ރާއްޖޭގެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކާ ބެހޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރާ ތުހުމަތު ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފުރުސަތު ނުދީ މަޖިލީހަށް ހާޒިރުވާން އެންގުމަކީ ވަކި ގޮތަކަށް މައްސަލަ އަނބުރާލުމަށް ނުފޫޒު ފޯރުވުން ކަމަށް މޯލްޑިވްސް އެޑިޓާސް ގިލްޑް އިން އިއްޔެ ބުނެފި އެވެ.
04 ޖުލައި 2021
ރާއްޖޭގެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކާ ބެހޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރާ ތުހުމަތު ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފުރުސަތު ނުދީ މަޖިލީހަށް ހާޒިރުވާން އެންގުމަކީ ވަކި ގޮތަކަށް މައްސަލަ އަނބުރާލުމަށް ނުފޫޒު ފޯރުވުން ކަމަށް މޯލްޑިވްސް އެޑިޓާސް ގިލްޑް އިން އިއްޔެ ބުނެފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ނޫހެއްގައި ޝާއިއުކުރި ލިޔުމަކާ ގުޅޭގޮތުން އެމްބަސީއަކުން ނުތަނަވަސްކަމެއް އޮތް ނަމަ އެކަމަށް ހައްލު ހޯދަން އެދެން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ. އެއާއެކު، އެ މައްސަލަ ބަލަން ފޮރިން މިނިސްޓްރީ އަށް ކަމާބެހޭ އިދާރާގައި އެދެވިދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ނަމަވެސް ސީދާ އެ މައްސަލަ ރައްދުވާ ޑިޕްލޮމެޓް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ގުޅުއްވުމަކީ ވިއެނާ ކޮންވެންޝަންގެ 41 ވަނަ މާއްދާ ތަންދޭ ތަނެއް ނޫން ކަމަށާއި އެއީ އެ މުއާހަދާއާ ހިލާފަށް ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމަށް އެޑިޓާސް ގިލްޑުން ބުނެ އެވެ.
މި ފަހުން ނޫހެއްގައި ލިޔުނު ލިޔުމަކާ ގުޅިގެން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރިތިޝްގެ ސަލާމާތަށް ނުރައްކާވާކަމަށް ވިދާޅުވެ ރޮޒެއިނާގެ ސަމާލުކަމަށް ގެންނެވީ ވެސް ރޯހިތެވެ. އެއަށްފަހު މީޑިއާ ކައުންސިލަށް މަޖިލީހުން ފޮނުވި ސިޓީގައި އެދުނީ ރޯހިތުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ލިޔުނު ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށެވެ.
MEG calling authorities not to intimidate media regulators in carry out their mandate.https://t.co/qBLgTPFHdx@Mihaarunews @sunbrk @thepressmv @rasonlinemv @oneonlinemv @psmnewsmv @Raajje_tv @DhiyaresNews @VaguthuOnline @adduonline @AdhadhuMV @broadcomMV @thevoice_mv
— Maldives Editors Guild (@editorsguildmv) July 3, 2021
އެކަމުގައި މީޑިއާ ކައުންސިލުން ކުރި މަސައްކަތެއްގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރަން ވެސް ސިޓީގައި އެންގި އެވެ.
އެ ސިޓީ ފޮނުވި އިރު ކޮމިޓީން މީޑިއާ ކައުންސިލާ މަޝްވަރާކުރަން މާދަމާ އަށް ތާވަލުކޮށްފައި ވެސް އެބަ އޮތެވެ. އެެއީ އުމުރުން 13 އަހަރުގެ ކުއްޖަކު މަރައިލި މައްސަލައާ ގުޅިގެން މީޑިއާތަކުން ރިޕޯޓްކުރި ގޮތުގެ މައްސަލައިގައި ކޮމިޓީން ސުވާލުކުރުމަށެވެ. އެކަމަކު، ރޮޒެއިނާ ކުރިން "މިހާރު" އަށް ވިދާޅުވީ އެ ބައްދަލުވުމަށް ވަޑައިގަންނަވާ އިރު، ލިޔުމުގެ މައްސަލައިގައި އެމްއެމްސީން ކުރި މަސައްކަތަކާ ބެހޭ މައުލޫމާތު ވެސް ގެންނަން އެދިފައިވާނެ ކަމަށެވެ.
އެޑިޓާސް ގިލްޑުން ބުނީ ޑިޕްލޮމެޓެއްގެ ކޯލާ ގުޅިގެން މުގައްރިރު އަމިއްލައަށް އެ މައްސަލައިގައި މީޑިއާ ޖަވާބުދާރީ ކުރުވުމަށް އެމްއެމްސީއަށް އެންގުމަކީ ވެސް ބީރައްޓެހި އުސޫލެއް ކަމަށެވެ.
"އަދި ކައުންސިލުން އެ މައްސަލަ ބެލުމަށް ފުރުސަތު ނުދީ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވާން އެންގުމަކީ ސީދާ ގޮތެއްގައި ވަކި ގޮތަކަށް މައްސަލަ އަނބުރާލުމަށް ނުފޫޒު ފޯރުވުން ކަމުގައި ދެކެމެވެ،" އެ ބަޔާނުގައި ބުންޏެވެ. "ހަމަ އެހެންމެ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައި މައްސަލަ ބަލަމުންދާ ކަމަށް ބުނުމަކީ ވެސް މި ޖަމިއްޔާ އިން ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ،"
މީޑިއާގައި ރިޕޯޓު ކުރި މައްސަލައަކާ ގުޅޭގޮތުން ނުތަނަވަސްކަމެއް އޮތް ނަމަ އެމްއެމްސީ އަށް އެ މައްސަލަ ބެލުމަށް ފުރުސަތު ދީ ބަޔާނުގައި ބުނެފައި ވަނީ އަމިއްލަ އަށް ބާރާއި ނުފޫޒު ބޭނުންކޮށްގެން މައްސަލަ އަށް ވާސިލްވާން މަސައްކަތް ކުރުމަކީ ތަހުޒީބު ކަމެއް ނޫން ކަމަށެވެ. ހަމައެއާ އެކު، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކޮށް ޑިޕްލޮމޭޓުންގެ ވާހަކައެއް ދައްކާނަމަ ވިއެނާ ކޮންވެންޝަންގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ރިއާޔަތްކުރަން އެދިފައިވެ އެވެ.
ޚަބަރު ގެނެސްދިނުމުގައި މީޑިއާތަކުން ސަމާލުވާން އެދެފި
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
އިންޑިއާގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރަނީ
"މިހާރު" ބޮއިކޮޓްކުރުން ނާތަހުޒީބު: އެޑިޓާސް ގިލްޑް
މަޖިލީހުގެ ނިންމުމަކީ ޑިކްޓޭޓާޝިޕެއްގެ ސިފައެއް: ދީދީ
މައްސަލަ ބަލަން އެންގީ ކޮމިޓީން ނިންމައިގެނެއް ނޫން
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ
ފިޔަވަޅު އަޅަން އެދުމުން ހައި ކޮމިޝަނަށް ފާޑުކިޔުން!
އެޑިޓާސް ގިލްޑްގެ ފުރަތަމަ ރައީސަކަށް ހިރިގާ ޒާހިރު
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް