Roadha Mihaaru
ރިޝީގެ ފަހު ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ރިޝީ މަރުވި އިރު ޝޫޓިން ނުނިމި އޮތް ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

05 ސެޕްޓެމްބަރ 2021

މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރްގެ އުފަންދުވަހާ ދިމާކޮށް އޭނާގެ އެންމެ ފަހު ފިލްމު "ޝަރުމާ ނަމްކީން" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރްގެ އުފަންދުވަހާ ދިމާކޮށް އޭނާގެ އެންމެ ފަހު ފިލްމު "ޝަރުމާ ނަމްކީން" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ހޮނިހިރު ދުހަވު ފާހަގަކުރި ރިޝީގެ 68 ވަނަ އުފަން ދުވަހާ ދިމާކޮށް ދައްކާލި ޕޯސްޓަރުގައި ފެންނަނީ އޭނާ ބްރީފްކޭހަކާ އެކު މަގަކުން ހިނގާފައި ދަނިކޮށެވެ. މި ޕޯސްޓަރުގައި ރިޝީ ފެންނަ ކޮސްޓިއުމްގައި ހަމަ އެ ލުކްގައި އެކްޓަރު ޕަރޭޝް ރާވަލް ފެންނަ ޕޯސްޓަރެއް ވެސް އާންމުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 30 ގައި ރިޝީ މަރުވި އިރު "ޝަރުމާޖީ ނަމްކީން" ގެ ޝޫޓިން އޮތީ ނުނިމި އެވެ. އެހެންވެ ރިޝީގެ މަރާ ގުޅިގެން، އޭނާގެ ރޯލު ފިލްމުގައި ފަހުން ކުޅެ ފުރިހަމަކޮށްނީ ޕަރޭޝް އެވެ.

ހިތޭޝް ބާޓިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އުމުރުން 60 އަހަރުގެ މީހެއްގެ ވާހަކަ ކިޔައިދޭ ލައިޓްހާޓެޑް ކޮމެޑީއެކެވެ. "ޝަރުމާޖީ ނަމްކީން" ގައި ރިޝީއާ އެކު ކުރިން ވެސް ފިލްމުތަކެއް ކުޅުނު ޖޫހީ ޗާވްލާ ވެސް ހިމެނެ އެވެ.

މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓާއި މެކްގަފިން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ލޭގެ ކެންސަރު ބަލީގައި ރިޝީ މަރުވި އިރު، އޭނާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2019 ގެ ޑިސެމްބަރުގައި ރިލީޒްކުރި އިމްރާން ހާޝިމީގެ ތުރިލާ "ބޮޑީ" އިންނެވެ.

"ޝަރުމާޖީ ނަމްކީން" ރިލީޒްކުރާނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.