Roadha Mihaaru
ހާލަތަށް ހައްލު ނުހޯދާ ވޯޓު ހޯދާކަށް ނުދާނަން: އާޒިމް

ރައްޔިތުން އުޅޭ ހާލަށް ހައްލެއް ހޯދައިނުދީ ވޯޓު ހޯދާކަށް ދެން ނުދާނަން: އާޒިމް

13 ސެޕްޓެމްބަރ 2021

ދާއިރާގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލު ފެނިވަޑައިގެންފައިވާ ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދައި ނުދެވޭހާ ހިނދަކު ދެން ރައްޔިތުން ގާތަށް ވޯޓު ހޯދަން ވަޑައިނުގަންނަވާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދާއިރާގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލު ފެނިވަޑައިގެންފައިވާ ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދައި ނުދެވޭހާ ހިނދަކު ދެން ރައްޔިތުން ގާތަށް ވޯޓު ހޯދަން ވަޑައިނުގަންނަވާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

"މިހާރު" ނޫހުން ގެނެސްދޭ ޕޮޑްކާސްޓް "މިވާހަކަ" ގެ މި ހަފުތާގެ އެޕިސޯޑުގައި ސިޔާސީ މަސްރަހުގެ އެކި މައުލޫމަތަކަށް ވާހަކަދައްކަވަމުން، އެމްޑީޕީގެ ޕާލެމެންޓަރީ ގްރޫޕްގެ ލީޑަރު އާޒިމް ވިދާޅުވީ، މަޖިލީހުގެ މި ދައުރަށް އޭނާ ކުރިމަތިލައްވައި ވޯޓު ހޯއްދަވަން ރައްޔިތުންގެ ގޭގެއަށް ވަޑައިގެންނެވިއިރު ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާ އާއިލާތަކާ ބައްދަލުވެފައިވާ ކަމަށެވެ.

"އެއް ކޮޓަރީގައި ހަ މީހުން، ހަތް މީހުން ނިދާފައި އެތާ ކައްކަނިކޮށް ވަދެވުނީމަ ބުނިން ދެން ނާންނާނަމޭ ތި ހާލުން ސަލާމަތް ނުކޮށްދީއެއް،" ތިން ވަނަ ދައުރަކަށް މަޖިލީހަށް ހޮވިވަޑައިގެންފައިވާ އާޒިމް ވިދާޅުވި އެވެ.

"އޭގެ މާނައަކީ އަޅުގަނޑު ނުދާނަމޭ އެ މީހުންނަށް ހައްލެ ނުހޯދާދީއެއް. ހައްލެއް ހޯދުމުގެ މަގުމަތީގައި މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

މިހާރު ޕޮޑްކާސްޓުގެ "މިވާހަކަ": ސިޔާސީ މަސްރަހާ މެދު މެމްބަރު އާޒިމް

އާޒިމް ހުންނެވީ ދެން އަންނަ ދައުރަކަށް ވެސް މަޖިލީހަށް ކުރިމަތިލައްވާ ގޮތަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދައުރަކަށް ފަހު ދައުރެއްގައި، ރައްޔިތުންގެ ފަރާތުން އޭނާ އަށް ލިބޭ ވޯޓު ވެސް އިތުރުވެފައި ވާތީ، ދެން ވެސް ވާދަނުކުރައްވަންވީ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެ ނަތީޖާއިން ފެންނަނީ ރައްޔިތުންގެ ތާއީދު އަދިވެސް އޭނާ އަށް އޮތް ކަމެވެ.

އިސްކަންދެނީ ޕާޓީގެ މަސްލަހަތަށް!

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ދެ ބަޔަކަށް ބެހިފައިވާއިރު، އާޒިމް އާންމުންނަށް ފާހަގަވެފައިވާ ވަނީ އެކި ފަހަރު، އެކި އަތަށް ޖެހިވަޑައިގެން ހުންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެހެންވެ، އޭނާ މިހާރު ހުންނެވީ ކޮން ފަރާތެއްގައިތޯ ސާފުކޮށްދެއްވަން އެދުމުން، އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި އާޒިމް ވިދާޅުވީ ވަކި ފަރާތަކަށް ޖެހިވަޑައިގަތުމަށް ވުރެ ބޮޑަށް އޭނާ އިސްކަންދެއްވަނީ ޕާޓީގެ މަސްލަަހަތަށް ކަމަށެވެ. އަދި ޕާޓީގެ މަސްލަހަތު އޮންނަނީ، ޕާޓީ ދެމިއޮންނާނެ ގޮތަކަށް މަސައްކަތްކުރެވިގެން ކަމަށެވެ.

ރަސްމީ ބައެއް ކަންކަމުގައި އަބަދު ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހިޔާލު ތަފާތުވުންތައް ހުންނަ ކަމަށާއި އެއީ އާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮންމެ މަހަކު އެއް ފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ މަސްރަހުގެ ހޫނު ސުރުހީތަކަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ 12 އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައި ވާއިރު ރާއްޖެ އަށް މިވަގުތު އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ މަސްރަހުގެ އިތުރު ހޫނު ސުރުހީތަކަށް ވާހަކަދައްކަވަމުން، 12 އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތުގެ ތަޖުރިބާ އިން މިސާލުތައް ނަންގަވާ އާޒިމް ފާހަގަކުރެއްވީ މިވަގުތު ރާއްޖެ އަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ކަމަށެވެ. އަދި އެއީ އޭނާ އަބަދު ވެސް ތައީދު ކުރައްވާ ނިޒާމެއް ކަމަށް ވިދާޅުވި އެވެ.