ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ތަރައްގީގެ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
22 ޖުލައި 2021
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ތަރައްގީގެ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
ޝާހިދު، އދ. ގެ އާންމު މަޖިލިހަށް އިންތިހާބު ކޮށްފައިވާ ރައީސްގެ ހައިސިއްޔަތުން އިންޑިއާ އަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ ބައްދަލު ކުރައްވާނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޝާހިދުގެ ދަތުރުގައި، އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކެއްގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއި ކުރާނެ ކަމަށެވެ. އެކަމަކު އެ މަޝްރޫއުތަކުގެ ތަފްސީލެއް އިންޑިއާ އިން އަދި ހާމައެއް ނުކުރެ އެވެ.
މިއީ އދ. ގެ އާންމު މަޖިލީހަށް އިންތިހާބު ކޮށްފައިވާ ރައީސްގެ ހައިސިއްޔަތުން ޝާހިދު ގައުމަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ކުރީގެ ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެފައި ވިޔަސް، މި ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހި ކުރަނީ އިންޑިއާއާ އެކު އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރުމަހު އެވެ.
އިންޑިޔާ އިން 70 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ
ރާއްޖެއަށް ދޭ އިންޑިއާގެ ހިލޭއެހީގެ އަދަދު އިތުރުކޮށްފި
ހާއްސަ އިސްކަމެއްދޭނީ ކޮވިޑުން އަރައިގަތުމަށް: ޝާހިދު
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން 7 މަޝްރޫއެއް ފަށަނީ
ރާއްޖެއަށް ގޮނޑި ހޯދައިދޭން އިންޑިއާ އެހީވި: ސަފީރު
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
އެމްޑީޕީގެ އިސްވެރިން ޖައިޝަންކަރު އަރިހަށް!
ބްރިޖުގެ މަސައްކަތްދާގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި
އިންޑިއާގެ ގުޅުމަށް މަލާމާތްކުރާތީ ނަޝީދުގެ ރައްދެއް!