Roadha Mihaaru
ނަބާހާ، ދުނިޔޭގެ ގަދަ 9 ގެ އަތުން ބަލިވެއްޖެ

ނަބާހާ، އޮލިމްޕިކްސްގެ ދުނިޔޭގެ ގަދަ ނުވައެއްގެ އަތުން ބަލިވެއްޖެ

25 ޖުލައި 2021

ޖަޕާނުގައި މިހާރު ކުރިއަށް ގެންދާ އޮލިމްޕިކް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ދުނިޔޭގެ ރޭނިކްންގެ ނުވަ ވަނަ ކުޅުންތެރިޔާ ހީ ބިންޖާއޯ އަތުން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް މިއަދު ބަލިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޖަޕާނުގައި މިހާރު ކުރިއަށް ގެންދާ އޮލިމްޕިކް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ދުނިޔޭގެ ރޭނިކްންގެ ނުވަ ވަނަ ކުޅުންތެރިޔާ ހީ ބިންޖާއޯ އަތުން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް މިއަދު ބަލިވެއްޖެ އެވެ.

އަންހެން ސިންގަލްސްގެ ގްރޫޕް ޕްލޭ ސްޓޭޖުގައި މިއަދު ހެނދުނު ކުޅުނު މެޗު، ޗައިނާގެ ހީ ބިންޖާއޯ އޯ ކާމިޔާބުކުރީ ދެ ސެޓެނުންވެ. ފުރަތަމަ ސެޓުގައި ނަބާހާ ވަނީ ބިންޖާއޯ ދެކޮޅަށް ހަ ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ދެ ވަނަ ސެޓުގައި ތިން ޕޮއިންޓް ސްކޯ ކުރިއިރު، ބިންޖާއޯ ސެޓުތައް ގެންދިޔައީ 21-6 އަދި 21-3 އިންނެވެ.

ގްރޫޕް ޕްލޭ ސްޓޭޖުގެ ދެ ވަނަ މެޗުގައި ނަބާހާ މާދަމާ ވާދަކުރާނީ، އިރާނުގެ ސޫރާޔާ އަގާލީ އާ ދެކޮޅަށެވެ. އަގާލީ އަކީ ދުނިޔޭގެ ރޭންކިންގެ 111 ވަނައިގައި ހިމެނޭ ކުޅުންތެރިޔެކެވެ. ސިންގަލްސް ރޭންކިންގައި ނަބާހާ އަކީ ދުނިޔޭގެ 252 ވަނަ އެވެ.

ނާބާހާ އަކީ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖެ އިން ވާދަކުރި ފުރަތަމަ އަންހެން އެތުލީޓެވެ. އިންޓަނޭޝަނަލް އޮލިމްޕިކްސް ކައުންސިލުން ނަބާހާ އަށް އެ ފުރުސަތު ދިނީ އިންޓަނޭޝަނަލް މުބާރާތްތަކުގައި އޭނާ ހޯދާފައިވާ ކާމިޔާބުތަކަށް ބެލުމަށް ފަހު އެވެ.

ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި، އޮލިމްޕިކްސްގައި އެންމެ ފުރަތަމަ ވާދަކުރި އެތުލިޓަކީ މުހައްމަދު އަޖުފާނެވެ. އޭނާ ވަނީ 2012 ގައި ލަންޑަނުގައި ބޭއްވި އޮލިމްޕިކްސްގައި ވާދަ ކޮށްފަ އެވެ.