މެއި ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވޭ މީހުންނަކީ ދިވެހި ދައުލަތް ގަބޫލު ނުކުރާ އަދި ދައުލަތުގެ ފައިސާ ހަރާމް ކަމަށް ގަބޫލުކުރާ ބަޔަކަށް ވިޔަސް އެ މީހުން ވަނީ ފޭކް ލިޔުންތައް ހުށަހަޅައިގެން އިންކަމް ސަޕޯޓް އެލަވަންސް ވެސް ހޯދާފައި ކަމަށް ފުލުހުން ބުނެފި އެވެ.
24 ޖުލައި 2021
މެއި ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވޭ މީހުންނަކީ ދިވެހި ދައުލަތް ގަބޫލު ނުކުރާ އަދި ދައުލަތުގެ ފައިސާ ހަރާމް ކަމަށް ގަބޫލުކުރާ ބަޔަކަށް ވިޔަސް އެ މީހުން ވަނީ ފޭކް ލިޔުންތައް ހުށަހަޅައިގެން އިންކަމް ސަޕޯޓް އެލަވަންސް ވެސް ހޯދާފައި ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، އެ ގޮއްވާލައި އެ މަނިކުފާނު ޒަހަމްކޮށްލި މައްސަލައިގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅޭ މައުލޫމާތު ހާމަކުރުމަށް މިރޭ ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީ ދައުލަތުގެ މުދަލާއި ފައިސާ ވެސް ހަރާމް ކަމަށް ބުނެ އެގޮތަށް އެހެން މީހުންނަށް ވިސްނައިދޭ މީހުން ކަމަށެވެ.
ނަމަވެސް އެ މީހުން ދިޔައީ ސައްހަ ނޫން ލިޔުންތައް ހުށަހަޅައިގެން އިންކަމް ސަޕޯޓް ވެސް ހޯދަމުން ކަމަށް ފުލުހުން ބުންޏެވެ.
އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހަމަލާގެ ބައިވެރިން އެހެން މީހުންނަށް ކަންކަން ކިޔައިދޭ ގޮތާއި އެ މީހުން އުޅޭ ގޮތާ ދިމާ ނުވާކަން ތަހުގީގުން އެނގޭ ކަމަށެވެ. ހައްޔަރުކުރި ބައެއް މީހުންގެ ފޯނުތަކުން ފެނިފައިވާ އެއްޗިއްސަށް ބަލާއިރު ވެސް ދީނީ ގޮތުން އެ މީހުން ދައްކާ ވާހަކަ އާއި އެ މީހުންގެ އަމަލު ދިމާ ނުވާކަން އެނގެން އެބަހުރި ކަމަށެވެ.
ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނާ ގުޅޭ ގޮތުން ފުލުހުން ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ އެއްކޮށްފަ އެވެ. އޭގެ އިތުރުން އެ މީހުންގެ ހަރަކާތްތައް ވެސް މިރޭގެ ޕްރެސްގައި ވަރަށް ތަފްސީލްކޮށް ވަނީ ދައްކައިފަ އެވެ.
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ބޮން ގޮއްވި އަދުހަމް ކޯޓުގައި ކުށަށް އިއުތިރާފުވި
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
އަދުހަމް ފިލުވަން ސިފަ ބަދަލުކުރަން އުޅުނު
ފާތިހަށް މިވަގުތު ދައުވާ ނުކުރަން ނިންމައިފި
ބޮން ގޮއްވި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި
ހަމަލާދިން މީހުންނަށް ދައުވާކުރުމާ ގުޅޭ ތަފުސީލް މާދަމާ
ނަޝީދަށް ދިން ހަމަލާގެ ތަފުސީލު މިރޭ ހާމަކުރަނީ
ހަމަލާގެ ތަހުގީގު ހަރުކަށި ފިކުރަށް އެކަނި އަމާޒުނުކުރޭ
ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ޖަލުގައި ފަށައިފި