Roadha Mihaaru
އުގެއިލް ފައުންޑޭޝަންގެ ޕްރޮގްރާމްތަކަށް 5000 ކުދިން

އުގެއިލް ފައުންޑޭޝަންގެ ޕްރޮގްރާމްތަކުގައި 5،000 އަށް ވުރެ ގިނަ ދަރިވަރުން

04 ޖުލައި 2021

އުގެއިލް ފައުންޑޭޝަނުން ސްކޫލް ބަންދާ ދިމާކޮށް ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ތައާރަފުކުރި ޕްރޮގްރާމުތައް 5،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ހުކުރު ދުވަހު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުގެއިލް ފައުންޑޭޝަނުން ސްކޫލް ބަންދާ ދިމާކޮށް ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ތައާރަފުކުރި ޕްރޮގްރާމުތައް 5،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ހުކުރު ދުވަހު ފަށައިފި އެވެ.

ސްކޫލް ބަންދާ ދިމާކޮށް އުގެއިލް ފައުންޑޭޝަނުން ދެ ޕްރޮގްރާމެއް ތައާރަފު ކުރި އެވެ. އެއީ އިނގިރޭސި ބަހުގެ ހުނަރު ދަސްކޮށްދިނުމަށް ތައާރަފު ކުރި "ކްރިއޭޓިވް އިންގްލިޝް" ޕްރޮގްރާމާއި ވިސްނުމުގެ ހުނަރު ތަރައްގީކޮށް، ކުރިއެރުވުމަށް ތައާރަފު ކުރި "ތިންކިން ސްކިލް" ޕްރޮގްރާމެވެ.

ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމުގެ ތަފްސީލް--

މި ޕްރޮގްރާމްތައް ކުރިއަށްދާނީ ފަސް ހަފުތާއަށެވެ. އިނގިރޭސި ދަސްކޮށްދޭ ޕްރޮގްރާމުގައި އިނގިރޭސި ވިލާތުގެ ޓީޗަރުން ކިޔަވައިދޭއިރު ތިންކިން ސްކިލްސް ކްލާސްތައް ނަގައިދެނީ ޕްރޮފެސަރު ހަސަން އުގައިލް އެވެ.

މި ދެ ޕްރޮގްރާމުގެ އިތުރުން އުގެއިލް ފައުންޑޭޝަން ގެ "ދަ ސާކަލް" އިން ވެސް އަންނަނީ އެކި ޕްރޮގްރާމުތައް ހިންގަމުންނެވެ. މީގެ ތެރޭގައި ކޯޑިން އާއި "ކްރިޓިކަލް ތިންކިން" އާއި "ލީޑާސް އޮފް ޓުމޯރޯ" ފަދަ ޕްރޮގްރާމްތައް ހިމެނެ އެވެ.

އުގެއިލް ފައުންޑޭޝަނުން ކުރިއަށްގެންދާ ތިންކިން ސްކިލްސްގެ މާސްޓަ ކްލާސްގެ ތަފްސީލު---

އުގެއިލް ވިދާޅުވީ ލީޑާސް އޮފް ޓުމޯރޯ އަކީ މުޖުމަތަމައަށް ފައިދާހުރި ލީޑަރުންތަކެއް އުފެއްދުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމަށް ވެސް ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލީޑާސް އޮފް ޓުމޯރޯ ޕްރޮގްރާމަކީ މުޖުތަމައަށް ފައިދާ ހުރި ލީޑާސް އުފެއްދުމައްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެއް. އެގޮތުން މީގެ 20 އަހަރު ނުވަތަ 30 އަހަރު ފަހުން އެކި ދާއިރާތަކުން ހުނަރުވެރި ލީޑަރުންތަކެއް މުޖުތަމައަށް ނެރުމަކީ މި ޕްރޮގްރާމުގެ މަގުސަދެއް،" އުގެއިލް ވިދާޅުވި އެވެ.

އުގެއިލް ފައުންޑޭޝަނުން ސްކޫލް ބަންދާ ދިމާކޮށް ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމުތަކެއް ކުރިއަށްގެންދަނީ އޮންލައިންކޮށެވެ. އެހެންކަމުން ރަށްރަށުގައި ތިބޭ ކުދިންނަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވެ އެވެ.