Roadha Mihaaru
ޗައިނާ އެމްބަސީ ކައިރީގައި މުޒާހަރަކޮށްފި

މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޗައިނާ އެމްބަސީ ކައިރީގައި މުޒާހަރަކޮށްފި

23 ޖުލައި 2021

ވީގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގާ ޖަރީމާތައް ކުށްވެރިކޮށް، ޗައިނާގެ ނުފޫޒު ރާއްޖޭގައި ހުއްޓުވަންޖެހޭ ކަމަށް ބުނެ ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި ހުންނަ ޗައިނާގެ އެމްބަސީ ކައިރީގައި މިއަދު މުޒާހަރާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވީގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގާ ޖަރީމާތައް ކުށްވެރިކޮށް، ޗައިނާގެ ނުފޫޒު ރާއްޖޭގައި ހުއްޓުވަންޖެހޭ ކަމަށް ބުނެ ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި ހުންނަ ޗައިނާގެ އެމްބަސީ ކައިރީގައި މިއަދު މުޒާހަރާކޮށްފި އެވެ.

އެ މުޒާހަރާއާ ގުޅިގެން ފުލުހުން ފަހުން ވަނީ ބޮޑުތަކުރުފާނު މަގުން ޗައިނާ އެމްބަސީ ހުންނަ ސަރަހައްދަށް ދުއްވާ އެއްޗިއްސާއި މުޒާހަރާކުރާ މީހުންނަށް ނުވަދެވޭ ގޮތަށް ބެރިކޭޑު ޖަހައި ބަންދު ކޮށްފަ އެވެ.

ޗައިނާ އެމްބަސީ ހުންނަ ސަރަހައްދަށް ވަދެ މުޒާހަރާކުރި މީހުން ހިފަހައްޓައިގެން ތިބި ޕޯސްޓަރުތަކުގައި ޗައިނާ އަށް ނިސްބަތްކޮށް، "ލޯން ޝާކް" އަދި "ޗައިނާ އައުޓް" އޭ ވެސް ލިޔެފައި ހުއްޓެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މަޖީދީ މަގުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ހިސާބުން ފެށިގެން އެ ސަރަހައްދު ބަންދުކޮށްފައި ވަނީ ބަޔަކު މުޒާހަރާ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.

ޗައިނާގައި މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމަށާއި ރާއްޖޭގައި ޗައިނާގެ ނުފޫޒު ހުއްޓުވުމަށް ގޮވާލާ ކުރި މުޒާހަރާތީ އެ ސަރަހައްދު ބަންދުކޮށްފައި.

ޗައިނާގައި މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމަށާއި ރާއްޖޭގައި ޗައިނާގެ ނުފޫޒު ހުއްޓުވުމަށް ގޮވާލާ ކުރި މުޒާހަރާތީ އެ ސަރަހައްދު ބަންދުކޮށްފައި.

މި މުޒާހަރާ އިންތިޒާމުކުރަނީ ކޮން ބައެއްކަން އަދި ސާފެއް ނުވެ އެވެ.

ޗައިނާގެ ހުޅަނގު އުތުރުގެ ޝިންޖިއާން ސަރަހައްދުގެ ކޭމްޕުތަކުގައި އެ ގައުމުން ވަނީ ވީގޫރު ދަރިކޮޅުގެ އެތައް ބަޔަކު ބަންދުކޮށްފަ އެވެ. އެ ކޭމްޕްތަކުގައި މުސްލިމުންނާ ދެކޮޅަށް އަނިޔާދީ، ގަދަކަމުން މަސައްކަތް ކުރުވައި އަދި ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފަ އެވެ.

ޗައިނާގެ ނުފޫޒު ރާއްޖޭގައި ހުއްޓުވަންޖެހޭ ކަމަށް މި ޒުވާނުން ގޮވާލިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ހަފުތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޯނުން ގުޅުއްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވައިފަ އެވެ.