އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން އާއި ނައިބް ރައީސް ކަމަލާ ހެރިސް މަގާމުގެ ހުވާކުރައްވަން މި މަހު ބޭއްވި ރަސްމިއްޔާތުގެ ހަވާސާގައި އާންމުންގެ ސަމާލުމަން ލިބުނު ކަންކަން ގިނަ އެވެެ. އޭގެ ތެރެއިން އެންމެ މަޝްހޫރުވީ ސެނެޓަރު ބާނީ ސޭންޑާޒް ރަސްމިއްޔާތުގައި އިށީނދެގެން އިންނެވި ގޮތެވެ. އެ ފޮޓޯ "މީމް" އަކަށްވެ، އެންމެ ފަހުންވީ ފެޝަން ސްޓޭޓްމަންޓަކަށެވެ. ސޭންޑާޒްގެ "މީމް" ޖެހި ޓީޝާޓް ވިއްކައިގެން މިހާރު 1.8 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.
30 ޖެނުއަރީ 2021
އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން އާއި ނައިބް ރައީސް ކަމަލާ ހެރިސް މަގާމުގެ ހުވާކުރައްވަން މި މަހު ބޭއްވި ރަސްމިއްޔާތުގެ ހަވާސާގައި އާންމުންގެ ސަމާލުމަން ލިބުނު ކަންކަން ގިނަ އެވެެ. އޭގެ ތެރެއިން އެންމެ މަޝްހޫރުވީ ސެނެޓަރު ބާނީ ސޭންޑާޒް ރަސްމިއްޔާތުގައި އިށީނދެގެން އިންނެވި ގޮތެވެ. އެ ފޮޓޯ "މީމް" އަކަށްވެ، އެންމެ ފަހުންވީ ފެޝަން ސްޓޭޓްމަންޓަކަށެވެ. ސޭންޑާޒްގެ "މީމް" ޖެހި ޓީޝާޓް ވިއްކައިގެން މިހާރު 1.8 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.
އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ސަމާލުކަން ހުއްޓުނު އަނެއް ކަމަކީ ރައީސްގެ ބައިޑެންގެ އަގު ބޮޑު ރޮލެކްސް ގަޑި އެވެ. މީގެ އިތުރުން އެ ހަފުލާގައި "ޅެން ބަހުރުވައިން" ވާހަކަ ދެއްކި އަމަންޑާ ގޯމަންޑަށް ލިބުނު މަޝްހޫރުކަން ވެސް އެހާ ބޮޑެވެ.
NOW REPRESENTING: #EllaEmhoff! pic.twitter.com/1j0dwK8nDy
— IMG Models (@IMGmodels) January 28, 2021
ދެން މިހާރު މިއޮތީ ހަފުލާގެ ތެރެއިން ސަމާލުކަން ލިބުނު މީހަކަށް މަޝްހޫރު މޮޑެލް އެޖެންސީއަކުން ފުރުސަތު ލިބުނު ވާހަކަ އެވެ. އެއީ ކަމަލާގެ ދޮންދަރިކަނބަލުން އެލާ އެމަހޯފެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވި އިރު ހެދުން އަޅާފައި ހުރި ގޮތުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެ ވާހަކަ ފެޝަން ދާއިރާގެ ބައެއް މީހުން އޭރު ޓްވީޓް ވެސް ކޮށްފައިވެ އެވެ.
No, I don't think you understand: I'm obsessed. pic.twitter.com/NaYTFSg4sH
— Ξvan Ross Katz (@evanrosskatz) January 20, 2021
އެލާ އެ ރަސްމިއޔާތުގައި ފެނުނީ ނެޓްފްލިކްސް އިން ދާދި ފަހުން ސްޓްރީމްކުރި މަގުބޫލު ސީރީޒް "ބްޖިޖަޓަން" ގައި އުޅޭ އަންހެނުންނާ ދާދި އެއްކަހަލަ ސްޓައިލެއްގަ އެވެ. އެކަމަށް ފެޝަން ކުންފުނިތަކުގެ ސަމާލުކަން ވެސް ހުއްޓި އެލާ އަށް މިހާރު މޮޑެލްކުރުމުގެ ފުރުސަތުދީ، އޭނާއާ އެގްރިމަންޓް ހަދާފައި ވަނީ މަޝްހޫރު އެޖެންސީ އައިއެމްޖީ މޮޑެލްސް އެވެ.
The shoulder embellishments on Ella Emhoff's coat? I smell a style icon in the making.
— Ξvan Ross Katz (@evanrosskatz) January 20, 2021
އެހެންވެ ކުރިއަށް އޮތް ތަނުގައި އެލާ ފެންނާނީ ސުޕަމޮޑެލުން ކަމަށްވާ ކާލީ ކްލޮސް އާއި ޖިޒެލް ބަންޗެން އަދި ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ފަދަ ފަންނާނުންނާ ވާދަކުރާ މޮޑެލްއެއްގެ ގޮތުގަ އެވެ.
ހަށިގަނޑު ހިމަތޮޅި އަދި ބުޅި އިސްތަށިގަނޑެއްގެ އޮންނަ އެލާ އަށް ވަރުގަދަ މޮޑެލް އެޖެންސީއަކުން ފުރުސަތު ލިބުނު އިރު އޭނާ އަކީ ނިއު ޔޯކްގެ ޕާސަންސް ސްކޫލް އޮފް ޑިޒައިން އިން ފައިން އާޓް އެންޑް ޓެކްސްޓައިލް ދާއިރާ އިން ކިޔަވަމުން އަންނަ ޒުވާނެކެވެ.
ފެޝަނަށް އަބަދު ވެސް ހާއްސަ ޝައުގުވެރި ކަމެއް ބަހައްޓާ އަދި ތަފާތު ގޮތްގޮތަށް ހެދުން އަޅަން ލޯބިކުރާ 22 އަހަރުގެ އެލާ ބުނި ގޮތުގައި ހުވާކުރުމުގެ ރަސްމިއްޔާތުގައި ހެދުން އެޅީ ދުރާލައި ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އަދި އޭނާގެ އެ ހެދުމަކީ އާއިލާގެ މީހުންނާއި ގާތް މީހުންގެ ނުފޫޒު ވަރަށް ބޮޑު ހެދުމެއް ކަމަށް ބުންޏެވެ.
"އަސްލު ބޭނުންވީ ކުޑަކުޑަ ކުއްޖަކު ގޮތަށް ހެދުން އަޅަން. އެ ތަފާތުކަންނޭނގޭ ހަފުލާ އިން ފާހަގަކުރެވުނީ،" ވޯގް އަށް ދިން އިންޓަވިއުއެއްގައި އެލާ ބުންޏެވެ.
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް
ފޮޓޯޝޫޓަކަށް ވަގުތު ނުދީގެން ކެންޑަލްއަށް ދައުވާކޮށްފި
ހަލީމާ އަލުން މޮޑެލިން އަށް
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ޕެރިސް ހިލްޓަން ވެސް އެމެރިކާގެ ރައީސް ކަމަށް؟
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި
"ރެއާ ބިއުޓީ" ގެ ނަމުގައި ސެލީނާގެ މޭކަޕް ލައިނެއް
މިސް ޔުނިވާސް އަކީ ދެކުނު އެފްރިކާގެ ރީތީގެ ރާނީ
ސްޓީވް ޖޮބްސްގެ ހަގު ދަރިފުޅު މޮޑެލްއެއްގެ ގޮތުގައި
ބޯ ކޮށާލި ގޮތުން 2.7 މިލިއަނުގެ ބަދަލުދޭން ޖެހިއްޖެ