Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި

ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި

09 މެއި 2019

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ދުއްވާފައު ދިޔަ، އެމްޓީސީސީގެ ބަހެއްގެ ދަށުވެ މީހަކު މަރުވި މައްސަލައިގައި، އެ ބަސް ދުއްވަން އިން ޑްރައިވަރު އިތުރު ހަތް ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ދުއްވާފައު ދިޔަ، އެމްޓީސީސީގެ ބަހެއްގެ ދަށުވެ މީހަކު މަރުވި މައްސަލައިގައި، އެ ބަސް ދުއްވަން އިން ޑްރައިވަރު އިތުރު ހަތް ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ޑްރައިވަރު ނިދާފައި އިނދެ ދުއްވާފައި ދިޔަ ބަހުގެ ދަށުވެ، މަރުވީ ޔުކްރެއިނުގެ އަންހެން ޓޫރިސްޓެކެވެ. އުމުރުން 31 އަހަރުގެ އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފަ އެވެ. އަދި ހަށިގަނޑު ގައުމަށް ގެންދިއުމުގެ ކަންކަން އާއިލާ އިން ވަނީ ފަށައިފަ އެވެ. ހަށިގަނޑު މިވަގުތު ބާއްވާފައި ވަނީ މޯޗަރީގަ އެވެ.

މި އެކްސިޑެންޓުގެ މައްސަލައިގައި ހައްޔަރުކުރި ދިވެހި ޑްރައިވަރުގެ ތަހުގީގަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ކަނޑައެޅީ ތިން ދުވަހެވެ.

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ކައިރީގައި މި އެކްސިޑެންޓު ހިނގީ ބަސް ޑްރައިވަރު ނިދިޖެހިފައި އިން ވަގުތު ސިއްސައިގެން ގޮސް ބަހުގެ ސްޕީޑް ބާރުކޮށްލުމުން، ކޮންޓްރޯލުން ނެއްޓި، ހިނގަން ނުކުމެ އުޅުނު ޓޫރިސްޓު މީހާގެ ގައިގެ މަތިން ބަސް ދިއުމުންނެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑު ޗަސްވެ، ވަގުތުން މަރުވި އެވެ.

އެ އަންހެންމީހާ މަރުވުމުން އޭނާގެ ހަށިގަނޑު އަނބުރާ ގެންނަން އޭނާގެ މަންމަ ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އޭނާގެ ހަށިގަނޑު ޔުކްރެއިނަށް ގެންދަން ހުއްދަ ހޯދަން އާއިލާ އިން ވަނީ އިންޑިއާ އަށް ގޮސްފަ އެވެ. ހަށިގަނޑު ޔުކުރެއިނަށް ގެންދެވެން އޮތީ އިންޑިއާ ގައި ހުންނަ އެ ގައުމުގެ އެމްބަސީގެ ހުއްދަ ލިބުމުންނެވެ.