ރާއްޖޭގެ ބައެއް ކަނޑޫފާތަކުން، ކަނޑޫ ގަސްތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނިފައިވާ ކަމަށާއި، ނަމަވެސް، ކަނޑޫފާތައް މަަރުވާ ސަބަބަކީ އެއީކަން ދެނެގަނެވޭނީ އިތުރަށް ދިރާސާކޮށްގެން ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
06 ޖުލައި 2021
ރާއްޖޭގެ ބައެއް ކަނޑޫފާތަކުން، ކަނޑޫ ގަސްތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނިފައިވާ ކަމަށާއި، ނަމަވެސް، ކަނޑޫފާތައް މަަރުވާ ސަބަބަކީ އެއީކަން ދެނެގަނެވޭނީ އިތުރަށް ދިރާސާކޮށްގެން ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ރާއްޖޭގެ ބޮޑެތި ކަނޑޫފާތައް މަރުވާތީ މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ސީޔޫއެސްއޭޓީ) އަށް ކަނޑޫފާތަކުން ސާމްޕަލް ފޮނުވައިގެން ވަނީ ތަހުލީލުތަކެއް ހަދައިފަ އެވެ. ކަނޑޫ ގަސްތަކުގެ ފަތާއި ތޮއްޓާއި މޫތަކާއި ހެދިފައި ހުރި ވެއްޔާއި ކުޅީގެ ފެން ކޮޗިން ޔުނިވާސިޓީއަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ފޮނުވި އެވެ. ސާމްޕަލް ފޮނުވީ، ކަނޑޫފާ މަރުވަމުން ދިޔަ ހަތް ރަށަކުންނާއި އެކަން ދިމާނުވާ ދެ ރަށަކުންނެވެ.
ސާމްޕަލްތައް ފޮނުވިތާ ހައެއްކަ މަސް ފަހުން މިއަދު އީޕީއޭ އިން ވަނީ ކޮޗިން ޔުނިވާސިޓީގެ ހޯދުންތައް ހާމަކޮށްފަ އެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކަނޑޫފާތަކުގެ ފެނާއި ވެލި ތަހުލީލުކުރުމުން، އޭގައި ބޭނުންތެރި މާއްދާތައް ނުވަތަ ނިއުޓްރިއަންޓްސް ހުރި ވަރު ދިވެހިރާއްޖެ ފަދަ ހޫނު ގައުމުތަކުގެ ކުޅި ފައު، އަދި ޗަސްބިންތަކާ ދާދި އެއްގޮތް ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި "ހެވީ މެޓަލް"ގެ އަސަރެއް އެއްވެސް މާހައުލަކުން ފާހަގަނުކުރެވޭ ކަމަށް ބުނެފައިވެ އެވެ.
ވެއްޔާއި ފެނާއި ކަނޑޫގަސްތަކުގެ މުލާއި ފަތާއި ތޮށީގައި އެއްވެސް ޖަރާސީމެއް ހުރިތޯ ބެލި ބެލުމުން، މިފަދަ މާހައުލުތަކުގައި ނުފެންނަ ގަސްތަކަށް ބަލި ޖައްސާ ފަދަ ދިރުންތައް ފެނިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ހދ. ކޭލަކުނު ކަނޑޫފާ: އެ ރަށުގެ ކަނޑޫފަލަކީ ރާއްޖޭގައި ހުރި ހަމައެކަނި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޖަންގަލި -- މިހާރު ފޮޓޯ/ ނަޖާހު މަސްއޫދު
ނަމަވެސް، ކަނޑޫފާ މަރުވަމުންދާ ބައެއް ސަރަހައްދުތަކުން ނެގުނު ސާމްޕަލްތަކުން ގަސްތައް މަރުވުމަށް މެދުވެރިވާ "ފަންގަސް"ގެ ބާވަތެއް ފެނިފައިވާ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އެ ފަންގަސްއަކީ ތަފާތު ސަބަބުތަކާ ހެދި ކަނޑުފާ ބަލިކަށިވާ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކަށި ކުރުވާނެ ފަންގަސްއެއް ކަމަށް ދިރާސާއިން ދެއްކި ކަމަށް ވެ އެވެ.
"މިހާރު ކުރެވުނު ތަހުލީލުތަކުން ހޯދިފައިވާ ފަންގަސް އަކީ، ތަފާތު ސަބަބުތަކާ ގުޅިގެން ކަނޑޫފާތައް ބަލިކަށިވުމަށް ހުށަހެޅިފައިވެދާނެ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކޮށްފާނެ ފަންގަސްއެއް ކަމަށް ތަހުލީލުތަކުން ދައްކަ އެވެ." އީޕީއޭގެ ބަޔާނުގައިވެ އެވެ.
ނަމަވެސް، ކަނޑޫފާތައް މަރުވަނީ އެ ފަންގަސްގެ ސަބަބުންކަން ދެނެގަނެވޭނީ، ސާމްޕަލްތަކުގެ ސައިޒު ބޮޑުކޮށް، ދިގު މުއްދަތަކަށް އިތުރު ތަހުލީލުތައް ކުރެވިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން، ކަނޑޫފާތައް އިތުރަށް ތަހުލީލުކޮށް، އެއިން ކޮށްފާނެ އަސަރު ދެނެގަނެ ބަޔާން ކުރުމަށް، އިލްމީ މާހިރުން ގެނެސް، ކަނޑޫފަތަކަށް ގޮސް، އިތުރަށް ސައިންޓިފިކް ތަހުލީލުތައް ހަދަން ޖެހޭ ކަމަށް އީޕީއޭއިން ބުންޏެވެ. އެހެންވެ، ކޮޗިން ޔުނިވާސިޓީގެ ޓީމެއް ރާއްޖެ ގެނެސް، ވީހާވެސް އަވަހަށް އިތުރު ތަހުލީލުތައް ހަދަން ހަމަޖެހިފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
"އެހެންކަމުން މިކަމުގައި އީޕީއޭއާ އެކު މަސައްްކަތް ކުރަމުންގެންދާ ސީޔޫއެސްއޭޓީގެ ޓީމެއް ވީހާވެސް އަވަހަށް މި ރަށްރަަށް ޒިޔާރަތްކޮށް، އިތުރު ސާމްޕަލްތައް ނަގައި އިތުރު ތަހުލީލުތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ." އީޕީއޭގެ ބަޔާނުގައިވެ އެވެ.
ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް ކަމާބެހޭ ތަޖުރިބާކާރުން ކަނޑޫފަލެއްގެ ތެރޭގައި -- ފޮޓޯ: އީޕީއޭ
ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިންސާނުންގެ ފަރާތުންނާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަދި ބައެއް ގުދުރަތީ ކަންކަމާ ގުޅިގެން، ކަނޑޫފާތައް ފަދަ ގުދުރަތީ ސަރަހައްދުތަކުގެ މާހައުލަށާއި ފެން ދައުރުވުމަށް ބަދަލުތަކެއް އަންނަ ކަމަށް އީޕިއޭއިން ބުންޏެވެ.
މިފަދަ ތިމާވެށީގެ ވަސީލަތްތަކަށް އަންނަ ބަދަލުތަކަކީ ދެނަގަތުމަކީ ދުވަސް ނަގާ ކަންކަން ކަމަށާއި، އެފަދަ ކަންކަމަށް ސީދާ ހައްލެއް ނުހުންނަ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ.
އަދި ކަނޑޫފާ މަރުވުމަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށް އެ އެޖެންސީއިން ބުނެފައިވެ އެވެ. ދުނިޔޭގެ ޓްރޮޕިކް ސަރަހައްދުގެ ކަނޑޫފާތައް މަރުވަމުންދާކަން ކުރިން ވެސް ފާހަގަ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.
މިހާރު ކުރެވުނު ތަހުލީލުތަކުން ހޯދިފައިވާ ފަންގަސް އަކީ، ތަފާތު ސަބަބުތަކާ ގުޅިގެން ކަނޑޫފާތައް ބަލިކަށިވުމަށް ހުށަހެޅިފައިވެދާނެ ދަނޑިވަޅެއްގައި ގަސްތައް އިތުރަށް ބަލިކޮށްފާނެ ފަންގަސްއެއް ކަމަށް ތަހުލީލުތަކުން ދައްކާ: އީޕީއޭ
މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އުތުރުގެ ގިނަ އަދަދެއްގެ ކަނޑޫފާތަކެއް ވަނީ އެއްފަހަރާ މަރުވާން ފަށައިފަ އެވެ. އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ހދ. ނޭކުރެންދޫ ކަނޑޫފަލާއި، ހއ. ކެލާ ކަނޑޫފާ ވެސް ހިމެނެ އެވެ. އަދި މިިހާރު ހިމާޔަތްކޮށްފައިވާ ރާއްޖޭގެ ހަމައެކަނި "ފޮރެސްޓް" ނުވަތަ ޖަންގަލި ކަމަށްވާ ކޭލަކުނު ކަނޑުފަލުގެ ބޮޑު ސަރަހައްދެއް ވެސް ވަނީ މަރުވެފަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިދިޔަ އަހަރު ބެލި ބެލުމުން ކެލާގެ ކަނޑޫފަލުން ވަނީ ފަންގަސްގެ ބާވަތަކުން ޖެހޭ މޫ ފީވާ ބައްޔެއް ފެނިފަ އެވެ. އޭގެ އިތުރުން ގަހަށް ގެއްލުންދޭ ބާވަތުގެ ފަނިފަކްސަ ފެނިފައިވެ އެވެ. ނޭކުރެންދޫ ކަނޑޫފަލުން މޫ ފީވުން ފާހަގަ ނުކުރެވުނަސް، ފަނިފަކްސާތައް ފެނިފައިވެ އެވެ. ނަމަވެސް، އެ ދިރާސާއިން ވެސް ސީދާ ސަބަބެއް ނުހޯދުނެވެ. އެކަން ދޫކޮށްލީ، ކޮޗިން ޔުނިވާސިޓީއިން ހަދާ ތަހުލީލުތަކަށެވެ.
ކަނޑޫފަލަކީ އުތުރުގެ ސަގާފަތާ ގުޅިފައިވާ އެއްޗެކެވެ. އެގޮތުން ބޮޑު ތަދުގެ ދުވަސްވަރު، ކަނޑޫ ވައް ލިބެން ހުރުމުން އުތުރުގެ ކަނޑޫފާތައް ހުރި ރަށްރަށް އެހާ ބޮޑަށް ހާލުގައި ނުޖެހެ އެވެ. މިހާރު ވެސް ބައެއް ރަށްރަށުގައި ކަނޑޫ ވައް ފެން ކައްކައިގެން ކައި އުޅެ އެވެ. އޭގެ އިތުރުން ކަނޑޫ ގަހުގެ ލަކުޑިއަކީ އޮޑިދޯނި ފަހަރު ބަންނަން ބޭނުން ކުރި އެއްޗެކެވެ.
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ވެލި ނެގުމުގެ ގަވައިދު ބަދަލުކުރީ 2014 ގައި
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި
އީޕީއޭގެ ދިރާސާތަކަށް ހާއްސަ އުޅަނދު ރާއްޖެ ގެންނަނީ
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!