22 ޖޫން 2021
ހުޅުމާލޭ ބީޗުގައި ކެފޭ/ރެސްޓޯރެންޓް ހިންގަން ހުއްދަދިނުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން، އެޗްޑީސީއާ އެކު މަޝްވަރާ ކުރިޔަސް އެ އިދާރާގެ ވިސްނުމަކީ އަދިވެސް އެތަން އާންމުންނަށް ހުޅުވާލައިފައި ބޭއްވުން ކަމަށް ބުނެފި އެވެ.
ހުޅުމާލޭ ބީޗުގައި ކެފޭ/ރެސްޓޯރެންޓް ހިންގަން ހުއްދަދިނުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން، އެޗްޑީސީއާ އެކު މަޝްވަރާ ކުރިޔަސް އެ އިދާރާގެ ވިސްނުމަކީ އަދިވެސް އެތަން އާންމުންނަށް ހުޅުވާލައިފައި ބޭއްވުން ކަމަށް ބުނެފި އެވެ.
މިދިޔަ ހަފުތާގައި މާލޭ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީގެ ވެރިންނާ ބައްދަލުކޮށް، ހުޅުމާލޭ ބީޗުގައި އަލުން ކެފޭ ހިންގަން ހުއްދަދިނުމަށް އެދި މަޝްވަރާކޮށްފަ އެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލް އައިޝަތު ހަސްނާ "މިހާރު" އަށް ވިދާޅުވީ އެ އިދާރާގެ ވިސްނުމަކީ ހުޅުމާލޭ ބީޗު އަދިވެސް އާންމު ތަނެއްގެ ގޮތުގައި ބޭއްވުން ކަމަށާއި އެ ސަރަހައްދު ތަރައްގީ ކުރާނެ ގޮތުގެ މާސްޓަޕްލޭނެއް ވެސް ކުރިން އާންމުކޮށްފައިވާނެ ކަމަށެވެ.
"ނަމަވެސް ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށް ފަހު، އިތުރު މަޝްވަރާތަކާއި ބައްދަލުވުންތައް އަދި ބޭއްވޭނެ،" ހަސްނާ ވިދާޅުވި އެވެ.
މި ކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
ގަވާއިދާ ހިލާފަށް ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓުތައް ހިންގަން ބޭނުންކުރި ގޮނޑިތަކާއި މޭޒު ފަދަ ތަކެތި ނަގައި، އެޗްޑީސީން އެތަން ހުސްކުރީ އޮގަސްޓް 2019 ގަ އެވެ. އެޗްޑީސީން އެތަނުގައި ހުރި ސާމާނު ނެގީ، ކެފޭ/ރެސްޓްރޯންޓްތައް ހިންގާ ފަރާތްތަކަށް އެ ސަރަހައްދު ހުސްކުރަން ތަކުރާރުކޮށް އެންގުމުން ވެސް އެކަން ކޮށްފައި ނުވާތީ އެވެ.
ހުޅުމާލޭ ގޮނޑުދޮށުގައި ކުޑަކުދިން ކުޅެނީ: މި ސަރަހައްދު ދެން ތަރައްގީކުރާނީ ވެސް އެ ކޮންސެޕްޓަށް. --ޓްވިޓާ ފޮޓޯ:އައި މިއީ
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި ފެން ހޮޅި ވަޅުލުމުގެ މަޝްރޫއު ނިންމުމަށް ފަހު ހުޅުމާލޭ ގޮނޑުދޮށް ހިމެނޭ ސަރަހައްދު ތަރައްގީކުރާނެ ކަމަށެވެ. އަދި އެތަން ތަރައްގީ ކުރާނީ ދަތުރުދާ ސަރަހައްދެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"ކޭމްޕް ސްޓައިލަށް އެ ސަރަހައްދު ހަދާނީ. ބެންޗުތައް ޖަހައިފައި އާންމުންނަށް ހުޅުވާލައިފައި ބާއްވާ ގޮތަށް. އަމިއްލަ އަށް ތަކެތި ގެނެސް ކައި ހެދޭ ގޮތަށް،" ސުހައިލް ވިދާޅުވެފައިވެ އެވެ.
ދުވާރުމަތިން ގޮނޑި މޭޒު ނަގަން ފަހުގެ އެންގުން!
ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަން މަޝްވަރާކޮށްފި
ހުޅުމާލޭގައި ބުޅާ ފެސިލިޓީ ހެދުމުގެ މަސައްކަތް ފަށައިފި
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ހުޅުމާލޭގެ ޕޭވްމަންޓްމަތިން ގޮނޑިތައް ނަގަން އަަންގައިފި
ދެ ހުޅުމާލެ ގުޅޭ ސަރަހައްދުގައި ހަ ކެފޭ ހަދަނީ
ހުޅުމާލޭގައި ފުރަތަމަ ފްލޯގައި ވިޔަފާރިކުރަން ހުއްދަދެނީ
އެސްޖެހި ގަނޑުވަރު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ
އޯވާވޯޓާ ރެސްޓޯރެންޓަށް 2.3 މިލިއަން ރުފިޔާ
މުނިސިޕަލް ހިދުމަތް މޮނިޓާކުރާނެ ބަޔަކު ހޯދަނީ