Roadha Mihaaru
ތެތް އިސްތަށިގަނޑާ އެކު ނުނިދާތި

ތެތް އިސްތަށިގަނޑާ އެކު ނުނިދާތި

07 ޖޫން 2020

އިސްތަށިގަނޑަށް ސަމާލުކަން ދޭ ނަމަ މިއީ ވެސް ވިސްނައިލަން ޖެހޭ ކަމެކެވެ. ނިދާއިރު އިސްތަށިގަނޑު ދޮވެގެން، އެ ހުރި ތެތްކަން ރަނގަޅަށް ކަނޑުވާނުލައި ނިދާ ނަމަ އެތައް މައްސަލައެއް ކުރިމަތިވެދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިސްތަށިގަނޑަށް ސަމާލުކަން ދޭ ނަމަ މިއީ ވެސް ވިސްނައިލަން ޖެހޭ ކަމެކެވެ. ނިދާއިރު އިސްތަށިގަނޑު ދޮވެގެން، އެ ހުރި ތެތްކަން ރަނގަޅަށް ކަނޑުވާނުލައި ނިދާ ނަމަ އެތައް މައްސަލައެއް ކުރިމަތިވެދާނެ އެވެ.

ބޮލުގެ ހަންގަނޑު ކަހައި، ހިރުވައި އިސްތަށިތައް ބަލިކަށިވާ ނަމަ މިއީ ތެތް އިސްތަށިގަނޑާ އެކު ނިދާތީ ވާ ގޮތެއް ކަމަށް ބަލާށެވެ. ސިއްހީ މާހިރުން ވެސް ބުނަނީ މި ސަބަބާ ހުރެ، ތެތް އިސްތަށިގަނޑާ އެކު ނިދުން ރަނގަޅު ނޫން ކަމަށެވެ. އެހެންވެ ވަގުތު ނެގިތެން ވެސް ފަރުވާ ކުޑަކޮށްލެވޭ ކަމަކަށްވާ ނަމަ އަމިއްލަ އިސްތަށިގަނޑުގެ ރީތިކަން ގެއްލިގެން ހިނގައިދާނެ އެވެ.

ތެތް އިސްތަށިގަނޑާ އެކު ނިދާ ނަމަ ބޮލުގައި ޖަރާސީމު އުފެދި ހަމަށް ގެއްލުންވެ، އަބަދު ބޯ ކަހަން ޖެހިދާނެ އެވެ. އަދި މިއީ ބޮލުގައި ރިހުމަށް ވެސް މަގުފަހިކުރުވާނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ތެތް އިސްތަށިގަނޑާ އެކު ނިދާ ނަމަ ހަށިގަނޑުގެ ފިނިހޫނުމިނަށް ދަށްވެ، ބޮލަށް އެކަމުގެ އަސަރުކުރާނެ އެވެ. އަދި އިސްތަށިގަނޑު ދޮވުމަށް ފަހު، ތުވާލި އޮޅާލައިގެން ނިދާ ނަމަ ވެސް މައްސަލަ ދިމާވާނެ އެވެ.

ތެތް އިސްތަށިގަނޑާ އެކު ނިދާ ނަމަ ދިމާވާނެ އަނެއް މައްސަލަ އަކީ އިސްތަށިތަކުގައި ފަަސޭހައިން ގޮށްޖެހި، އިސްތަށިގަނޑުގެ ބޯމިނަށް ވެސް އަސަރުކުރަން ފެށުމެވެ. އެހެންވެ ނިދުމުގެ ކުރިން އިސްތަށިގަނޑު ރަނގަށް ހިއްކާލަން ސަމާލުވުން މުހިއްމެވެ. ހާއްސަކޮށް އިސްތަށިގަނޑު ތުނި ނަމަ މިކަމަށް ވަކިން ބޮޑަށް ފަރުވާތެރިވާން ޖެހޭނެ އެވެ.

އަނެއް ކަމަކީ ތެތް އިސްތަށިގަނޑާ އެކު ނިދާ ނަމަ އިސްތަށިތަކުގެ ކޮޅު ހަލާކުވުމެވެ. މިއީ ވަރަށް ގިނަ އަންހެނުންނަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. ފަހަރުގައި މީގެ މައިގަނޑު ސަބަބަކަށް ތެތް އިސްތަށިގަނޑާ އެކު ނިދުން ކަމަށް ވެދާނެ އެވެ. އަނެއް ކަމަކީ އިސްތަށިގަނޑު ހިއްކުމަށް ފަހު ރަނގަޅަށް ގޮށްތައް ފިލުވައި އޮމާންކޮށް ފުނާ އެޅުމެވެ. މިހެން ނަހަދާ ނަމަ މީގެ ތުރާލާ ކުރިމަތިލާން ޖެހޭނީ ހެނދުނު ހޭލައިގެންނެވެ.

ދެން އޮތީ ހަމަށް ގެއްލުން ވެދާނެ ވާހަކަ އެވެ. އަންހެނުންގެ އިސްތަށިގަނޑު އާންމުކޮށް ދިގުކޮށް ހުންނާތީ ގައިގެ އެކި ތަންތަނުގައި އިސްތަށި ހޭކުމުގެ ފުރުސަތު އޮންނާނެ އެވެ. މިސާލަކަށް ކަނދުރާ އާއި ކޮނޑުމައްޗާއި އަތް ކަހަލަ ތަންތަނެވެ.

ތެތް އިސްތަށިގަނޑާ އެކު ނިދާ ނަމަ ކުރިން ވެސް ފާހަގަކުރި ގޮތަށް އިސްތަށިގަނޑުގެ ތެތްކަމާއި ނިދާ ތަނުގެ ތެތްފިނިކަމާ ހުރެ ޖަރާސީމު އަށަގަތުމުގެ ފުރުސަތު ބޮޑުވެ އެވެ. ނަތީޖާ އަކީ ގައިގައި އިސްތަށި ހޭކޭ ތަންތަނުގެ ހަމަށް ގެއްލުންވުމެވެ. އެގޮތުން ހަނގަނޑު ކަހައި ހިރުވާ ގޮތް ވުމެވެ.