Roadha Mihaaru
ދިދަ އުފުލާނީ ނަބާހާ އާއި މުބާލް އެކުގައި

އޮލިމްޕިކްސްގައި ދިދަ އުފުލާނީ ނަބާހާ އާއި މުބާލް އެކުގައި

23 ޖުލައި 2021

ޓޯކިޔޯގައި ރަސްމީކޮށް މިއަދު ފަށާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އާއި ފެތުންތެރިޔާ މުބާލް އައްޒާމް އެކުގައިކަން އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓޯކިޔޯގައި ރަސްމީކޮށް މިއަދު ފަށާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އާއި ފެތުންތެރިޔާ މުބާލް އައްޒާމް އެކުގައިކަން އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.

ޓޯކިޔޯގައި ތިބި ދިވެހި ކޮންޓިންޖެންޓުންގެ ފަރާތުން ގައުމީ ދިދަ ވަނީ، ނަބާހާ އާއި މުބާލް އަށް ހަވާލުކޮށްފަ އެެވެ. އޮލިމްޕިކްގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރެ އެވެ.

މިފަހަރުގެ އޮލިމްޕިކްސް އަށް ނަބާހާ އަށް ޖާގަ ލިބުނީ، ބައިނަލްއަގްވާމީ ގޭމްސްތަކާއި މުބާރާތްތަކުގައި އޭނާ ހޯދާފައިވާ ކުރިއެރުމަށް ބިނާކޮށެވެ. އަދި އޭނާ ގެންދިޔައީ އޮލިމްޕިކްސް ސްކޮލާޝިޕެއްގެ ދަށުން ޓްރޭނިން ހަދަމުންނެވެ.

މުބާލް އާއި ނަބާހާ އަށް ދިދަ ހަވާލު ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި --- ފޮޓޯ: އެމްއޯސީ

މުބާލް އާއި ނަބާހާ އަށް ދިދަ ހަވާލު ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި --- ފޮޓޯ: އެމްއޯސީ

ސްވިމިން އިން އޮލިމްޕިކްސް ގޭމްސް އަށް ފޮނުވަން ހޮވި އެތުލީޓުންގެ ތެރޭގައި މުބާލް އެންމެ ފުރަތަމަ ނުހިމެނެ އެވެ. އޮލިމްޕިކްސް އަށް ދާނެ އެތުލީޓުން ސްވިމިން އިން ފުރަތަމަ ހޮވީ ދުނިޔޭގެ ސްވިމިން ފެޑްރޭޝަން (ފީނާ) އިން ކަންޑައެޅި ހަތަރު ފެތުންތެރިންގެ މެދުގައި ބޭއްވި ޓްރެއަލްއަކުންނެވެ. ޓްރެއަލްގައި ކުރި ހޯދީ އައިޝަތު ސައުސަން އާއި އަލީ އިމްއާން އެވެ. ނަމަވެސް ފީނާ އިން ފަހުން ވަނީ، މުބާލް އާއި އައިޝަތު ސާޖިނާ ގޭމްސް އަށް ފޮނުވަން އަންގައިފަ އެވެ.

ގޭމްސްގައި ރާއްޖެ އިން ވާދަކުރާނީ ފަސް އެތުލީޓުންނެވެ. އެތުލެޓިކުސް އިން ވާދަކުރާ ހަސަން ސާއިދު ވަނީ ޖަޕާނަށް މިއަދު ފުރައިފަ އެވެ.