އައްޑޫގައި އަލުން ގާމެންޓް ފެކްޓްރީއެއް އަޅަން ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)އާ އެކު އައްޑޫ ސިޓީ ކައުންސިލުން ސޮއިކޮށްފި އެވެ.
10 ޖޫން 2024
އައްޑޫގައި އަލުން ގާމެންޓް ފެކްޓްރީއެއް އަޅަން ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)އާ އެކު އައްޑޫ ސިޓީ ކައުންސިލުން ސޮއިކޮށްފި އެވެ.
ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހު އާދަމް މިއަދު ވިދާޅުވީ، ރާއްޖޭގައި އެ ޕްރޮޖެކްޓްގެ ބޭނުމަކީ ރާއްޖެއަށް އިމްޕޯޓު ކުރާ ބާވަތްތައް މަދުކުރުން ކަމަށެވެ. އެ ވިޔަފާރި ފުޅާކޮށް، ކުރިމަގުގައި އެކްސްޕޯޓު ކުރުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓްގެ ޑިޒައިނިން މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތައް އެނގޭނީ އޭގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާމެންޓް ފެކްޓްރީ ހަދަނީ އައްޑޫ ހިތަދޫގެ ޕޯޓު އޭރިއާ ސަރަހައްދުގަ އެވެ.
ސާމިހު ވިދާޅުވި ގޮތުގައި ޕްރޮޖެކްޓްގެ އަގު އެނގޭނީ، ޕްރޮޖެކްޓްގެ ޑިޒައިނިން އާއި އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތް އެނގުމުންނެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އައްޑޫގައި ގާމަންޓް ފެކްޓްރީއެއް ހިންގި އެވެ. އައްޑޫ ގަމުގައި އެ ފެކްޓްރީ ހުޅުވީ 1981 ވަނަ އަހަރު އެވެ.
އެކަމަކު ޖެހުނު މައްސަލަތަކާ ހެދި ފެކްޓްރީ 1994 ވަނަ އަހަރު ބަންދުކުރި އެވެ. އެ އަށް ފަހު އަނެއްކާ ވެސް 1996 ވަނަ އަހަރު އެ ފެކްޓްރީ ހުޅުވި ނަމަވެސް 2005 ވަނަ އަހަރު އެ ތަން ބަންދުކުރި އެވެ. އެންމެ ފަހުން އެ ފެކްޓްރީ ބަންދުކުރި އިރު އެ ތަނުގައި 250 އެއްހާ މުވައްޒަފުން މަސައްކަތް ކުރި އެވެ.
ރާއްޖެ މެދުވެރިކޮށް ގާމެންޓު އެކްސްޕޯޓު ކުރަން ފަށައިފި
އައްޑޫގެ ވިޔަފާރިތަކަށް ޓެކްސް ލުއިކޮށްދެނީ
ރައީސް ހަނދާން ކޮށްދެއްވީ ކޮވިޑާއެކު ކުރި ހޭދަތައް
އައްޑޫގައި އަލުން ގާމަންޓް ފެކްޓަރީއެއް ހަދަނީ
އައްޑޫން ކުޅުދުއްފުއްޓަށް ސީދާ ދަތުރުތައް ފަށަނީ
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ކާބޯތަކެތީގެ އިންފްލޭޝަން 8.4 ޕަސެންޓުގައި
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
ބީއެމްއެލުން އައްޑޫގައި ޑޮލަރު އޭޓީއެމް ބަހައްޓައިފި
ޗައިނާގެ އެފްޓީއޭ އާއި ޑިއުޓީ ދަށްވުމާ ގުޅުމެއް ނެތް