Roadha Mihaaru
ރާޒުވާ އިން 12 އަހަރުގެ ކުއްޖަކަށް ރެކޯޑެއް

ރާޒުވާ އިން 12 އަހަރުގެ ކުއްޖަކަށް ރެކޯޑެއް

02 ޖުލައި 2021

ރާޒުވާގެ ތާރީހުގައި މިހާތަނަށް ގްރޭންޑްމާސްޓަރެއްގެ ޝަރަފު ފުރަތަމަ ފަހަރަށް، އުމުރުން އެންމެ 12 އަހަރުގެ ކުއްޖަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާޒުވާގެ ތާރީހުގައި މިހާތަނަށް ގްރޭންޑްމާސްޓަރެއްގެ ޝަރަފު ފުރަތަމަ ފަހަރަށް، އުމުރުން އެންމެ 12 އަހަރުގެ ކުއްޖަކަށް ލިބިއްޖެ އެވެ.

ރާޒުވާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ މި ކުއްޖާ އަކީ އިންޑިއާ ދަރިކޮޅު އެމެރިކާގެ އާއިލާއަކަށް ނިސްބަތްވާ އަބިމަންޔޫ މިޝްރާ އެވެ. ރާޒުވާގެ އެންމެ ހަގު ގްރޭންޑްމާސްޓަރުގެ މަގާމު އޭނާ ހޯދީ އެ ރެކޯޑް 12 އަހަރަށް ވުރެ ގިނަ ދުވަހު ހިފަހައްޓަމުން އައި ރަޝިއާގެ ސާޖީ ކާޖަކިން ފަހަތަށް ޖައްސައިލުމަށް ފަހު އެވެ. އޭނާ ގްރޭންޑްމާސްޓަތެއްގެ މަގާމު ލިބުނު އިރު އުމުރަކީ 12 އަހަރާއި ހަތް މަހެވެ. ސާޖީގެ މިހާރުގެ އުމުރަކީ 31 އެވެ.

އޭނާގެ ރެކޯޑް އަބިމަންޔޫ ރެކޯޑް ހަންގޭރީގެ ބުޑަޕެސްޓްގައި ބުދަ ދުވަހު އަތުލި އިރު އުމުރަކީ 12 އަހަރާއި ހަތަރު މަހާއި 25 ދުވަހެވެ. ސާޖީގެ އަތުގައި އެންމެ ޒުވާން ގްރޭންޑްމާސްޓަރުގެ ރެކޯޑް އޮންނަތާވީ 12 އަހަރާއި ހަތް މަހެވެ.

ރާޒުވާގެ ގްރޭންޑްމާސްޓަރެއްގެ ދަރަޖަ ލިބެނީ ކުޅުންތެރިޔަކަށް ގްރޭންޑްމާސްޓާގެ މަރުހަލާއެއް ކާމިޔާބުކުރުމުންނެވެ. އޭގެ ތެރޭގައި މަތީ ފެންވަރުގެ މުބާރާތެއްގައި ވާދަކޮށްގެން އެވޯޑެއް ހާސިލުކޮށްފައިވުމާއި ބައިނަލްއަގްވާމީ ޗެސް ފެޑެެރޭޝަންގެ 2،500 އެލޯ ރޭޓިން ހާސިލުކުރުން ހިމެނެ އެވެ.

ފާއިތުވި ދެ މަހުގެ ތެރޭގައި ތިން ގިންތި އަބިމަންޔޫ ކާމިޔާބުކުރީ ވެޒަކެޕްޒޯ ޖީއެމް މިކްސް ޓޯނަމަންޓްގައި ގްރޭންޑްމާސްޓާ ލިއޯން މެންޑޯންކާ ބަލިކުރުމަށް ފަހު އެވެ.

އެމެރިކާގައި ނިއު ޖާޒީގައި ދިރިއުޅޭ އަބިމަންޔޫ އަށް ރާޒުވާގެ ތާރީހުން ހާއްސަ މަގާމެއް ލިބުނު އިރު އޭނާ އަކީ އެމެރިކާގެ ޗެސް ފެޑެރޭޝަންގެ އެންމެ ޒުވާން އެކްސްޕާޓް ވެސް މެ އެވެ. އެއީ އުމުރުން އެންމެ 7 އަހަރުގަ އެވެ.

ރާޒުވާގެ ނެޝަނަލް މާސްޓަރެއްގެ މަގާމު އަބިމަންޔޫ ހޯދީ އުމުރުން 9 އަހަރުގަ އެވެ. އަދި އެންމެ ޒުވާން އިންޓަނޭޝަނަލް މާސްޓަރުގެ މަގާމު އޭނާ އަށް ލިބުނު އިރު އުމުރަކީ 10 އަހަރާއި ނުވަ މަހާއި 20 ދުވަހެވެ.