ގާހިރާ (އޮގަސްޓް 29) - މިސްރުގައި އަންހެން ކުދިން ހިތާނުކުރާ މީހުންނަށް ދޭ އަދަބު ބޮޑު ކުރަން ނިންމައިފި އެވެ.
29 އޯގަސްޓް 2016
ގާހިރާ (އޮގަސްޓް 29) - މިސްރުގައި އަންހެން ކުދިން ހިތާނުކުރާ މީހުންނަށް ދޭ އަދަބު ބޮޑު ކުރަން ނިންމައިފި އެވެ.
އަންހެން ކުދިން ހިތާނުކުރުން މިސްރުގައި މަނާކޮށްފައިވާ އިރު މި ކުށަށް އެ ގައުމުގައި މިހާރު ދޭ އަދަބަކީ ތިން މަހާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނަމަވެސް ކެބިނެޓުން މިހާރު ވަނީ އަންހެން ކުދިން ހިތާނުކުރާ މީހުން ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާން ފާސްކޮށްފަ އެވެ. އަދި ހިތާނުކުރަނިކޮށް ކުއްޖަކު މަރުވެ ނުވަތަ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެ ނަމަ މިއަށް ވުރެ އަދަބު ހަރުކަށި ކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.
މިސްރުގައި އަންހެން ކުދިން ހިތާނުކުރުން 2008 ވަނަ އަހަރު ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ފަގީރު ހިސާބު ތަކުގައި އެކަން އަދިވެސް އާންމުކޮށް ކުރެ އެވެ. މެދުއިރުމައްޗާއި އެފްރިކާގެ ބައެއް ގައުމުތަކުގައި މުސްލިމުން ފިޔަވައި ކްރިސްޓިއަން އަންހެން ކުދިން ވެސް ހިތާނު ކުރުވަ އެވެ.
މިސްރުގައި މި އަހަރު މެއި މަހު ވަނީ 17 އަހަރުގެ އަންހެން ކުއްޖަކު ހިތާނުކުރަން އުޅެނިކޮށް މަރުވެފަ އެވެ. ސުއެޒް ސަރަހައްދުގައި ހުރި އަމިއްލަ ހޮސްޕިޓަލެއްގައި އެ ކުއްޖާ މަރުވީ ހޭނައްތައިގެން ހިތާނުކުރަން އުޅުމުގެ ތެރޭގަ އެވެ. މި ހާދިސާ އަށް ފަހު އދ. އިން ވަނީ އަންހެން ކުދިން ހިތާނުކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް މިސްރަށް ގޮވާލައިފަ އެވެ.
އަންހެން ކުއްޖަކު ހިތާނު ކުރި މައްސަލައެއްގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ފުރަތަމަ ފަހަރަށް ޑޮކްޓަރަކު ޖަލަށް ލާން މިސްރުން ހުކުމްކޮށްފަ އެވެ.
ދިރާސާތަކުން ދައްކާގޮތުން، ދުނިޔޭގެ އެކި ހިސާބުތަކުގައި 200 މިލިއަނަށް ވުރެ ގިނަ އަންހެނުން ވަނީ ހިތާނުކޮށްފަ އެވެ. ނަމަވެސް، މިސްރުގައި އަންހެން ކުދިން ހިތާނު ކުރުން މަދުވަމުން އަންނަ ކަމުގައި، ޔޫއެންޑީޕީގެ ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
އަންހެނުން ހިތާނުކުރުން:ދިވެއްސެއްގެ ތަޖުރިބާ ދުނިޔެއަށް
އެމެރިކާގެ ޚާރިޖީ ވަޒީރު މެދު އިރުމައްޗަށް
އިސްރާ؛ މިސްރުގެ ލޯފަން ފޮޓޯގްރާފަރު
އަންހެންކުދިން ހިތާނުކުރުމެއް ދީނަކު ނެތް: މައުމޫނު
ނޫރާ: ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓް
ތާށިވި ބޯޓާއި މި އަންހެން މީހާއާ ކޮން ގުޅުމެއް؟
މިސްރުގައި ހިތާންކުރަނިކޮށް އަންހެން ކުއްޖަކު މަރުވެއްޖެ
ސީސީ ވެރިކަމުގައި ބަހައްޓަން ގާނޫނުއަސާސީ ބަދަލުކުރަނީ
ސީސީއަށް ކުރެއްވި "މަލާމާތާ" އެކު މަގާމުން ވަކިވެއްޖެ
ރައީސްގެ ނުބައި ވީޑިއޯއެއް ދެއްކުމުން ވަޒީފާ ގެއްލިއްޖެ