ސަރުކާރު ތެރޭ ހިންގާ ކޮރަޕްޝަންގެ އަމަލުތައް ފަޅާ އެރުވުމަށް މި ސަރުކާރުން އެކުލަވައިލި ވިސްލްބްލޯވާ ޕޯޓަލް މެދުވެރިކޮށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 264 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
02 އޯގަސްޓް 2021
ސަރުކާރު ތެރޭ ހިންގާ ކޮރަޕްޝަންގެ އަމަލުތައް ފަޅާ އެރުވުމަށް މި ސަރުކާރުން އެކުލަވައިލި ވިސްލްބްލޯވާ ޕޯޓަލް މެދުވެރިކޮށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 264 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
"ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން" ސިޔާސަތުގެ ދަށުން 2019 ވަނަ އަހަރު ސަރުކާރުން ގާއިމްކުރި މި ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ މީހާ ނޭނގޭ ގޮތަށް "ސިއްރުން" ކޮރަޕްޝަންގެ ކަންކަން ރައީސް އޮފީހުގެ ސަމާލު ކަމަށް ގެނެވެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ ވިސްލްބްލޯވާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލަތަކަށް ބިނާކޮށް މިދިޔަ މަހުގެ ނިޔަލަށް 264 މައްސަލައެއް އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ މުއައްސަސާއަކަށް އިސްލާހީ ފިޔަވަޅުތައް އެޅުމަށް ލަފާދީފައިވާ ކަމަށެވެ.
މީގެ އިތުރުން ތަހުގީގީ އިދާރާތަކުގެ ލަފަޔަށް ބިނާކޮށް ސިޔާސީ ފަރާތްތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ރައީސް އަޅުއްވާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
"ޕޯޓަލް އިން ފާހަގަވާ ކަންކަމާ މެދު އެކި މުއައްސަސާތަކާއި މަޝްވަރާކޮށް، ޕޮލިސީ ލެވަލްގައި އަދި ހިންގުމުގެ ލެވަލްގައި ގެންނަން ޖެހޭ އިސްލާހުތަކަށް މަސައްކަތް ކުރަމުން ދާކަން ފާހަގަ ކުރަން،" މަބްރޫކް ވިދާޅުވި އެވެ.
ނުސީދާކޮށް ނުވަތަ ނޭނގުމުގެ ތެރެއިން ގޯސްކޮށް ހިނގާފައިވާ ބައެއް މައްސަލަތައް ވެސް ވިސްލްބްލޯވާ ޕޯޓަލް އިން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ކަންކަން މުއައްސަސާގެ އިސްވެރިޔާއާ މުއާމަލާތްކޮށް ހުއްޓުމަކަށް ގެނެެސްފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ކޮރަޕްޝަން ފަޅާ އަރުވަން ޕޯޓަލެއް ގާއިމް ކުރުމުގެ އިތުރުން ވިސްލްބްލޯ ކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ދިނުމަށް ވެސް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ދަށުން ހިންގާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓެއް ވެސް ވަނީ ގާއިމް ކޮށްފަ އެވެ.
އޭސީސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ލިސްޓު އޮތް ގޮތަށް ފްލެޓު ދޫކުރުމުގެ ވިސްނުމެއް ނެތް
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
ޒަރިޔަންދުގެ "ހައްގު ގެއްލުވާލި" މައްސަލަ ހުށަހަޅައިފި
ފަހު ބުރުގައި ޒަރިޔަންދު އޭސީސީއަށް ކުރިމައްޗެއް ނުލާ
އޭސީސީ އަށް އައްޔަންކުރާ ނަންތައް މަޖިލީހަށް ފޮނުވައިފި
އޭސީސީއަށް އައްޔަންކުރަން ނަންތަކެއް އަދިވެސް ނުފޮނުވާ!
ގާނޫނީ ހުސްކަމެއްގައި އޮތް އޭސީސީއަށް މެމްބަރުން ހޯދަނީ
އޭސީސީގެ މެމްބަރު އަޝްރަފް އިސްތިއުފާ ދެއްވައިފި
އޭސީސީން ލަފާ ދިން އިރު ސެޓްލްމެންޓް ކޮމިޓީއެއް ނެތް!