Roadha Mihaaru
މަރާލި ކުއްޖާ ޕޯސްޓްމޯޓަމަށް ފަހު ގެނެސް ވަޅުލައިފި

މަރާލި ކުއްޖާ ޕޯސްޓްމޯޓަމަށް ފަހު މާލެ ގެނެސް ވަޅުލައިފި

12 ޖުލައި 2021

ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށް ފަހު ހަށިގަނޑު މާލެ ގެނެސް މިއަދު ވަޅުލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށް ފަހު ހަށިގަނޑު މާލެ ގެނެސް މިއަދު ވަޅުލައިފި އެވެ.

ޕޯސްޓްމޯޓަމް ހަދަން މި ކުއްޖާގެ ހަށިގަނޑު އިންޑިއާ އަށް ގެންދިޔާއީ މީގެ ހަފުތާއެއް ކުރިންނެވެ. ކުއްޖާ ގެނެސް މިއަދު މަޣްރިބް ނަމާދު ފަހުން ވަނީ މާފަންނު އާ ސަހަރާގައި ވަޅުލައިފަ އެވެ.

މަރާލާފައި އޮއްވައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ކުއްޖާގެ ހަށިގަނޑު ފެނުނީ އެ ކުއްޖާ ރަހީނުކޮށްފައިވާ ކަމަށް ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުންނެވެ. ހަށިގަނޑު މޫދުން ފެނުނީ ފޮއްޓަކަށް ލާފައި އޮއްވަ އެވެ.

ކުއްޖާ މަރާލި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އިބްރާހިމް ޒިހާން، 27 އާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ޒިހާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދު އެކި ފަހަރުމަތިން ވަނީ އިތުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މަރާލީ އޭނާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައުލޫމާތު، އެހެން ބައެއްގެ ގާތުގައި ދެއްކުމުން، އެކަމާ ރުޅި އައިސްގެން ކުއްޖާ ރަހީނުކޮށްގެން ގެންގުޅަމަށް ފަހު އެވެ.