މާފަންނުގައި ވަގުތީ މިސްކިތެއް ހުންނަ ބޮޑުގޭގެ އުތުރު ފަރާތުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
22 މެއި 2021
މާފަންނުގައި ވަގުތީ މިސްކިތެއް ހުންނަ ބޮޑުގޭގެ އުތުރު ފަރާތުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
މި މަސައްކަތް ފައްޓަވައި ދެއްވީ މާލޭގެ އާ މޭޔަރު ޑރ.މުހައްމަދު މުއިއްޒެވެ.
މި ޕާކިން ޒޯން ހަދަނީ ބޮޑުގޭގެ އުތުރު ފަރާތުގައި ހުރި ފާރު ތަޅައިލުމަށް ފަހު އެވެ. އުތުރު ފަރާތުން ވަގުތީ މިސްކިތަށް ވަދެވޭނެ މަގެއް ހެދުމަށް ފަހު، ދެ ފަރާތުގައި ވެހިކަލް ޕާކު ކުރެވޭނެ ގޮތަށް ބިންގަނޑު ލެވެލްކޮށް، ގާ އަތުރަން ވަނީ ނިންމައިފަ އެވެ.
"މި ތަނުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މި ފެށީ މި ސަރަހައްދުގެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން. މަސައްކަތް ނިމުނީމާ އޭގެ ފަސޭހަކަން ލިބޭނެ،" އާ ޕާކިން ޒޯނުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަން ފާހަގަކުރައްވަމުން، މިދިޔަ އާދިއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި މޭޔަރު މުއިއްޒު ވިދާޅުވި އެވެ.
"މި ތަނުގައި ހުރި އެއްވެސް ގަހެއް ނުކަނޑާނެ."
މުއިއްޒު ވިދާޅުވިގޮތުގައި، މާލޭގައި މި ގޮތަށް ހުރި އިތުރު ބައެއް ތަންތަން ވެސް ހުޅުވާލައި، އެ ތަންތަނުގެ ބޭނުން އާންމުންނަށް ކޮންމެވެސް ގޮތަކުން ހިފޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އާ ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ އެވެ. ޕާކިން ޒޯންތަކުގެ އިތުރުން ހިތްފަސޭހަކޮށްލަން ގޮސް ތިބޭނެ ތަންތަން ވެސް ހަދާނެ އެވެ.
މާލޭ ސިޓީ ކައުންސިލަށް އިންތިހާބުކުރި އާ މެމްބަރުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު މަގާމުގެ ހުވާކުރެއްވުމަށް ފަހު، ކަންކަން ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން އަންނަކަން ފާހަގަ ކުރެވެ އެވެ. އެގޮތުން މިވަގުތަށް އިސްކަންދޭންޖެހޭ ކަންކަން ތަރުތީބު ކޮށްގެން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި ރަނގަޅު ކުރަންޖެހޭ ދިމަދިމާ ބަލައި، އެކަމުގައި އުޅޭ މީހުންނާ ވެސް މޭޔަރު މުއިއްޒު އިސްވެ ހުންނަވައިގެން ވަނީ ބައްދަލު ކުރައްވައިފަ އެވެ.
މި ފަހަރު މާލޭ ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އިދިކޮޅު ޕީޕީއެމަށެވެ.
ސަލްމާން މިސްކިތަށް ޕާކިން ޒޯން ހަދަން ފުރުސަތު ނުދިން
ޕާކިން ސްލޮޓުތައް ގަރާޖުގެ ގޮތުގައި ދޫކުރަނީ
ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ހަދަން ހުށަހަޅައިފި
ދަންޑެހެލު ޕާކިން ޒޯނު، ދަރުމަވަންތަ ޕާކިން ޒޯނަށް
ބޮޑުގޭ ޕާކިން ޒޯން ހުޅުވައިފި
ބިއްލޫރިޖެހިގޭގެ ޕާކިން ޒޯނު ބޭނުންކުރަން ފަށައިފި
ޕާކުތައް ކުއްޔަށް ދޫކުރުން ކައުންސިލް ޖަލްސާއަށް!
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެ
ފައިސާ ބޭނުންކުރީ މިސްކިތްތަކުގެ މަރާމާތަށް: މުއިއްޒު
މިސްކިތްތައް މަރާމާތުކުރާ ފަންޑަށް 7 ލައްކަ ރުފިޔާ