Roadha Mihaaru
ފަންކާ ޖަހައިގެން ނިދާ ނަމަ ސިއްހީ މައްސަލަތަކެއް

ފަންކާ ޖަހައިގެން ނިދާ ނަމަ ސިއްހީ މައްސަލަތަކެއް

24 ޖުލައި 2021

އޭސީ ނުޖެއްސިޔަސް ފަންކާއެއް ޖަހައިގެން ނޫނީ ނިދުމަކީ މަދު މީހަކަށް ނޫނީ މިހާރު ވާނެ ކަމެއް ނޫނެވެ. އެކަމަކު ފަންކާ އަކީ ރައްކާތެރި އެއްޗެއް ހެއްޔެވެ؟

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޭސީ ނުޖެއްސިޔަސް ފަންކާއެއް ޖަހައިގެން ނޫނީ ނިދުމަކީ މަދު މީހަކަށް ނޫނީ މިހާރު ވާނެ ކަމެއް ނޫނެވެ. އެކަމަކު ފަންކާ އަކީ ރައްކާތެރި އެއްޗެއް ހެއްޔެވެ؟

ހާއްސަކޮށް، ރޭގަނޑު ނިދާ އިރު، މުޅި ރޭ އެއްކޮށް ފަންކާގެ ދަށުގައި އޮތުން ރަނގަޅު ހެއްޔެވެ؟ މި ސުވާލުތަކަށް ތަޖުރިބާކާރުން ދޭ ޖަވާބަކީ ނޫނެކޭ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ގިނަ އިރު ފަންކާގެ ދަށުގައި ނިދާ ނަމަ އެއީ ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. ފަންކާ މައްސަލައަކަށް ވަނީ އެ ޖައްސާފައި ހުންނަ އިރު އެތަނެއްގެ ތެރޭގައި ހުންނަ ހުރިހާ ހިރަފުހަކާއި ކުދިކުދި ޑަސްްޓް މައިޓްތައް ވައިގެ ތެރެއަށް ގޮސް، އޭގެ ނޭދެވޭ އަސަރު މީހާ އަށް ކުރުމެވެ. ވަކިން ހާއްސަކޮށް، ސާފުތާހިރުކަން ކުޑަ ތަނެއް ނަމަ އަދި ވަކިން މި މައްސަލައިގެ ސީރިއަސްކަން ބޮޑެވެ.

އެހެންވެ ނިދުމާ ބެހޭ ތަޖުރިބާކާރުން ލަފާ ދެނީ ރޭގަނޑު ނިދާ އިރު، މުޅި ރޭ އެއްކޮށް ފަންކާ ޖައްސައިގެން އޮވެ ނުނިދުމަށެވެ. އެހެން ނޫން ނަމަ ދިމާވެދާނެ ހަތަރުކަމެއް ފާހަގަކޮށްފައިވެ އެވެ.

* އެލާޖީ އާއި ނޭވާހިއްލުން

ހިރަފުހަށް އެލާޖީވާ މީހުން ފަންކާގެ ދަށުގައި ނިދާ ނަމަ އެލާޖީވުމުގެ ފުރުސަތު ވަކިން ބޮޑެވެ. މިއާ އެކު ހިރަފުހުގެ އަސަރާ އެކު ނޭވާ ހިއްލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ހަންގަނޑު ހިކުން

ފަންކާގެ ދަށުގައި ނިދާ ނަމަ ދިމާވާނެ އަނެއް މައްސަލަ އަކީ ގައިގެ ހައިގަނޑު ހިކި ކުރަކިވުމަށް މަގުފަހިވުމެވެ. އެހެންވެ ވަކިން ހާއްސަކޮށް ޑްރައި ސްކިން ހުންނަ މީހުން މިކަމަށް ސަމާލުވުން މުހިއްމެވެ. އަދި ފަންކާގެ ދަށުގައި ނިދާ ނަމަ މޮއިސްޗަރައިޒާއެއް ބޭނުންކުރުން ރަނގަޅެވެ.

* ސައިނަސް

ކުރިން ފާހަގަކުރި ގޮތަށް އެލަޖީ އާއި ނޭވާހިއްލާ މީހުން ފަންކާގެ ދަށުގައި ނިދުމުން ކުރާ ނޭދެވޭ އަސަރުތަކާ އެއްގޮތަށް މިއީ ސައިނަސްގެ މައްސަލަތަކަށް މަގުފަހިވާނެ ކަމެކެވެ. ފަންކާގެ ދަށުގައި ނިދާ ނަމަ ނޭވާލާން އުނދަގޫވެ، ނޭވާހޮޅި ހިކި، ބެނދޭ ގޮތް ވާނެ އެވެ. ފަންކާ ޖަހައިގެން ނިދާ ނަމަ މިކަން ހެނދުނު ހޭލާ އިރު ބޮޑަށް ފާހަގަކުރެވޭނެ އެވެ.

* ހަށިގަނޑު ހަރުދަނޑިވުން

ފަންކާގެ ދަށުގައި ނިދާ ނަމަ ދިމާވާނެ އަނެއް މައްސަލަ އަކީ ހަރަކާތްކުރަން އުނދަގޫވުމެވެ. ހެނދުނު ހޭލާ އިރު މިކަން އިހްސާސް ކުރެވޭނެ އެވެ. ހަށިގަނޑު ހަރަކާތްކުރަން އުނދަގޫވުމާއި އަތާއި ފައި އަދި އުނަގަނޑު ފަދަ ތަންތަނުން ހަރުވެފައި ހުރުން ފަދަ ކަންކަން ވާނެ އެވެ. މި ގޮތަށް ދިމާވަނީ ފަންކާގެ ފިނި ވައިގެ ސަބަބުންނެވެ.

މުޅި ރޭ އެއްކޮށް ފަންކާގެ ދަށުފައި އޮވެގެން ނިދާ ނަމަ މިކަން އަމިއްލަ އަށް ވެސް ފާހަގަކުރެވޭނެ އެވެ.