Roadha Mihaaru
ވެހިކަލް ރަޖިސްޓްރީކުރާ ގަރާޖު ސިޓީ ކައުންސިލް ދަށަށް

ވެހިކަލް ރަޖިސްޓްރީކުރާ ގަރާޖުތައް ބެލުން ސިޓީ ކައުންސިލްގެ ދަށަށް

12 ޖުލައި 2021

މާލެ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.

ހަތަރު ފުރޮޅުލީ އުޅަނދު މާލޭގައި ރަޖިސްޓްރީކޮށްދެނީ އެ އުޅަނދެއް ޕާކްކުރާނެ ގަރާޖެއް ދެއްކުމުންނެވެ. އެފަދަ ގަރާޖުތަކަކީ އުޅަނދު ޕާކް ކުރެވޭނެ ތަނެއްތޯ ބަލައި، ޗެކް ކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައިވާ ގޮތުން މާލެ ސަރަހައްދުގައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގަރާޖު ޗެކްކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ހެދޭ އެއްބަސްވުންތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތްކުރާނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ހުއްދަ ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމުގެ ތުހުމަތުތައް ގިނަ އެވެ. އެއް ގަރާޖަކަށް، ޖާގައާ އެކަށީގެންނުވާހާ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްދިނުމާއި ގަރާޖުތަކަށް ރަޖިސްޓްރީކުރާ ވެހިކަލްތައް މަގުމަތީގައި ޕާކްކުރާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.