ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލަ ހައްލުކުރުމަށްޓަކައި އެތަނުގެ ވަށާފާރު އުސްކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެ އެވެ.
28 ޖުލައި 2021
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލަ ހައްލުކުރުމަށްޓަކައި އެތަނުގެ ވަށާފާރު އުސްކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޖަލުގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
"މި މަސައްކަތް ނިމުމުން ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލަ އަށް ހައްލެ ލިބިގެންދާނެ،" ސީޕީ ވިދާޅުވި އެވެ.
ސިއްރުން ޖަލަށް މަނާ ތަކެތި ވައްދާ މައްސަލަ ބޮޑުވެފައި ވާއިރު، ރޭ ވެސް ވަނީ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.
ސިޕީ ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި އަދި މިހާރު އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޖަލުގައި ގެންގުޅުން މަނާ ތަކެތި އެކި ގޮތްގޮތަށް އެތެރެ ކުރާތީ، އެ ތަކެތި ހޯދުމަށް މިފަހުން ވެސް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައިފަ އެވެ. މާފުށީ ޖަލުގައި ހިންގި އެ އޮޕަރޭޝަންގައި 40 އަށް ވުރެ ގިނަ ފޯނާއި އިތުރު ތަކެތި ވަނީ އަތުލައިގެންފަ އެވެ. ޖަލުގައި ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކުގައި އެންމެ ގިނައިން އަތުލައި ގަންނަނީ ވެސް ފޯނެވެ.
ޖަލުގައި ގައިދީން ފޯނު ބޭނުންކުރުން ހުއްޓުވުމަށް ނެޓްވޯކް ޖޭމަރު ހަރުކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެކަމަށް އަންނަ އަހަރު ހައްލެއް ލިބޭނެ ކަމަށް ސީޕީ ވަނީ ކުރިން ވިދާޅުވެފަ އެވެ.
ޖަލުން ކުރާ ހުރިހާ ފޯން ކޯލެއް މިހާރު މޮނިޓަކުރެވޭނެ
ޖަލުން ފިލަން އުޅުނު 2 ގައިދީން އަތުލައިގެންފި
ވާނުވާ ބަންދުގައި 417 މީހުން، ޖަލުތައް ފުރިފައި!
ޖަލަށް ޑްރަގް ވެއްދުމުގެ ތުހުމަތުވި މީހަކު ދޫކޮށްލައިފި
ރިހެބިލިޓޭޝަން މުއްދަތު ހުކުމުން އުނިކުރަން ނިންމައިފި
"ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިއްޖެ"
ދަން ޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ވާނުވާގައި ތިބި މީހުން ކޭސްތައް ރިވިއުކޮށް، ދޫކޮށްލަނީ
ޑްރޯން ބޭނުންކޮށްގެން ޖަލަށް ޑްރަގްސް ވައްދަން އުޅެފި