Roadha Mihaaru
ތިލަފުށީގައި އުޅޭ ބިދޭސީންގެ ނުރައްކާ ބޮޑު: އާޒިމް

ތިލަފުށީގައި އުޅޭ ބިދޭސީންގެ ނުރައްކާ ބޮޑުވެއްޖެ: އާޒިމް

30 ޖޫން 2021

ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭގައި ހިންގަން ބާރުއަޅާ ބިދޭސީން ގިނަވަމުންދާ ކަމަށާއި ތިލަފުށީގައި ބިދޭސީން ދަނީ ނޭދެވޭ ހުރިހާ ކަމެއް ކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭގައި ހިންގަން ބާރުއަޅާ ބިދޭސީން ގިނަވަމުންދާ ކަމަށާއި ތިލަފުށީގައި ބިދޭސީން ދަނީ ނޭދެވޭ ހުރިހާ ކަމެއް ކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ތިލަފުއްޓަކީ ބިދޭސީންގެ ބޮޑު ހާއްޔެއް ކަމަށާއި އެތަނުގައި ގިނައިން އުޅެނީ ވެސް ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށެވެ. ތަންފީޒީ އިދާރާތަކުން ތިލަފުށީގެ ހާލަތު ނުބަލަނީ ކީއްވެކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތަނުގައި ހަތިޔާރު ގެންގުޅުމަކީ ގާތްކަމެއް. އެތަނުގައި ބޮން ގޮއްވުމުގެ ކަންކަން ރާވައި، އެ ދަސްކޮށްދީ އެކަންކަން ކުރުމަކީ ވެސް ގާތްކަމެއް،" ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލުގެންނަން ހުށަހެޅި ބިލުގެ ބަހުސްގަައި އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވިގޮތުގައި މުޅި ތިލަފުށި ސާފުކޮށްް އެތަން ރަނގަޅަށް ބަލަހައްޓަންޖެހޭ ކަމަށާއި އެތަނުގައި އުޅޭ ބިދޭސީން ރާއްޖޭގެ ސަލާާމަތީ ބާރުތަކާ ކުރިމަތިލުން ވަރަށް ގާތް ކަމަށެވެ. އޭރުން އެކަން ވާނީ ޓެރަރިޒަމްގެ އަމަލަކަށް ކަަމަށާއި އެކަމާ މެދު ދުރާލައި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަށް ވެސް އެޅެން ހުރި ފިޔަވަޅުތަކެއް މިކަންކަން ތަންފީޒުކުރަން ތިބި ފަރާތްތަކުން އަޅާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ފުރަަތަމަ ބަހުސްކުރީ ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ބިލަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލު ގެންނަ އެއް ބޭނުމަކީ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ޓެރަރިޒަަމްގެ ކުށްތައް ތަހުގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މިހާރު ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމެވެ. އަނެއް ބޭނުމަކީ ހަނގުރާމަތައް ހިނގާ ސަަރަހައްދުތަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުންނާ މެދު އަމަލުކުރާނެ ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅުމެވެ.

ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރަން ފަސޭހައަކަށް ގެންނަ މައިގަނޑު އެއް ބަދަލަކީ ޓެރަރިޒަަމްގެ ބޮޑެތި ކުށްތަކުގެ ތުހުމަތަށް ހައްޔަރުކުރާ މީހުން ކޯޓަކަށް ހާޒިރުނުކޮށް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމެވެ. މިހާރު އޮންނަ ގޮތުން ކޮންމެ ތުހުމަތެއްގައި ހައްޔަރުކުރި ނަމަވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް އެންމެ ގިނައިރު ބަންދުގައި ބެހެއްޓޭނީ 24 ގަޑިއިރު އެވެ.

ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓޭ ގޮތް ހެދުމުގެ އިތުރުން ތުހުމަތުމާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމާއި ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތްތައް އިތުރަށް ތަފްސީލުކުރުމަކީ ވެސް އޭޖީ އޮފީހުން ބުނި ގޮތުގައި އަލަށް ހުށަހަޅާ ބިލުން ކުރާނެ ކަމެކެވެ.