Roadha Mihaaru
ރިޝީގެ ފަހު ފިލްމު ނިންމަން އަމާޒު ހިފައިފި

ރިޝީގެ ފަހު ފިލްމު ނިންމަން އަމާޒު ހިފައިފި

02 ޖުލައި 2021

މިދިޔަ އަހަރު ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް މަރުވި އިރު، ކުޅެން ފަށައި ނުނިމި އޮތް ފިލްމު "ޝަރުމާޖީ ނަމްކީން ގައި އޭނާ ކުޅެމުން ދިޔަ ރޯލާ ޕަރޭޝް ރާވަލް ހަވާލުވެ، އެ މަސައްކަތް ފަށާފައި ވަނިކޮށް ކޮވިޑް-19 އާ ހެދި މިދިޔަ މާޗްގައި މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، އޭގެ ފަހު ޝޫޓީން ޝެޑިއުލް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް މަރުވި އިރު، ކުޅެން ފަށައި ނުނިމި އޮތް ފިލްމު "ޝަރުމާޖީ ނަމްކީން ގައި އޭނާ ކުޅެމުން ދިޔަ ރޯލާ ޕަރޭޝް ރާވަލް ހަވާލުވެ، އެ މަސައްކަތް ފަށާފައި ވަނިކޮށް ކޮވިޑް-19 އާ ހެދި މިދިޔަ މާޗްގައި މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، އޭގެ ފަހު ޝޫޓީން ޝެޑިއުލް ފަށައިފި އެވެ.

މި ފިލްމަކީ އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު ރިޝީ އާއި ޖޫހީ ޗާވްލާގެ ފިލްމެކެވެ. ރިޝީ އަށް ލޭގެ ކެންސަރު ޖެހި 2019 ގެ ފަހުކޮޅު ފަރުވާ އަށް އެމެރިކާ އަށް ދިޔައީ "ޝަރުމީޖީ ނަމްކީން" މަސައްކަތް ފެށިތަނާ އެވެ. އަދި އަލުން އޭގެ މަސައްކަތް ފެށީ އަހަރު ދުވަހު ނިއު ޔޯކްގައި ފަރުވާ ހޯދުމަށް ފަހު އެނބުރި މުމްބާއީ އަށް ގޮސް މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އޭރު ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް ނިއު ދިއްލީގައި ޝޫޓްކޮށްފައިވެ އެވެ.

ރިޝީ ހާލު ސީރިއަސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެނިކޮށް މަރުވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 30 ގަ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ރިޝީގެ ކެރެކްޓާ ޕަރޭޝް އަށް ދީގެން "ޝަރުމާޖީ ނަމްކީން" ހަދާ އިރު، ޕަރޭޝް ރިޝީގެ ކެރެކްޓާ ފުރިހަމަކޮށްދޭނީ އެވެ. އޭގެ މާނަ އަކީ ރިޝީ ހަމަ ފިލްމުން ފެންނާނެއޭ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގިތުގައި ފިލްމުގެ ޝޫޓިން މި ވަގުތު ކުރިއަށް ދަނީ މުމްބާއީގަ އެވެ. ބާކީ ހުރި ހަފުތާއެއްހާ ދުވަހުގެ ޝޫޓިން ކަމަށްވާތީ ފަހު ޝެޑިއުލް ނިންމައިލާ އިރު، މުޅި ފިލްމުގެ ޝޫޓީން އޮންނާނީ އެއްކޮށް ނިންމައިލެވިފަ އެވެ.

ހިތޭޝް ބާޓިއާ ޑައިރެކްޓްކުރާ "ޝަރުމާޖީ ނަމްކީ" އަކީ ވަޒީފާ އން ރިޓަޔާކޮށްފައިވާ 60 އަހަރުގެ ފިރިހެނެއްގެ ހަޔާތުގެ ވާހަކަ ވަރަށް ސާދާކޮށް އެކަމަކު ވަރަށް މަޖާކޮށް ފެނިގެންދާނެ ފިލްމެކެވެ.

މީޑިއާތަކުން ރިޝީގެ 68 ވަނަ އުފަން ދުވަހާ ދިމާކޮށް އަންނަ ސެޕްޓެމްބަރު 4 ގައި ރިލީޒްކުރަން ފިލްމުގެ ޓީމުން ބޭނުންވާ ކަމަށެވެ.

ރިޝީ މަރުވުމާ ގުޅިގެން އޭނާ ސޮއިކުރި ދީޕިކާ ޕަދްކޯންގެ "ދި އިންޓާން" މިހާރު ވަނީ އަމީތާބް ބައްޗަން އަށް ދީފަ އެވެ.

ރިޝީގެ އެންމެ ފަހުގެ ފިލްމަކީ އިމްރާން ހާޝްމީއާ އެކު ކުޅުނު 2019 ގެ "ދަ ބޮޑީ" އެވެ.