Roadha Mihaaru
އިންގްލެންޑު ކުރިމަތީ ޑެންމާކު ކުޑަ ޓީމަކަށް ނުވާނެ

އިންގްލެންޑު ކުރިމަތީ ޑެންމާކު ކުޑަ ޓީމަކަށް ނުވާނެ

07 ޖުލައި 2021

ލަންޑަން (ޖުލައި 7) - އިންގްލެންޑު ކުރިމަތީ ޑެންމާކަކީ ކުޑަ ޓީމަކަށް ނުވާނެ ކަމަށް ޑެންމާކުގެ ކޯޗު ކެސްޕާ ހިއުލްމަންޑު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ޖުލައި 7) - އިންގްލެންޑު ކުރިމަތީ ޑެންމާކަކީ ކުޑަ ޓީމަކަށް ނުވާނެ ކަމަށް ޑެންމާކުގެ ކޯޗު ކެސްޕާ ހިއުލްމަންޑު ބުނެފި އެވެ.

އޭނާ ބުނީ، ޔޫރޯގެ ކުރިން އޭނާގެ ޓީމަކީ ކުޑަ ޓީމެއް ކަމަށް ސިފަކުރި ކުރުމަކީ އޭނާ ޝައުގުވެރިވި ކަމެއް ނޫން ކަމަށެވެ. އިންގްލެންޑު ގައި ވަރުގަދަ ޓީމެއް އެބައޮތް ކަމަށާއި ނަމަވެސް އޭނާގެ ޓީމަށް ވެސް ބޮޑު ފުރުސަތެއް އެބައޮތް ކަމަށް ހިއުލްމަންޑު ބުންޏެވެ.

"މުބާރާތުގައި ކުރިއަށް ދިއުމުމުގައި ފުރުސަތު ކުޑަ ޓީމެއްގެ ހާލަތުން އަހަރެމެން މިހާރު ވަނީ ދުރަށް ޖެހިލާފައި،" ހިއުލްމަންޑު ބުންޏެވެ.

"އިދިކޮޅުގައި އޮތީ ކޮން ޓީމެއްތޯ ނުބަލައި އަހަރެމެން ބަލަނީ އަހަރެމެން ދިފާއުކޮށްފައި ހަމަލާ އުފެއްދުމަށް. އަހަރެމެންނަކީ ފުރުސަތު ކުޑަ ޓީމެކޭ ބުނާ ބުނުމަށް އަހަރެން ޝައުގުވެރި ނުވޭ. އަހަރެމެންގެ ވިސްނުން ވެސް ހުންނަނީ އެގޮތަކަށް ނޫން."

އިންގުލެންޑްގެ ކޯޗު ބުނީ އިނގިރޭސި ފުޓްބޯޅައިގެ ލެގަސީ ވެމްބްލީގެ އާ ސްޓޭޑިއަމް ގައި ނެތް ކަމަށެވެ. އެހެންވެ ވެމްބްލީއާ އެކު އިނގިރޭސި ޓީމުން އެ ލެގަސީ ބިނާ ކުރުމަށް މިރޭ ޑެންމާކު ބަލި ކުރަން ޖެހޭނެ ކަމަށެވެ.

އިންގްލެންޑާއި ޑެންމާކު މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ނުކުންނާނީ ރޭ ސްޕެއިން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި އިޓަލީ އާ ދެކޮޅަށެވެ.