ސްރީ ލަންކާގައި އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވުމާއި އެ ކުއްޖާގެ ބޭނުން ނަހަމަ ގޮތުގައި ހިފި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އަށް ކުރާ ތުހުމަތަށް ކޯޓުގައި އިންކާރުކޮށްފި އެވެ.
ސްރީ ލަންކާގައި އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވުމާއި އެ ކުއްޖާގެ ބޭނުން ނަހަމަ ގޮތުގައި ހިފި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އަށް ކުރާ ތުހުމަތަށް ކޯޓުގައި އިންކާރުކޮށްފި އެވެ.
މި މަހު ކުރީކޮޅު ފަޅާއެރި މި މައްސަލާގައި އެތައް ބަޔަކު ހައްޔަރުކޮށްފައި ވާއިރު އަޝްމަލީ ހިމެނެނީ އާދީއްތަ ދުވަހު ހައްޔަރުކުރި ހަތަރު މީހުން ތެރޭގަ އެވެ. އެ މީހުން ހޯމަ ދުވަހު ވަނީ ބަންދުގެ މުއްދަތު އިތުރުކުރަން ކޮލަމްބޯގެ ކޯޓަކަށް ހާޒިރުކޮށްފަ އެވެ.
އޭއެފްޕީން ބުނި ގޮތުގައި އަޝްމަލީ މި މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވާއިރު އޭނާގެ ފަރާތުން ވަކީލު ވިދާޅުވީ އަޝްމަލީގެ ނިޔަތަކީ ކުޑަކުއްޖެއްގެ ފަރާތުން ޖިންސީ ނަހަމަ އަމަލެއް ހިންގުން ނޫން ކަމަށެވެ.
ވަކީލް ވިދާޅުވީ އަޝްމަލީ އޮންލައިންކޮށް ފައިސާ ދައްކައި ބުކިން ހެއްދީ ވެބްސައިޓަކުން އިސްތިހާރެއް ފެނިގެން "އޮއިލް މަސާޖެއް ކުރަން" ކަމަށެވެ. އަދި ބުކިން ހެއްދިއިރު އެއީ ކުޑަ ކުއްޖެއްކަން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
ލަންކާ ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓަ ޖެނެރަލް އަޖިތު ރޮހާނާ ވިދާޅުވީ ޖިންސީ ނަހަމަ ގުޅުމަކަށް ކުޑަކުއްޖަކު ބޭނުންކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ 32 މީހުންގެ ތެރެއިން 22 މީހަކު ކުޑަކުއްޖާއާ ގުޅުން ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ލަންކާގެ ގާނޫނުތައް ބުނާ ގޮތުން އުމުރުން 18 އަހަރު ނުވާ ކުއްޖަކާ ޖިންސީ ގުޅުން ހިންގައިފި ނަމަ އެއީ ރޭޕްކުރުމެވެ. ކުށުގެ އެންމެ ބޮޑު އަދަބަކީ 20 އަހަރަށް ޖަލަށްލުމެވެ.
ނަމަވެސް ހައްޔަރުކޮށްފައިވާ މީހުންނަށް އަދި ވަކި ދައުވާއެއް ނުކުރެ އެވެ.
ކުޑަކުއްޖާ ޖިންސީ ބޭނުމަށް އެކި މީހުންނަށް ވިއްކަމުން ގެންދާތާ ތިން މަސް ދުވަސް ވެއްޖެ ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފަ އެވެ. މިކަން ކޮށްފައި ވަނީ އެކަމަށް ވެބްސައިޓްތަކެއް ހަދައިގެންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އިޝްތިހާރުކޮށްގެންނެވެ.
ކުށުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނެ އެވެ. އަދި ލަންކާގެ ވިޔަފާރިވެރިންނާއި ފާދިރީއަކާއި ސިޔާސީ މީހަކު ވެސް ހިމެނެ އެވެ.
ލަންކާގައި ހަށި ވިއްކުވި މައްސަލައެއްގައި ދިވެއްސަކު!
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް
ލަންކާ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރު
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާއާއެކު ޓްރީޓީއަކަށް ދާން މަޖިލީހުން ރުހުންދީފި