Roadha Mihaaru
ދާ ނުވިޔަސް ބެޑްޝީޓް ދޮވެ ސާފުކުރަންޖެހޭނެ

ދާ ނުވިޔަސް ބެޑްޝީޓް ދޮވެ ސާފުކުރަންޖެހޭނެ

01 އޯގަސްޓް 2021

ނިދާ ކޮޓަރީގައި ބޭނުންކުރާ އެއްޗެހީގެ ތެރެއިން އެންމެ ބޮޑަށް ހަޑިވާނެ އެއްޗެހީގެ ތެރޭގައި އެނދުގެ ބެޑްޝީޓާއި ބާލީސްއުރަ ހިމެނެ އެވެ. އެހެންވެ މި އެއްޗެހީގެ ސާފުތާހިރު ކަމަށް ވަރަށް ބޮޑަށް އިސްކަން ދޭން ޖެހެ އެވެ. ނިދާ އެނދަކީ ދަލާއި ކުޅާއި ޑޭންޑްރަފާއި ގައިގައި ހުންނަ މަރުވެފައި ހުންނަ ހަމުގެ އެތިކޮޅުތައް ވެސް ޖަމާވާނެ ތަނެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނިދާ ކޮޓަރީގައި ބޭނުންކުރާ އެއްޗެހީގެ ތެރެއިން އެންމެ ބޮޑަށް ހަޑިވާނެ އެއްޗެހީގެ ތެރޭގައި އެނދުގެ ބެޑްޝީޓާއި ބާލީސްއުރަ ހިމެނެ އެވެ. އެހެންވެ މި އެއްޗެހީގެ ސާފުތާހިރު ކަމަށް ވަރަށް ބޮޑަށް އިސްކަން ދޭން ޖެހެ އެވެ. ނިދާ އެނދަކީ ދަލާއި ކުޅާއި ޑޭންޑްރަފާއި ގައިގައި ހުންނަ މަރުވެފައި ހުންނަ ހަމުގެ އެތިކޮޅުތައް ވެސް ޖަމާވާނެ ތަނެކެވެ.

އެކި ކަހަލަ ޖަރާސީމާއި ފަންގަހާއި ވައިރަހާއި ތަންމަކުނު ފަދަ އެއްޗެހީގެ ސަބަބުން ވެސް އެނދުގެ ސާފުތާހިރުކަން ކުޑަވާނެ އެވެ. ވަރަށް ގިނަ މީހުންނަކީ ހަށިގަނޑުގައި ޖަރާސީމުގެ ބާވަތެއް ކަމަށްވާ ސްޓެފެލަކޯކަސް އޯރިއަސް (އެސް އޯރިއަސް) ހުންނަ ބައެކެވެ. މި ބާވަތުގެ ޖަރާސީމަކީ ހޮސްޕިޓަލް ފަދަ ތަންތަނުގެ އެނދުތަކުގެ ބެޑްޝީޓްތަކުގައި އާންމު އެއްޗެކެވެ.

އެސް އޯރިއަސް އަކީ އޭގެ ޒާތުގައި ނުރައްކާތެރި ޖަރާސީމެއް ނޫނަސް މިއީ ހަށިގަނޑަށް ވާސިލުވެއްޖެ ނަމަ އޭގެ ނުރައްކާ ކުރިމަތިވާނެ އެއްޗެކެވެ. ހަމަ އެގޮތަށް، އީ.ކޮލީ އާއި ގްރާމް ނެގަޓިވް ބެކްޓީރިއާ އަކީ ވެސް ބެޓްޝީޑްގައި ފަސޭހައިން އާލާވާ އެއްޗެކެވެ. މީގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ބޭރަށް ހިންގުމާއި ނިއުމޯނިއާ އަދި ޔުރިނަރީ ޓްރެކްޓް އިންފެކްޝަން ހިމެނެ އެވެ

ގިނަ ވަގުތު އެނދު ބޭނުން ކުރެވޭ ނަމަ ބެޑްޝީޓާއި ބާލީހުގެ ސާފުތާހިރުކޮށް ބަހައްޓަން ބޮޑަށް ސަމާލުވާން ޖެހެ އެވެ. އަދި ވަކިން ހާއްސަކޮށް، އެކަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ އެނދެއް ނަމަ ވަކިން ބޮޑަށް އެނދުގެ ސާފުތާހިރު ކަމަށް ފަރުވާތެރިވާން ޖެހޭނެ އެވެ.

ނިދަން އެނދަށް އެރުމުގެ ކުރިން ފެންވެރުމާއި ފާހާނާކޮށްފައި އެނދަށް އަރާ ނަމަ ރަނގަޅަށް އަތް ދޮވުމާއި ކެއިންބުއިމުގެ ކަންކަން އެނދުމަތީގައި ނުކުރުމާއި އެނދަށް އަރާ ނަމަ ތެލާއި ލޯޝަނާއި މޭކަޕް ފަދަ އެއްޗިއްސާ އެކު ނޭރުން މުހިންމެވެ. އަދި ތެތް ތުވާއްޔާއި ބާލާ އިސްޓާކީން އެނދުމަތީގައި ނުބޭއްވުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެކަމަކު މިއާ ހިލާފަށް އަމަލު ކުރެވޭނެ ނަމަ ބެޑްޝީޓާއި ބާލީސް ހަޑިވެ، ދެން ކުރިމަތިވާނީ ސިއްހީ މައްސަލަތަކެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެންމެ ރައްކާތެރި ގޮތަކީ މަދުވެގެން ހަފުތާ އަކު އެއް ފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ބެޑްޝީޓާއި ދޮވުމެވެ. އަދި ލަފާދެއްވަނީ ހަފުތާއަކު މަދުވެގެން ދެތިން ފަހަރު ބާލީސްއުރަ ބަދަލުކުރުމަށެވެ. ނުވަތަ ދޮވެފައި އަލުން ބޭނުން ކުރުމަށެވެ. އެކަމަކު ދިރިއުޅުމުމުގެ ކަންކަން ހުންނަ ގޮތުން ކޮންމެ ހަފުތާ އަކު މިކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެހެންވެ ބަލަންވީ އެ އެއްޗެހި ބޮޑަށް ހަޑި ނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށެވެ.