 2021
އިއްޔެ ހިނގި ނުރައްކާތެރި ކަނޑުމަތީގެ ހާދިސާގައި މަރުވި އަންހެން މީހާގެ ހަށިގަނޑު މިއަދު ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނީ މަރުވި އަންހެން މީހާގެ ހަށިގަނޑު، ކޯސްޓް ގާޑުގައި މިއަދު ހެނދުނު 7:30 ހާއިރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ގެއްލުނު ކުޑަކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު އަދިވެސް އެ ކުއްޖާ ނުފެންނަ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާގައި މަރުވީ މަރިޔަމް ނާހިދާ، 33، އެވެ. ގެއްލުނީ އޭނާގެ ހަގު ދަރިފުޅު ޖުޔަލް ޖިނާހެވެ.
ލޯންޗަށް އެރި ރާޅަކާ އެކު ކަނޑަށް ވެއްޓުނީ ނާހިދާ އާއި އޭނާގެ ދެ ކުދިންނެވެ. މީގެ ތެރެއިން އޭނާގެ ދޮށީ ދަރިފުޅު ވަނީ ސަލާމަތްކުރެވިފަ އެވެ.
އިއްޔެ ހަވީރު 5:30 ހާއިރު އޮޅުވެލި ރިސޯޓް ކައިރީ ހިނގި މި ހާދިސާގައި، 12 މީހުން ތިބި ލޯންޗުން ކަނޑަށް ވެއްޓުނު ނާހިދާ އާއި އޭނާގެ ދޮށީ ދަރިފުޅު ކަނޑުން ނަގައިގެން ގެންދިޔައީ ކ. ގުރައިދޫ ހެލްތު ސެންޓަރަށެވެ. ނާހިދާ ވަނީ އެ ރަށަށް ގެންދިޔައިރު މަރުވެފަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މާލެ އަތޮޅު އޮޅުވެލި ރިސޯޓުގެ އިރުދެކުނުން އެއް ނޯޓިކަލް މޭލު ދުރުން ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެ ހިސާބުން ދަތުރުކުރާ މީހުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ކުއްޖާގެ ހަބަރެއް ވޭތޯ ބެލުމަށާއި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަވަހަށް އަންގަން ވަނީ އެދިފަ އެވެ.
ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެބުރިވެފައި!
އެކްސިޑެންޓެއްގައި ކުށްވެރިވި ކެޕްޓަން ސަލާމަތްވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލުމުގައި އިހުމާލުތައް ގިނަ
"ދެ މީހަކު މަރުވި ހާދިސާގެ ތަހުގީގު ފަށައިފިން"
ކޮޅުވެއްޓި ބަންޑުންޖަހާލުން: ދިވެހި މީހާ ނިޔާވެެއްޖެ
ގެއްލުނު ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އެކަކު މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެ
ދޯންޏެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
ސިހުން ގެނުވި މަރުތަކުގެ 24 ގަޑިއިރު