ޗައިނާގެ މެދުތެރޭ ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން މިއަދު ބުނެފި އެވެ.
ޗައިނާގެ މެދުތެރޭ ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން މިއަދު ބުނެފި އެވެ.
ޗައިނާގެ މެދުތެރޭގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ގިނަ މަގުތަކާއި ހައިވޭތައް މިހާރު ވަނީ، ދަތުރުފަތުރު ނުކުރެވޭ ވަރަށް ފެނުގެ އަޑީގަ އެވެ. އެހެންކަމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު މިހާރު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފަ އެވެ.
ހެނާން ޕްރޮވިންސަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހި ފެންބޮޑުވެފައިވާތީ، އެ ސަރަހައްދުގެ 10 ހާހަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކުގައި ޖަހާފައިވާ ވަގުތީ ފޭލިގެތަކަށް ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން ޒެންގްޒޫ ސިޓީގައި ފެންބޮޑުވެ ބައެއް ގެތަކަށް ވެސް ފެންގަނޑު ވަދެފައިވާ އިރު، ބިންގަރާސް ރޭލު މަގެއްގައި ފެންބޮޑުވެ، ބަޔަކު ތާށިވުމުގެ ސަބަބުން، 12 މީހަކު މަރުވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ.
އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން، ގިނަ ހައިވޭތައް މިހާރު ހުރީ ބަންދުކޮށްފަ އެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ވައިގެ ބަނދަރުތައް ވެސް މިހާރު ވަނީ ބަންދުކޮށް ފްލައިޓްތައް ކެންސަލް ކޮށްފަ އެވެ.
އާބާދީގައި 94 މިލިއަން މީހުން ދިރިއުޅޭ ހެނާން ޕްރޮވިންސަކީ، އާންމު ހާލަތުގައި ވެސް، ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭ ވެހޭ ސަރަހައްދެކެވެ. ނަމަވެސް މި އަހަރު އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއް މި ލިބުނީ، ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން މޫސުމަށް އައި ބަދަލުތަކާ ގުޅިގެން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ޖުލައި 20، 2021 ގައި ޗައިނާގެ ޒެންގްޒޫ ސިޓީގައި ފެންބޮޑުވެފައި. --އޭއެފްޕީ
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަނީ، މީހުންގެ އިސްކޮޅަށް ވުރެ މައްޗަށް، މަގުތަކުގައި ހެދިފައިވާ ފެންގަނޑުގެ ތެރެއިން، ބާރު އޮއިވަރާ އެކު، ކުނިތަކާއި ކާރުފަދަ ތަކެތި އޮޔާ ދާ މަންޒަރެވެ.
ހެނާން ޕްރޮވިންސަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ، އެ ޕްރޮވިންސްގައި ކަރަންޓު އުފައްދާ ޑޭމް ހަލާކުވެގެން ކޯރުގެ ފެންގަނޑު ރަށު ތެރެއަށް ބަންޑުންވެދާނެ ކަމުގެ ބިރެވެ. އެންމެ ފަހުން ކުރިމަތިވި ތޫފާންތަކުގައި އެ ޑޭމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިހާރު ކުރަމުންދާ ވިއްސާރައިގައި ކޯރުގެ ފެންގަނޑު އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ، ކޮންމެ ވަގުތަކު ވެސް ޑޭމް ހަލާކުވެދާނެ ކަމަށް ރަސްމީ އިދާރާތަކުން ވަނީ އިންޒާރު ކޮށްފަ އެވެ.
ލުޔޮންގް ސިޓީގެ ޑޭމްގެ ފެންގަނޑު މިހާރު ވެސް 65 ފޫޓަށް އުފުލިފައިވާ އިރު، ޑޭމް ހަލާކުވެއްޖެ ހާލަތެއްގައި، އާންމުންނަށް އެހީތެރިކަން ފޯރުވައިދިނުމަށްޓަކައި، މިހާރު ވަނީ އެ ސަރަހައްދަށް ސިފައިން ފޮނުވައިފަ އެވެ.
މިހާތަނަށް އެންމެ ހޫނު އަހަރު: 2023
ޗައިނާއަށް ކުރާ ވިއްސާރައިގައި 20 މީހަކު މަރުވެއްޖެ
ޕާކިސްތާނުގެ ފެންބޮޑުވުމުގައި އިތުރު މީހުން މަރުވަނީ
ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރު ބޭނުން
ކާރިސާތައް ރިޕޯޓްކުރުން 37 ޕަސެންޓް އިތުރުވެއްޖެ
މޫސުމީ ބަދަލުގެ ހޫނުގައި ފިހެވި ފެނު އަޑިއަށް!
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
މާލެ "އަޑިއަށް" ދަނީ ހޯދި ވަގުތީ ހައްލުތަކުން!
މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރަނީ
އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވޭ: މެޓް