Roadha Mihaaru
ބިދޭސީ މީހާގެ މަރު: ތުހުމަތުވާ ޕާކިސްތާނު މީހާ ހޯދަނީ

ބަންގްލަދޭޝް މީހާ މެރުމުގެ ތުހުމަތުވާ ޕާކިސްތާނުގެ މީހާގެ މައުލޫމާތު އާންމުކޮށް، ހޯދަނީ

16 އެޕްރީލް 2022

ހުޅުމާލޭގެ ހާންޖީ ރެސްޓޯރަންޓްގައި މިއަދު ހަވީރު ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލި ކަމަށް ތުހުމަތުވާ ޕާކިސްތާނުގެ ޝެފް ފިލާފައިވާތީ އޭނާގެ މައުލޫމާތު އާންމުކޮށް، އަދި އާންމުން އޭނާއާ ކުރިމަތިނުލާން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގެ ހާންޖީ ރެސްޓޯރަންޓްގައި މިއަދު ހަވީރު ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަމަލާދީ މަރާލި ކަމަށް ތުހުމަތުވާ ޕާކިސްތާނުގެ ޝެފް ފިލާފައިވާތީ އޭނާގެ މައުލޫމާތު އާންމުކޮށް، އަދި އާންމުން އޭނާއާ ކުރިމަތިނުލާން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

ހާންޖީ ރެސްޓޯރެންޓްގައި ހިންގި މާރާމާރީއެއްގައި، އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވެނީ އެތަނުގައި މަސައްކަތްކުރާ ޕާކިސްތާނުގެ މުހައްމަދު އާބިދްގެ މައްޗަށެވެ.

ފުލުހުން ބުނީ އޭނާ ފިލައިގެން އުޅޭތީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާއަކީ ނުރައްކާތެރި މީހެއް ކަމަށް ބެލެވޭތީ އާންމުން އޭނާއާ ކުރިމަތިނުލާން އެދޭ ކަމަށާއި އޭނާގެ މައުލޫމާތެއް ލިބިއްޖެ ނަމަ އެކަން ފުލުހުންނަށް ވަގުތު އަންގަން އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޓްވީޓް

ބަންގްލަދޭޝްގެ މީހާ މަރުވީ އެ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާގެ ކަރަށާއި ބޮލަށް ވަޅިން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެ އެވެ.