09 ޖުލައި 2021
ފްރީލާންސަރުންނަށާއި އލަށް ވިޔަފާރި ފަށާ މީހުންނަށް މަސައްކަތް ކުރާނެ މާހައުލެއް ހޯދައި ދިނުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ކޯ-ވޯކް ސްޕޭސްއެއް އިއްޔެ ހުޅުވައިފި އެވެ.
ފްރީލާންސަރުންނަށާއި އލަށް ވިޔަފާރި ފަށާ މީހުންނަށް މަސައްކަތް ކުރާނެ މާހައުލެއް ހޯދައި ދިނުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ކޯ-ވޯކް ސްޕޭސްއެއް އިއްޔެ ހުޅުވައިފި އެވެ.
"ސީޑް ބައި ބީސީސީ"ގެ ނަމުގައި މި ވޯކް ސްޕޭސް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. މި ރަސްމިއްޔާތުގައި ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ވެރާ ހަކީމް އާއި ޖަޕާން އެމްބަސީގެ އިކޮނޮމިކް ކޯޕަރޭޝަން ހެޑް، ނައޯކޯ ޔުޒާވާ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ވޯކް ސްޕޭސަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާ އެކު ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުގެ އެހީގައި ހުޅުވި ތަނެކެވެ. މިތަން ހުންނާނީ އޯކިޑު މަގުގައި ހުންނަ ބީސީސީގެ "އޯތެންޓިކް މޯލްޑިވްސް" ފިހާރަ ހުންނަ އިމާރާތުގަ އެވެ.
ކ-ވ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އާއި ޖަޕާނު އެމްބަސީގެ އިކޮނޮމިކް ކޯޕަރޭޝަން ހެޑް، ނައޯކޯ ޔުޒާވާ އާއި ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ވެރާ ހަކީމް ވޯކް ސްޕޭސް ހުޅުއްވުމަށްފަހު ވާހަކަދައްކަވަނީ-- ފޮޓޯ: ބީސީސީ
ބީސީސީން މި ވޯކް ސްޕޭސް ފަރުމާކޮށްފައި ވަނީ ތަފާތު މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ވަސީލަތްތަކާ އެކު އެކުވެރި މާހައުލެއްގައި މަސައްކަތްކުރެވޭނެ ގޮތަކަށެވެ. އެ ތަނުގައި އެއް ފަހަރާ 30 މީހުންނަށް މަސައްކަތް ކުރެވޭނެ އެވެ. އަދި ވިޔަފާރި ބައްދަލުވުންތަކަށް ހާއްސަ މީޓިން ރޫމެއް ވެސް އެ ތަނުގައި ހުންނާނެ އެވެ.
އެ ތަނުގައި މަސައްކަތްކުރަން ބޭނުންވާ މީހުންނަށް ގަޑިއިރަކަށް ނުވަތަ ހަފްތާއަކަށް ނުވަތަ މަހުފީ ދައްކައިގެންވެސް ބުކިން ހެއްދޭނެ އެވެ. ބުކިން ހައްދަން ޖެހޭނީ ބީސީސީގެ ވެބްސައިޓް މެދުވެރިކޮށެވެ. މިތަން ދޫކުރަނީ ވަރަށް ހެޔޮޮ އަގުތަކެއްގައި ކަމަށް ބީސީސީން ބުންޏެވެ.
ބީސީސީގެ މި ވޯކް ސްޕޭސްގައި ޕްރިންޓިން އާއި ސްކޭނިން އާއި ފޮޓޯ ކޮޕީގެ ހިދުމަތުގެ އިތުރުން ވައިފައި ވެސް ހުންނާނެ އެވެ.
ކުދި ވިޔަފާރިތަކަށް ބީސީސީން "ވޯކް ސްޕޭސް" ދެނީ
އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ހަދަން ސޮއިކޮށްފި
ދިރާގުން "ސީޑް"އާއެކު ހަދާފައިވާ ޕާޓްނާޝިޕް އާ ކޮށްފި
އެސްއެމްއީ ހަބް ހުރި ތަނަށް ޑިވެލޮޕްމެންޓް ބޭންކް
އައްޑޫގައި އަލުން ގާމެންޓް ފެކްޓްރީ ހިންގަން ބިމެއް
ލޮނު އުފައްދަން މަސައްކަތް ކުރަން ބީސީސީ އަށް
ބޭރުން ފައިސާ ގެނެވޭ ގޮތަށް އީވޮލެޓު ފަށައިފި
ގޭގައި އުފައްދައިގެން ވިއްކާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯއެއް
ގޭގައި ކާބޯތަކެތި ވިއްކާ މީހުންގެ ދަފުތަރު ހަދަނީ
ދިވެހިންގެ އުފެއްދުންތައް ފުރަތަމަ ފަހަރަށް ޖަޕާނަށް