25 ޖުލައި 2021
ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ފިލްމު "ހަންގާމާ 2" ވީހާ ވެސް ގިނަ ބަޔަކު ބަލަން އެދޭ ކަމަށާއި އެއީ ބެލުންތެރިންނަށް އުފާވެރިންކަން ގެނެސްދޭނެ ފިލްމެއް ކަމަށް ބަތަލާ ޝިޕްލާ ޝެޓީ ބުނެފި އެވެ.
ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ފިލްމު "ހަންގާމާ 2" ވީހާ ވެސް ގިނަ ބަޔަކު ބަލަން އެދޭ ކަމަށާއި އެއީ ބެލުންތެރިންނަށް އުފާވެރިންކަން ގެނެސްދޭނެ ފިލްމެއް ކަމަށް ބަތަލާ ޝިޕްލާ ޝެޓީ ބުނެފި އެވެ.
ޕްރިޔަދަރުޝަން ޑައިރެކްޓްކުރި އެ ފިލްމަކީ އެކްޓިންއާ ދުރުގައި ހުންނަތާ 14 އަހަރު ފަހުން ޝިލްޕާ ފެންނަ ފުރަތަމަ ފިލްމެވެ. "ހަންގާމާ 2" ރިލީޒްކުރަން ޖެހުނު ވަގުތަކީ، ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރާ ބަރަހަނާ ފިލްމު ހަދައިގެން އާމްދަނީ ހޯދަމުން ދިޔަ މައްސަލަ ފަޅާއަރައި އޭނާ ހައްޔަރުކޮށް، މައްސަލައިގެ ދިލަގަނޑު ހޫނުވެފައި އޮތް ވަގުތެވެ.
ޝިލްޕާ ކުރި ޓްވީޓްތަކެއްގައި އޭނާ އަށް ދިމާވި ކަންތައްތަކަށް އިޝާރާތްކޮށް ބުނީ އެކަމުގެ ނޭދެވޭ އަސަރު ފިލްމަށް ކުރަން ބޭނުން ނުވާ ކަމަށެވެ.
(1/2)
— SHILPA SHETTY KUNDRA (@TheShilpaShetty) July 23, 2021
I believe and practice the teachings of Yoga, “The only place where life exists is the present moment, NOW.”
Hungama 2 involves the relentless efforts of an entire team that’s worked very hard to make a good film, and the film shouldn’t suffer… ever!#Hungama2 pic.twitter.com/JCeEGXVZ09
"މިއީ ވަރަށް ގިނަ ބަޔަކު ގުޅިގެން ބުރަ މަސައްކަތުން ހަދާފައި އޮތް ވަރަށް ރަނގަޅު ފިލްމެއް. އެހެންވެ ފިލްމަށް އެއްވެސް ދެރައެއް ލިބުން ހައްގެއް ނޫން،" އޭނާ ބުންޏެވެ.
"ހަންގާމާ 2" އަކީ ޕްރިޔަދަރުޝަން 2003 ގައި ގެނެސްދިން ކާމިޔާބު ކޮމެޑީ "ހަންގާމާ" ގެ ދެވަނަ ބައިގެ ގޮތުގައި ގެނެސްދިން ފިލްމެކެވެ. އާ ފިލްމުގެ ކާސްޓުންނަކީ ކުރީ ފިލްމުގައި ވެސް މުހިއްމު ރޯލެއް ކުޅުނު ޕަރޭޝް ރާވަލްގެ އިތުރުން ޝިލްޕާ އާއި މީޒާން ޖެފްރީ އަދި ޕްރަނީތާ ސުބާޝް އެވެ.
(2/2)
— SHILPA SHETTY KUNDRA (@TheShilpaShetty) July 23, 2021
So today, I request you all to watch Hungama 2 with your families to put a smile on your face and for the sake of every single person attached to the film.
Thank you??
With gratitude,
Shilpa Shetty Kundra ???
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝްގެ ރިވިއުގައި ބުނީ "ހަންގާމާ 2" އަކީ ކުރީގެ ފިލްމުހާ މަޖާ ފިލްމެއް ނޫން ކަމަށެވެ. އޭނާ ބުނި ގޮތުގައި މީގެ އެންމެ ބޮޑު މައްސަލަ އަކީ ޝައުގުވެރި ޕްލޮޓެއް އޮތް ނަމަވެސް ސްކްރީންޕްލޭ އޮތް ގޮތުން ފިލްމުގެ ވާހަކަ އަށް އެންމެ ރަނގަޅަށް އިންސާފުކޮށް ނުދެވުން ކަމަށެވެ. އަދި ފިލްމުގައި ހަމަނުޖެހޭ ކަންތައް ވެސް ވަރަށް ގިނަ ކަމަށާއި "ހަންގާމާ 2" އަކީ އޭގެ ދިގުމިނާ ހެދި ވެސް ފޫހިކަން އަންނަ އަދި އުންމީދުކުރި ވަރުގެ ފިލްމެއް ނޫން ކަމަށް ބުންޏެވެ.
ނަމަވެސް ފިލްމުގެ ހުރިހާ ތަރިންގެ އެކްޓިން ވެސް ރަނގަޅު ކަމަށާއި އެހާ ދުވަސްކޮށްފައި ފިލްމެއް ކުޅުނަސް ޝިލްޕާގެ ފަރާތުން އަދިވެސް އެކްޓް ކުރެވިދާނެކަން ފެނުނު ކަމަށް ތަރަން ބުންޏެވެ.
ތަރަން ފިލްމަށް ދީފައި ވަނީ ފަހަކުން ދެ ތަރީގެ ރޭޓިންއެކެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޝިލްޕާ އެނބުރި އަންނަ ފިލްމު މަޖާވާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އަތުރަންގީ ރޭ" ގައި ފެންނާނީ ކުޑަ ރޯލަކުން: އަކްޝޭ
ދީޕިކާ "ބޯލްޑްކަމުން" ފިލްމު ޑިޖިޓަލް ޕްރީމިއާއަކަށް
ދީޕަކް ތިޖޯރީގެ ދަރިފުޅު ވެސް ބޮލީވުޑަށް
ޝިލްޕާއަށް ގިނަ ހުށަހެޅުންތަކެއް
ސޮނާކްޝީގެ "ބުލްބުލް ތަރަން" ނަހަދަން ނިންމައިފި