ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަނަކަށް، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު ހަމަޖައްސައިފި އެވެ. ނަމަވެސް، ތިން މަސް ވެގެންދިޔައިރު ވެސް އެ ތަން ހިންގުމުގައި އެންމެ އިސް ދައުރު އަދާކުރާ ސީއީއޯއެއް އަދިވެސް އައްޔަނެއް ނުކުރެ އެވެ.
12 އޯގަސްޓް 2021
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަނަކަށް، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު ހަމަޖައްސައިފި އެވެ. ނަމަވެސް، ތިން މަސް ވެގެންދިޔައިރު ވެސް އެ ތަން ހިންގުމުގައި އެންމެ އިސް ދައުރު އަދާކުރާ ސީއީއޯއެއް އަދިވެސް އައްޔަނެއް ނުކުރެ އެވެ.
އެ އެޖެންސީގެ ލީގަލް އޮފިޝަލް އަހުމަދު ހިލްމީ މިއަދު ވިދާޅުވީ، ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތަނުގެ ޗެއާމަނަކަށް މިދިޔަ ޖޫން 28 ވަނަ ދުވަހު މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ހަމަޖައްސާފައިވާކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.
ބޮއްސުންލައިގެން ގޮސްފައިވާ އެންޑީއޭގެ ބޯޑުގެ ޗެއާމަނަކަށް ހުންނެވި އަބްދުލް ހަމީދާ އެކު އެ ބޯޑުގެ 10 މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު ވަކިކޮށް، މީގެ ކުރިން ވަނީ އާ މެމްބަރުން އައްޔަންކޮށްފަ އެވެ. އެއީ، އެޑިއުކޭޝަން މިނިސްޓްރީ، ހޯމް މިނިސްޓްރީ، ޔޫތު މިނިސްޓްރީ، ހެލްތު މިނިސްޓްރީ އަދި ރައީސް އޮފީހެވެ.
މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިިވާނީ ސީއީއޯ އެވެ.
އެކަމަކު، މެއި 16، 2021 ގައި އެންޑީއޭ ސީއީއޯގެ މަގާމުން މުހައްމަދު ހަބީބު ވަކިކުރި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ. އެ ތަނަށް އޭނާ ހަމަޖެއްސީ ވެސް އޭގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޝަހީލް އިސްތިއުފާ ދެއްވިތާ ހަތަރު މަސް ފަހުންނެވެ.
ހަބީބު އިސްތިއުފާ ދެއްވިތާ ތިން މަސް ވެގެންދާއިރު ވެސް އެ މަގާމަށް ކުރިމަތިލާން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ހިލްމީ ވިދާޅުވީ، ސީއީއޯގެ މަގާމަށް އިއުލާނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެއެޖެންސީ މީގެ ކުރިން ހިންގީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެކަމަކު އެންޑީއޭގެ ކަންކަން ރަނގަޅުކުރަން މީގެ ތިން މަސް ކުރިން ވަނީ އަނެއްކާ ވެސް އެ ތަން ހެލްތުގެ ދަށަށް ބަދަލުކޮށްފަ އެވެ.
ވެލްނެސް ސެންޓަރެއް އަޅަން ހުޅުމާލެއިން ބޮޑު ބިމެއް
ބަދަލުތަކެއް ގެންނާނެ ހާފްވޭ ހައުސް ހުޅުވައިފި
ބޮޑު މުސާރައާއެކު ސީއީއޯގެ މަގާމަށް 12 މީހަކު!
މަސްތުވާތަކެއްޗަށް މަހެއްގެ މައްޗަށް 15،000ރ.
މަގުމަތީގައި ނިދުމުގެ ބޭނުމެއް ނެތް، ފަރުވާ އަށް ދޭ!
ރިހެބުގެ ފަރުވާއަށް ދައުލަތުން ބޮލަކަށް 70،000ރ.
މިހާރު ފަރުވާ ބޭނުން ވަނީ އެންޑީއޭ އަށް!
އެޑިކްޝަން ކައުންސިލަރުން ތަމްރީނުކުރަން ފަށަނީ
ޑްރަގްގެ ގާނޫނާއި ގޭންގް ކުށްތަކުގެ ބިލެއް މަޖިލީހަށް
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި