Roadha Mihaaru
ޓުޗެލް އިންގްލެންޑް ގައުމީ ޓީމާ ހަވާލުވަނީ

ޓުޗެލް އިންގްލެންޑް ގައުމީ ޓީމާ ހަވާލުވަނީ

16 އޮކްޓޯބަރ 2024

ލަންޑަން (އޮކްޓޫބަރު 16) - އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ޖަރުމަނުގެ ތޯމަސް ޓުޗެލް ހަމަޖައްސަން ނިންމައިފި ކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (އޮކްޓޫބަރު 16) - އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ޖަރުމަނުގެ ތޯމަސް ޓުޗެލް ހަމަޖައްސަން ނިންމައިފި ކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.

ޓުޗެލް އަކީ ކުރިން އިންގްލެންޑުގެ ޗެލްސީއާ އެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ކޯޗެކެވެ. އޭނާ ވަނީ ޖަރުމަނުގެ ބެޔާން މިއުނިކާއި، ބޮރޫޝިއާ ޑޯޓްމަންޑާއި، ފްރާންސްގެ ޕީއެސްޖީ އަށް ވެސް ކޯޗުކޮށްދީފަ އެވެ.

އިންގްލެންޑުގެ ކޯޗުކަން ހުސްވީ މިދިޔަ ޔޫރޯ އަށް ފަހު ކޯޗު ގަރެތު ސައުތުގޭޓް ވަކިވުމުންނެވެ. އާ ކޯޗެއް ހޯދެންދެން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލު ކޮށްފައި ވަނީ 21 އަހަރުން ދަށުގެ ކޯޗު، އިންގްލެންޑަށް އުފަން އަޔަލެންޑްގެ ލީ ކާސްލީއާ އެވެ.

އިންގްލެންޑް އެފްއޭ އިން ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް ޓުޗެލް އާއެކު އެފްއޭ އިން ކުރިއަށް ގެންދިޔަ މަޝްވަރާތައް ކާމިޔާބުކަމާ އެކު ނިންމާލާފައިވާކަން މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

ޓުޗެލް ވާނީ އިންގްލެންޑް ގައުމީ ޓީމާ ހަވާލުވާ ތިން ވަނަ ބިދޭސީ ކޯޗަށެވެ. މީގެ ކުރިން ސްވިޑެންގެ ސްވެން-ގޮރާން އެރިކްސަން އާއެކު އެގައުމުގެ ރަން ޖީލު ވަނީ ވޯލްޑް ކަޕް 2002 އާއި 2006ގެ ކުއާޓާ ފައިނަލްގެ އިތުރުން ޔޫރޯ 2004 ގެ ކުއާޓާގައި ކުޅެފަ އެވެ. އަދި އިޓަލީގެ ފަބިއޯ ކަޕެއްލޯ އާއެކު އިންގްލެންޑް ވަނީ ވޯލްޑް ކަޕް 2010ގެ ގަދަ 16 ގައި ކުޅެފަ އެވެ.

ޔޫރޯ އަށް ފަހު އިންގްލެންޑުން ވަނީ ގާޑިއޯލާ އެ މަގާމަށް ގެންދަން މަސައްކަތް ކޮށްފަ އެވެ. އަދި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ވަނީ ޖޫން މަހު ޓުޗެލް ގެންދަން މަޝްވަރާ ކޮށްފައިވެ އެވެ. ނަމަވެސް ވަކި ހިސާބަކުން، މިހާރުގެ ކޯޗު އެރިކް ޓެން ހާގް އާއެކު ކުރިއަށް ދާން ނިންމީ އެވެ.

ޖަރުމަންގެ ޓުޗެލް، 51، ވަނީ ޗެލްސީ އާއެކު 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ޖެހިގެން އައި އަހަރު ކްލަބް ވޯލްޑް ކަޕް ހޯދައިދީ ސަޕޯޓަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ނަމަވެސް ޓޮޑް ބޯލީގެ ކޮންސޯޓިއަމް އިން ޗެލްސީ ހިންގުމާ ހަވާލުވެ، 100 ވަނަ ދުވަހުގެ ޕްލޭނާ އެއްގޮތަށް ޓުޗެލް މަގާމުން ވަކިކުރީ އެވެ.