Roadha Mihaaru
ދަންޑެހެލު ޕާކިން ޒޯނު، ދަރުމަވަންތަ ޕާކިން ޒޯނަށް

ދަންޑެހެލު ޕާކިން ޒޯނުގެ ވެހިކަލްތައް ކުރީގެ ދަރުމަވަންތަ ސްކޫލުގެ ބިމުގެ ޕާކިން އަށް

30 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަކުރާ ރަސްމީ ގެކޮޅު އިމާރާތް ކުރުމަށް ދަންޑެހެލު ޕާކިން ޒޯނު ހުސްކުރަން ޖެހޭތީ، ފައިސާ ދައްކައިގެން އެ ތަނުގައި ޕާކް ކުރަމުން އައި ވެހިކަލްތައް ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ތަނުގައި ހަދާފައިވާ ޕާކިން ޒޯނަށް ބަދަލުކުރަން މާލޭ ސިޓ ކައުންސިލުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮންނަ ދަންޑެހެލުގޭގެ ގޯތީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދާއިމީ ރަސްމީ ގެކޮޅު އިމާރާތް ކުރަން ސަރުކާރުން ނިންމުމަށް ފަހު، އެ ތަނުގައި ހުރި ޕާކިން ޒޯނު ނަގައި މި މަހުގެ 15 ގެ ކުރިން ސަރުކާރާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލަށް އޮތީ އަންގައިފަ އެވެ.

ނަމަވެސް އެއީ ކުރިން ފައިސާ ދައްކާފައިވާ ވެހިކަލްތަކަށް ޖާގަ ދޫކޮށްފައިވާ ޒޯނަކަށް ވުމުން، އެ ވެހިކަލްތަކަށް ޖާގައެއް ހަމަނުޖެހޭތީ ގޯތި ހުސްކުރުން ލަސްވަނީ ކަމަށް އެ ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ، މިހާރު އެ ކަމަށް ހައްލެއް ހޯދާފައިވާ ކަމަށާއި ދަންޑެހެލު ޕާކިން ޒޯނުގައި ޕާކް ކުރަމުން އައި ކާރުތައް ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ތަނުގައި ހަދާފައިވާ ޕާކިން ޒޯނަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ސަރުކާރުގެ އޮފީސްތައް ހިންގާ ވެލާނާގޭގެ ކައިރީގެ ޕާކިން ޒޯނުގައި ވެސް ޕާކްކުރުން މަނާކޮށްފަ އެވެ. އެގޮތަށް ނިންމަން ޖެހުނީ މޭޔަރު ވިދާޅުވި ގޮތުގައި، ސަރުކާރުން އެދިގެން "ސަލާމަތީ ސަބަބުތަކަށްޓަކަ" އެވެ.

ދަަރުމަވަންތަ ސްކޫލު ހުރި ބިމުގައި ހަދާފައިވާ ޕާކިން ޒޯނު ކުރިން ހާއްސަ ކޮށްފައި އޮތީ ސައިކަލްތަކަށް ކަމަށް ވިޔަސް ކުއްލި ގޮތަކަށް ގެންނަން ޖެހުނު ބަދަލާ ގުޅިގެން އެ ޕާކިން ޒޯނުގެ ބޮޑު ބައެއް މިހާރު ވަނީ ކާރުތަކަށް ހާއްސަކޮށް ޒޯނުތައް ވެސް ކަނޑައަޅައިފަ އެވެ. އެކަމަކު އެ ޕާކިން ޒޯނުގެ ބައެއް ސައިކަލްތަކަށް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ކުރީގެ ޖާގައާ ބަލާއިރު ދެން ޕާކް ކުރެވޭނީ މަދު ސައިކަލްތަކެކެވެ.

މުއިއްޒު ވިދާޅުވިގޮތުގައި، ދަންޑެހެލު ޕާކިން ޒޯނުން ހުއްދަ ދީފައިވާ ވެހިކަލްތަކަށް އެންމެ އަވަހަށް ޖާގަ ދެވެން އޮތީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ބިމުގެ ޕާކިން އިން ކަމަށް ވުމުން އެކަން އެގޮތަށް ނިންމީ އެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ސަރުކާރުގެ އޮފީސްތައް ހިންގާ ވެލާނާގޭގެ ކައިރީގެ ޕާކިން ޒޯނުގައި ވެސް ޕާކްކުރުން މަނާކޮށްފަ އެވެ. އެގޮތަށް ނިންމަން ޖެހުނީ މޭޔަރު ވިދާޅުވި ގޮތުގައި، ސަރުކާރުން އެދިގެން "ސަލާމަތީ ސަބަބުތަކަށްޓަކަ" އެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު "ޕެއިޑް ޕާކިން" ތައާރަފު ކޮށްފައިވާއިރު، ޓެކްސީ ބޯޑު ޖެހި ކާރަށާއި ޕިކަޕަށް ނަމަ މަހަކު 750ރ. ގެ ފީއެއް ނަގަ އެވެ. އެހެނިހެން އުޅަނދުތަކަށް ނަގާނީ މަހަކު 1،500ރ. އެވެ. އެކަމަކު، މިއީ ކޮވިޑްގެ ހާލަތުގެ ދުވަސްވަރު ކަމުން ކައުންސިލުން ވަކި ގޮތެއް ނިންމަންދެން [ޓެކްސީ ބޯޑު ޖެހި ކާރަށާއި ޕިކަޕް ފިޔަވައި އެހެނިހެން އުޅަނދުތަކަށް] ނަގާނީ 1،000ރ. ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.