ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
11 ޖުލައި 2021

ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދިން މައްސަލާގައި އައްމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް ދައުލަތުން ކުރެ އެވެ. ސްރީލަންކާގައި އުޅެނިކޮށް އޭނާ ހައްޔަރު ކޮށްގެން ރާއްޖެ ގެނެސްފައި ވަނިކޮށް މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލައިފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް އަދި ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުގައި ބެހެއްޓުމަށް އަންގާ ކަމަށެވެ.
އެގޮތަށް ނިންމެވީ ހައި ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
އައްމަޓީގެ މައްޗަށް ކުރާ ޚިޔާނާތުގެ 42 ދައުވާ ސާބިތުވެއްޖެ ނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.
އައްމަޓީ ދޫކޮށްލި މައްސަލާގެ ހުކުމް އާދިއްތަ ދުވަހު
އައްމަޓީއަށް ކުރާ ދައުވާތައް ކޯޓުން ބޭރެއް ނުކުރި
ހައި ކޯޓުން ވެސް މިފަހަރު އައްމަޓީ ބަންދެއް ނުކުރި
އެއްވެސް އިރަކު ފިލައިގެނެއް ނޫޅެން: އައްމަޓީ
އައްމަޓީގެ މައްސަލާގެ ހުކުމް މުރާޖައާ ކުރަން އެދެނީ
އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
އައްމަޓީި ބަންދުކުރަން އަނެއްކާވެސް އަމުރުކޮށްފި
އައްމަޓީ ރާއްޖެއިން ބޭރަށް ދާން ހުއްދަ ދީފި
އައްމަޓީ ބޭރަށްދާން ހުއްދަ ދިނީ ރަނގަޅަށް: ހައިކޯޓް
އައްމަޓީ ފުރުން މަނާކުރަން ހައި ކޯޓުން ވަގުތީ އަމުރެއް