Roadha Mihaaru
ކުޑަކުއްޖާގެ މަރު: ޒިހާންއާ ދެކޮޅަށް 79 ހެކިވެރިން

ކުޑަކުއްޖާގެ މަރު: ޒިހާންއާ ދެކޮޅަށް 79 ހެކިން، ޝަރީއަތް ކުރިއަށް

14 މެއި 2023

މިދިޔަ އަހަރުގެ ޖޫން މަހު ހުޅުމާލޭގައި މަރާލުމަށްފަހު ފޮއްޓަކަށްލައި އެއްލާލާފައި އޮތް ކުޑަކުއްޖާގެ މަރުގެ މައްސަލާގައި ދައުވާލިބޭ އިބްރާހިމް ޒިހާންއާ ދެކޮޅަށް ދައުލަތުން 79 ހެއްކަކު ދައުލަތުން ހުށަހަޅައި، ހެކިބަސް ނަގަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރުގެ ޖޫން މަހު ހުޅުމާލޭގައި މަރާލުމަށްފަހު ފޮއްޓަކަށްލައި އެއްލާލާފައި އޮތް ކުޑަކުއްޖާގެ މަރުގެ މައްސަލާގައި ދައުވާލިބޭ އިބްރާހިމް ޒިހާންއާ ދެކޮޅަށް ދައުލަތުން 79 ހެއްކަކު ދައުލަތުން ހުށަހަޅައި، ހެކިބަސް ނަގަން ފަށައިފި އެވެ.

މަރާލުމަށް ފަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުގައި ފޮއްޓަކަށް ލާފައި އެއްލާލާފައި އޮތް 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ނ. ލަންދޫ ބަގީޗާގޭ ޒިހާންގެ މައްޗަށް 100 އަހަރެއްހާ ޖަލު ހުކުމެއް އަންނަ ގޮތަށް 13 ދައުވާއެއް ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޒިހާނާ ދެކޮޅަށް 79 ހެކިވެރިއަކު ހުށަހެޅިއިރު އޭގެ ތެރޭގައި 16 ސިއްރު ހެކިވެރިއަކު ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ދެ ހެކިވެރިއެއްގެ ހެކިބަސް މިއަދު ކޯޓުން ނަގާފައިވާއިރު، ހެކިބަސް ނެގުމުގެ މަރުހަލާ އަދިވެސް ކުރިއަށް ދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ޒިހާންގެ ބަންދު ދަމަހައްޓަން މިއަދު ނިންމި އެވެ.

އެ މައްސަލާގައި 17 އަހަރުގެ ކުއްޖަކަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރެ އެވެ. އެ ކުއްޖާގެ މައްޗަށް ކުރަނީ ތިން ދައުވާ އެކެވެ.