Roadha Mihaaru
ނަފްރަތުގެ ބިލް އެންމެ ފަހު ވަގުތު އަލުން ކޮމިޓީއަށް

ނަފްރަތުގެ ބިލް އެންމެ ފަހު ވަގުތު އަލުން ކޮމިޓީއަށް ފޮނުވަން އެމްޑީޕީން ނިންމައިފި

08 ޖުލައި 2021

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން އެމްޑީޕީން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން އެމްޑީޕީން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ އެެޖެންޑާކޮށްފަ އެވެ. އެ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވައިގެން އުޅުއްވާ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު "މިހާރު" އަށް ވިދާޅުވީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ޕީޖީ ގްރޫޕުން ނިންމުމުން އޭނާ ހުށަހެޅުއްވި އިސްލާހު މިހާރު ނަންގަވާފައިވާ ކަަމަށެވެ.

ބިލު ކޮމިޓީއަށް އަނބުރާ ފޮނުވައިލަން ނިންމީ ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ އެހެން ފަރާތްތަކާ ވެސް އަލުން މަޝްވަރާކޮށް ބަދަލުތަކެއް ގެނައުމަށެވެ. ޔައުގޫބް ވިދާޅުވި ގޮތުގައި ކޮމިޓީން ބިލު މުރާޖައާ ކޮށްގެން އަނބުރާ ގެންނަ އިރު ގޯސްކޮށް އޮވެއްޖެ ނަމަ އަނެއްކާވެސް އޭނާ އިސްލާހު ހުށަހަޅުއްވާނެ އެވެ.

"ބިލު އަނލުން އަންނަ އިރު ވެސް ގޯހެއް އޮވެއްޖެއްޔާ އަނެއްކާ ވެސް އަޅުގަނޑު އިސްލާހު ހުށަހަޅާނަން،" ޔައުގޫބު ވިދާޅުވި އެވެ.

ގިނައަދަދެއްގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ތެރެއިން ވެސް އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ބިލު، ކޮމިޓީއަށް އަނބުރާ ގެންދާނީ މިއަދުގެ ޖަލްސާގައި އެކަމަށް ވޯޓެއް ނަގައިގެންނެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން މިގޮތަށް ނުނިންމި ނަމަ މިއަދު ވޯޓަށް އަހާނީ އެބިލު ފާސްކުރުމާ މެދުގަ އެވެ.

ބިލު އަލުން ކޮމިޓީއަށް ގެންދަން ފާސްކުރީ ޕީޖީ ގްރޫޕްގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

ނަފުރަތު ހުއްޓުވާ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރި އިރު އެބިލަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން އެ ބަދަލުތައް ގެނައީ ބިލާ ބެހޭ ގޮތުން ލިބުނު ކޮމެންޓްތަކަށް ރިއާޔަތްކޮށްގެންނެވެ. އެގޮތުން ކޮމެންޓް ކުރީ އިސްލާމިކް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަނާއި އާއްމުންނެވެ.