Roadha Mihaaru
ޕާޓީތަކުގެ މައުލޫމާތު ދޭނީ އެ ޕާޓީއަކުން: އީސީ

މައުމޫނަކީ ޕީޕީއެމްގެ ރައީސްކަމުގެ ލިޔުން ހޯދަން އެ ޕާޓީއަށް ހުށަހަޅަން އީސީން ބުނެފި

24 ނޮވެމްބަރ 2016

ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގެ މައުލޫމާތު ހިއްސާކުރާނީ އެ ޕާޓީއަކުން ކަމަށް ބުނެ، މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯދަން އެ މަނިކުފާނު ހުށަހެޅުއްވި ސިޓީގެ ޖަވާބު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގެ މައުލޫމާތު ހިއްސާކުރާނީ އެ ޕާޓީއަކުން ކަމަށް ބުނެ، މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯދަން އެ މަނިކުފާނު ހުށަހެޅުއްވި ސިޓީގެ ޖަވާބު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ސޮއިކުރައްވައި ކުރީގެ ރައީސް މައުމޫނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މައުލޫމާތު ހިއްސާ ކުރަންވާނީ އެ ޕާޓީއަކުން ކަމަށާއި އެކަމަކު ޕާޓީން މައުލޫމާތު ނުލިބިއްޖެ ނަމަ ކޮމިޝަނަށް އެހީތެރި ވެވިދާނެ ކަމަށެވެ.

މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯދަން ހުށަހެޅީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ލިއުން ބޭނުންވާތީ ކަމަށް، ދެ ބައި ވެފައިވާ ޕީޕީއެމްގައި ރައީސް މައުމޫނަށް ތާއީދުކުރާ ފެކްޝަނުން ވަނީ ބުނެފަ އެވެ. މި ލިއުމުގެ އިތުރުން، ޖެނުއަރީ 2013 ގައި ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގެ ޔައުމިއްޔާގެ ކޮޕީއެއް ލިބޭނެ ގޮތް ހައްދަވައިދެއްވަން ވެސް މައުމޫން އެދިވަޑައިގެންފައިވެ އެވެ.

މައުމޫން ފޮނުއްވި ސިިޓީގެ ޖަވާބު ހޯދުމަށް އެމަނިކުފާނުގެ ފެކްޝަނުން އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮސްފަ އެވެ.

ޕީޕީއެމް ދެ ބައިވެ، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ މެންބަރުންތަކެއް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ސިވިލް ކޯޓުން ވަނީ ޕާޓީގެ ރައީސްގެ ބާރުތައް، ކައުންސިލުން ވަކި ގޮތެއް ކަނޑައަޅަންދެން ޕާޓީގެ މުސްތަޝާރާ ހަވާލުކުރަން ހުކުމް ކޮށްފަ އެވެ. އެ ހުކުމަށް ފަހު ކައުންސިލުން ނިންމާފައި ވަނީ ރައީސްގެ ބާރުގެ މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރުމަށެވެ. ނަމަވެސް މައުމޫންގެ ފަރާތްޕުޅުން ވަނީ ކައުންސިލްގެ އެ ނިންމުން ޕާޓީގެ އަސާސީ ގަަވައިދާ ހިލާފު ކަމަށް ބުނެ ކޯޓަށް ހުށަހަޅައިފަ އެވެ. އަސާސީ ގަވައިދު ބުނާ ގޮތުން މުސްތަޝާރަކީ ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް ނޯންނަ ރަމްޒީ މަގާމެކެވެ.