Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އެރިއަދޫރިސޯޓުގައި ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ

އެރިއަދޫ ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ

09 ޖެނުއަރީ 2020

އެރިއަދޫ ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި ރަޝިއާގެ ޓޫރިސްޓެއް މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެރިއަދޫ ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި ރަޝިއާގެ ޓޫރިސްޓެއް މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމުރުން 60 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވައި ފެނިގެން އެކަމުގެ ރިޕޯޓު މެންދުރު 2:22 ހާއިރު ލިބިފައިވާ ކަމަށެވެ. އެއާ އެކު، ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ގޮސް އެ މީހާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެހެންވެ އެކަމާ ގުޅޭގޮތުން ފުލުހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެރިއަދޫ ރިސޯޓުގެ އޮޕަރޭޝަންސް މެނޭޖަރު ހުސައިން ހިލްމީ ވިދާޅުވީ، އެ ފިރިހެން މީހާ ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނީ އެކަނި ކަމަށެވެ. އޭނާ އެ ރިސޯޓަށް ދިޔައީ މިިދިޔަ މަހުގެ 25 ވަނަ ދުވަހެވެ.

"އެއްވެސް ޒަހަމެއް ފެންނާކަށް ނެތް ހަށިގަނޑަކުން. ރޭގައި ވެސް އުޅުނު ޑިނާ އަށް އައިސް. އޭގެ ފަހުން ޚަބަރެއް ނުވެގެން ބެލިއިރު އޮތީ މަރުވެފައި،" ހިލްމީ ވިދާޅުވި އެވެ.

"އޭނާ އަންގާފައި އޮންނަނީ 11 ގެ ފަހުން ކޮޓަރި ސާފުކުރަން އަންނަން. މިއަދު ކޮޓަރި ސާފުކުރަން ބެލިއިރު، 1:30 ހާއިރު އޭނާގެ އަނގައިން ހުރީ ފޮނު އަރާފައި."