Roadha Mihaaru
ކުޑަކުއްޖާގެ މަރު: އިދާރާތަކުން އަަމަލުކުރިގޮތް ބަލަނީ

ކުޑަކުއްޖާގެ މަރު: އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބަލަނީ

22 ޖޫން 2021

ކިޑްނެޕްކޮށް މަރާލައި، ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު ކުއްޖާއާ މެދު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަން ޖެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަަޖިލީހުގެ ހިއުމަން ރައިސްޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކިޑްނެޕްކޮށް މަރާލައި، ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު ކުއްޖާއާ މެދު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަން ޖެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަަޖިލީހުގެ ހިއުމަން ރައިސްޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކުޑަކުއްޖާގެ މަރާ ގުޅިގެން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިންތިފާގުން ނިންމީ އެ ޖަރީމާއާ ބެހޭ ގޮތުން ދައުލަތުގެ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ލިއުމުން ހޯދުމަށާއި މަރުވި ކުއްޖާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރިއާޔަތްކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުން އެކުއްޖާއާ މެދު އަމަލުކޮށްފައި އޮތް ގޮތް ބެލުމަށެވެ.

މައުލޫމާތު ހޯދާނީ ޕޮލިހާއި ޖެންޑާ މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ.

ކޮމިޓީން ނިންމީ މުއައްސަސާތަކުގެ ވެރިންނާ އެކު ބައްދަލުވުމުގެ ކުރިން ރަސްމީ އިދާރާތަކުން ފުރަތަމަ މައުލޫމާތު އެއްކުރުމަށެވެ. އެއަށްް ފަހު ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިންނާ އެކު އަންނަ ހޮނިހިރުދުވަހު، ބައްދަލުވުމެއް ބާއްވަން ވެސް މިއަދު ނިންމި އެވެ.

ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ލިއުމުން އެއްކުރާ މައުލޫމާތު ލިބުނުހާ އަވަހަކަށް، އެ މައުލޫމާތާ ބެހޭ ގޮތުން ކޮމިޓީގެ މެމްބަރުންނާ މަަޝްވަރާކުރައްވާނެ ކަމަށެވެ. އެކަމަކު އެ މަޝް ވަރާތައް ބާއްވާނީ ނުރަސްމީކޮށެވެ.

މަރުވިކުއްޖާ އަށް ހުުތުރުވާ ގޮތަށް ލިއުނު މައްސަލަ ބަލާނެ

ކޮމިޓީން މިއަދު ނިންމި އަނެއް ނިންމުމަކީ މަރާލި ކުއްޖާއަށް އެގޮތް މެދުވެރިވީ އެކުއްޖާ އުޅުނު ގޮތުން ކަމަށް ދޭހަވާ ގޮތަށް، ލިޔެ، ކުއްޖާގެ އަބުރަށް ހުތުރުވާ ގޮތަށް ޚަބަރު ފެތުރި މީޑިއާތަކުގެ މައްސަލަ ކަމާ ބެހޭ މުއައްސަަސާތައް މެދުވެރިިކޮށް ބެލުމަށެެވެ. އެގޮތަށް ޚަބަރު ފަތުރާފައިވާތީ ހުރިހާ މެމްބަރުންހެން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މާފަން އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ވިކްޓިމް އިތުރަށް ވިކްޓިމައިޒްްވާނޭ ގޮތަށް ބައެއް ނޫސްތަކުގައި ލިޔަމުން އަންނަ ކަމަށެވެ.

"ވިކްޓިމްގެ ސަބަބުން ދިމާވިކަމެއް ކަަމަށް ދޭހަވާ ގޮތަށް. ވަރަށް ވިޔާނުދާކޮށް އުޅޭ ކުއްޖެއް ކަމަށް ސިފަކޮށްް ދެން މިހެން ގޮސް ވަރަށް ފިނަ ނުރަނގަޅުވާހަކަތަކެއް، މަރާލާފައިވާ އެކުއްޖާއާ މެދުގައި ދައްކާފައި އެބަހުރިކަން އަޅުގަނޑުމެނަށް ފާހަގަވޭ ބައެއް މީޑިއާތަކުގައި،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެެއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ މައްސަލަ މީޑިއާ ރެގިއުލޭޓްކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، ފިޔަވަޅުތަކެއް ކަމަށެވެ. ކޮމިޓީގެ މުގައްރިރު ޖީހާން ވެސް ވިދާޅުވީ އެއީ އޭނާ ވެސް ވަރަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ.

މީގެ ކުރިން ވެސް އެފަދަ މައްްސަލަތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަމާލުކަމަށް ގެންނަން އޭނާ ހުށަހެޅުއްވި އެވެ.