Roadha Mihaaru
ގިނަ ބަޔަކު ކޮވިޑަށް ޓެސްޓު ކުރާތީ ނަތީޖާ ލަސްވެދާނެ

ގިނަ ބަޔަކު ކޮވިޑަށް ޓެސްޓު ކުރަމުން އެބަދޭ، ނަތީޖާ ލަސްވެދާނެ: އެޗްޕީއޭ

14 ޖުލައި 2021

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ދިން ލުޔާއެކު، ދަތުރުފަތުރުކުރުން ފަސޭހަ ވެފައިވާ ވާތީ، އެ ބައްޔަށް ޓެސްޓު ކުރުން ގިނަވެ، ނަތީޖާތައް ލިބުން ލަސްވެދާނެ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ދިން ލުޔާއެކު، ދަތުރުފަތުރުކުރުން ފަސޭހަ ވެފައިވާ ވާތީ، އެ ބައްޔަށް ޓެސްޓު ކުރުން ގިނަވެ، ނަތީޖާތައް ލިބުން ލަސްވެދާނެ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބުނީ، ގިނަ ބަޔަކު ޕީސީއާރު ޓެސްޓު ހަދަމުން އަންނާތީ ޓެސްޓު ކުރަން ޖެހޭ ސާމްޕަލްތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ނަތީޖާ ލިބުން ލަސްވެދާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މި ހާލަތުގައި އެ އިދާރާ އިން ބޮޑަށް އިސްކަން ދޭނީ ކޮވިޑުގެ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓު ކުރުމަށެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑަށް މަދުވެފައިވާތީ، ދަތުރުފަތުރު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު ލުޔެއް ދިނުމުން، އަންނަ ހަފުތާގައި ފާހަގަކުރާ މި އަހަރުގެ އަޟްހާ އީދުގެ ބަންދަށް ގިނަ ބަޔަކު މާލެ އިން ރަށްރަށަށް ފުރަން ވަނީ ފަށައިފަ އެވެ. ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ދެ ހަފުތާވެފައިވާ މީހުންނަށް ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރަށްރަށަށް ދަތުރުކަން އެޗްޕީއޭ އިން ވަނީ ހުއްދަ ދީފަ އެވެ.

މި ފަހަރުގެ ބޮޑު އީދުގެ ބަންދުގެ ދުވަސްތަކާއެކު މިނިވަން ދުވަހުގެ ބަންދު ވެސް އަންނާތީ އަންނަ ހުކުރު ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ސަރުކާރު ބަންދެވެ. ބޮޑު ބަންދަކަށް ފަހު ދެން ސަރުކާރު ހުޅުވާނީ އަންނަ މަހުގެ 1 ގަ އެވެ.