Roadha Mihaaru
ހަނިމާދޫ، ނޮޅިވަރަމްފަރުގެ ހައުސިން ޔުނިޓް ނިންމަނީ

ހަނިމާދު އާއި ނޮޅިވަރަމްފަރުގެ ހައުސިން ޔުނިޓްތައް ނިންމަން ހަވާލުކޮށްފި

18 ޖުލައި 2021

ހދ. ހަނިމާދު އާއި ނޮޅިވަރަމްފަރުގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއު އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހދ. ހަނިމާދު އާއި ނޮޅިވަރަމްފަރުގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއު އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތާއި އެ ރަށުގައި އަލަށް އިމާރާތް ކުރާ 48 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރީ ދޮންބެޒް ޕްރައިވެޓް ލިމިޓަޑާ އެވެ.

ދައުލަތުގެ ބަޖެޓުން 79.3 މިިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއު ނިންމަން ހަމަޖެހިފައި ވަނީ 330 ދުވަހުންނެވެ.

ހަނިމާދޫގެ އިތުރުން ނޮޅިވަރަމްފަރުގައި އިމާރާތް ކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެވެ. ދައުލަތުގެ ބަޖެޓުން 53.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ހަނިމާދު އާއި ނޮޅިވަރަމްފަރުގައި އިމާރާތްކުރާ ހައުސިން ޔުނިޓުގެ މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ފެށި ދެ މަޝްރޫއެވެ. ނަމަވެސް 2014 ވަނަ އަހަރު ވަނީ އެ މަޝްރޫއު ހުއްޓިފަ އެވެ.